Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ވިލިނގިލީ މަރު

ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!

މަރުވެފައި އޮއްވާ ފެނުނު މީހާއަށް ބީއެމްއެލް ވައްކަމުގެ ތުހުމަތު

ޙުސައިން ޙަސަން
ޙުސައިން ޙަސަން, ރާއްޖެ އެމްވީ | 17 ފެބުރުއަރީ 2019 | އާދީއްތަ 08:43
ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލުގައި ސިމާދު އާއިލާގެ މެމްބަރުން

ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލުގައި ސިމާދު އާއިލާގެ މެމްބަރުން

ވިލިނގިލީގައި އުތުރު ފަރާތު، އޮޑިހަރުގެއެއްގެ ތެރޭގައި މަރުވެފައި އޮއްވާ މިއަދު ހެނދުނު ފެނުނު އައްޑޫ ސިޓީ ހިތަދޫ ހުސައިން ސިމާދުގެ ހަށިގަނޑު ފެނުނީ ހަރުގެ ބަލަހައްޓާ މީހާއަށެވެ. އޭނާގެ ހަށިގަނޑު ވިލިނގިލީ ފެނަކައިގައި ވެސް މަސައްކަތް ކުރާ ސައީދު ހަސަނަށް ފެނުމާ އެކު، ޕޮލިސް ސްޓޭޝަނަށް ގޮސް އެކަން ރިޕޯޓް ކުރި ކަމަށް އޭނާ ބުންޏެވެ. މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި ހުންނަ ހަރުގެއިން ސައިކަލުގައި ފުލުހުންގެ ސްޓޭޝަނަށް ގޮސް، އެ ވާހަކަ ކިޔައިދިނީ ފޯނު އަތުގައި ނެތުމުން ކަމަށް ސައީދު ބުންޏެވެ.

"އަޅުގަނޑަށް ފެނުނީ އޭނާގެ ހަށިގަނޑު. ހަރަކާތް ހުއްޓިފައި އޮތީ. އެ ވަގުތު އަޅުގަނޑުގެ އަތުގައި ފޯނު ނެތުމުން ސައިކަލުގައި ގޮސް ފުލުސް ސްޓޭޝަނަށް ވަދެ، އެންގީ،" ސައީދު ބުންޏެވެ.

ފުލުހުންގެ އޭނާގެ ހަށިގަނޑު ގއ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފޮރެންސިކް ތަހުގީގުތައް ދަނީ ފުރިހަމަ ކުރަމުންނެވެ. ފުލުހުން ބުނީ އޭނާ ފެނިފައި ވަނީ ޒަހަމްތަކަކާ އެކުގައި ކަމަށާއި މިހާތަނަށް ބެލި ބެލުމުން ހަށިގަނޑު ފިހިފައި ހުރި ކަމުގެ ނިޝާންތައް ހުރި ކަމަށެވެ. އެ ޒަހަމްތަކަކީ ތޫނު އެއްޗަކުން ދީފައިވާ ޒަހަމްތަކެއް ކަމަށް ނުބެލެވޭ ކަމަށް ފުލުހުން ބުންޏެވެ.

Advertisement - newsAdvertisement

ސިމާދު މަރާލާފައި އޮއްވާ ފެނުނު ސަރަހައްދު ބަންދުކޮށް، ފުލުހަކު ފޯރިމަރަނީ-- ފޮޓޯ/ ޙުސައިން ޙަސަން

އޭނާގެ ހަށިގަނޑަށް ލިބިފައިވާ ޒަހަމްތައް ބެލި، އާއިލާއަށް ވަނީ ދައްކާފައެވެ. އޭނާގެ ހަށިގަނޑު ބެލި އަންވަރު މޫސާ "ރާއްޖެއެމްވީ"އަށް ބުނީ ހަށިގަނޑުން ފެންނަން ހުރި ޒަހަމްތަކުން އެނގޭ ގޮތުގައި އޭނާ އޮތީ މަރާލާފައި ކަމަށެވެ.

"އަޅުގަނޑަށް ވަރަށް ބޮޑަށް ބެލެވޭ މިއީ މާޑާއެއް ކަމަށް. ލޮލަށް ވެސް އެއްޗެއް ވަދެފައި ހުރި. ވަރަށް ބޮޑަށް ތަންތަނުގައި ޖަހާފައިވާ ކަމަށް ވެސް މައުލޫމާތު ލިބޭ. އަދި ހަށިގަނޑުގެ ހަރުން ފެށިގެން ތިރިއަށް ވާގަޑަކުން ބަނދެ، ހަށިގަނޑުގެ ހަންގަނޑު ނޮޅާލާފައި ވަނީ،" ސިމާދުގެ އާއިލާގެ ފަރާތުން އަންވަރު ބުންޏެވެ.

އަންވަރު މޫސާ: ސިމާދުގެ އާއިލާގެ ފަރާތުން ރާއްޖެއެމްވީއަށް މައުލުމާތު ދެއްވަނީ-- ފޮޓޯ/ ރާއްޖެއެމްވީ

ސިމާދަކީ ކުށުގެ ރެކޯޑު އޮންނަ މީހެކެވެ. އެގޮތުން މަސްތުވާތަކެއްޗާއި ވައްކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެއެވެ. އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވިލިނގިލީ ބޭންކް ފަޅާލައި، 14 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލާގައި ހައްޔަރު ކުރި 11 މީހުންގެ ތެރޭގައި ސިމާދު ހިމެނެއެވެ. ފަހުން އޭނާ ދޫކޮށްލި ސަބަބެއް ފުލުހުން ނުބުނެއެވެ.

ސިމާދުގެ މަރާ ގުޅިގެން ރަށު ތެރޭގައި ދެކެވޭ ވާހަކައަކީ އޭނާ މަރާލީ ބޭންކުގެ ފަޅާލި މައްސަލައާ ގުޅިގެން، ކަންތައްތަކެއް ފޮރުވުމަށް ބަޔަކު ދުރާލައި ރާވައިގެން ކަމަށެވެ. އެގޮތުން އެކަންކޮށްފައި ވަނީ ޕްލޭންކޮށްގެން ކަމަށް ބެލެވޭ ކަމަށެވެ. ވިލިނގިލީ މީހަކާ އިނދެގެން، ކުއްޖަކު ވެސް ލިބިފައިވާ ސިމާދު މަރާލީ ގްރޫޕަކުން ކަމަށް ވެސް ބައެއް މީހުން ބުނެއެވެ.

ސިމާދުގެ މަރާ ގުޅިގެން ދެން ވާހަކަ ދެކެވެމުން ދަނީ އޭނާ މަރުވީ ކަރަންޓް ޖެހިގެން ކަމަށެވެ. އޭނާ އެތަނަށް ވައްކަން ކުރަން ވަދެ އުޅެނިކޮށް ކަރަންޓް ޖެހުނީ ކަމަށް އަޑު އެތުރިފައިވެއެވެ. އެއަށް ބާރު ލިބެނީ އެ ހަރުގެ ވައްކަން ކުރާތީ، ފުލުހުންނަށް އެކަމުގެ ރިޕޯޓް ހުށަހަޅައިފައި ވުމެވެ.

"ވައްކަން އެތަނުން ކުރޭ. އެކަން ދެތިން ފަހަރެއްގެ މަތިން ފުލުހުންނަށް ހުށަހެޅިން. އެތަނުން އިލެކްޓްރޯނިކް ސާމާނާއި އެހެނިގެން އެއްޗެހި ވަގަށް ނަގާ އުޅޭ. ކަރަންޓް ވައިރުތައް ވެސް ބުރިކޮށްގެން ވަގަށް ނަގާފައިވޭ. ކަރަންޓް ޖެހުމަކީ ކައިރި ކަމެއް،" ހަރުގެ ބަލަހައްޓާ ސައީދު ބުންޏެވެ.

ސައީދު ހަސަން: މަރުވެފައި އޮއްވާ އެންމެ ފުރަތަމަ ފެނުނީ ސައީދަށް -- ފޮޓޯ/ ހުސައިން ހަސަން

ސިމާދުގެ މަރާ ގުޅިގެން، ފުލުހުން ތަފްސީލީ މައުލޫމާތުތަކެއް އަދި ހާމައެއް ނުކުރެއެވެ. އާއިލާ އިން ބުނީ ސިމާދު ގެއްލިގެން ހޮނިހިރު ދުވަހު ރޭ ދެ ފަހަރެއްގެ މަތިން ފުލުހުންނަށް ރިޕޯޓް ކުރި ކަމަށެވެ. ނަމަވެސް އޭނާ ގެއްލިގެން ހޯދަން ފުލުހުން ރަށުގައި އާންމުކޮށް އިއުލާންނުކޮށް، މިއަދު ހެނދުނު އޭނާގެ މަރުގެ ޚަބަރު ދިނުމާއެކުގެ އާއިލާއަށް ވަނީ ބޮޑު ސިހުމެއް ލިބިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު