Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގައުމީ ބެޑްމިންޓަން ޓީމު

ގައުމީ ބެޑްމިންޓަން ޓީމުގައި ތަފާތުކުރުން ގެންގުޅޭ: ކުރީގެ މެނޭޖަރ

16 ފެބުރުއަރީ 2019 | ހޮނިހިރު 15:51

ނީޒާ ވަނީ މެނޭޖަރ ކަމުން މިދިޔަ ހަފްތާގައި އިސްތިއުފާ ދީފައި

ލީވާން އަލީ
ލީވާން އަލީ | 16 ފެބުރުއަރީ 2019 | ހޮނިހިރު 15:51
ބެޑްމިންޓަން ޓީމު

ބެޑްމިންޓަން ޓީމު

ބެޑްމިންޓަން އެސޯސިއޭޝަންގެ ބައެއް ނިންމުންތައް ނިންމަވަމުން ގެންދަވަނީ ގައުމީ ޓީމުގެ ކުޅުންތެރިންގެ "ބެސްޓް އިންޓްރެސްޓް" ގައި ނޫންކަމާއި، އެކި އުސޫލުތައް އަދި ނިންމުންތައް ތަންފީޒުކުރުމުރުގައި ވެސް ވަކިވަކި ކުޅުންތެރިންނަށް ތަފާތުކުރުންތައް ގެންގުޅޭ ކަމަށް ގައުމީ ބެޑްމިންޓަން ޓީމުގެ ކުރީގެ މެނޭޖަރ ނީޒާ ޝަރީފް ބުނެފިއެވެ.

ނީޒާ ޝަރީފް ނެރުނު ބަޔާނެއްގައި ބުނީ، 2017 އިން ފެށިގެން ގައުމީ ބެޑްމިންޓަން އަންހެން ޓީމުގެ މެނޭޖަރުގެ މަގާމުގެ ބުރަ މަސްއޫލިއްޔަތު އަދާކުރަމުން ގެންގޮސްފައިވާނީ އިހްލާސްތެރިކަމާއި ތެދުވެރިކަމާ އެކު ގައުމަށް ރީތި ނަމެއް ހޯދައިދިނުމުގެ ފޮނި އުންމީދުގައި ކަމަށާއި، ބެޑްމިންޓަނަށް ހިތްޖެހި ގައުމަށް ހިދުމަތްކޮށްދީ ކުޅުންތެރިން ކުރިއަށް ގެންގޮސްދިނުމަށް ބެޑްމިންޓަން އެސޯސިއޭޝަންނަށް އެހީތެރިވެދީ ބެޑްމިންޓަން ކުރިއެރުވެމުގެ މަގްސަދުގައި ކަމަށެވެ.

އެގޮތުން ނީޒާ ބުނީ، ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ވެސް އަންހެން ޓީމު ގޮވައިގެން މަގާމު އަދާކޮށްފައި ވާނީ، ކުޅުންތެރިންގެ މަސްލަހަތާއި ހައްގުތަކަށް އުނިކަމެއް ނާންނާނޭހެން ހަވާލުކޮށްފައިވާ ވާޖިބު އަދާކުރުމަށް ބޮޑު އިސްކަމެއް ދީގެންނެވެ.

ނަމަވެސް ނީޒާ ބުނީ، ބެޑްމިންޓަން އެސޯސިއޭޝަނުން ފަހަކަށް އައިސް ގައުމީ ބެޑްމިން ޓީމުގެ ކުޅުންތެރިން، ވަކިން ހާއްސަކޮށް ހަވާލުގައި ތިބި ބައެއް އަންހެން ކުޅުންތެރިން ބަދުނާމުކުރުމުގެ ނިޔަތުގައި އެކިކަހަލަ އިލްޒާމްތައް އަޅުވަން މަސައްކަތްކޮށް، ކުޅިވަރުގެ ރޫހާއި، ގުޅުމެއް ނެތް މަގްސަދުތަކެއް ހާސިލުކުރުމަށް ބެޑްމިންޓަން އެސޯސިއޭޝަން ހިންގުމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ކުރަމުން ގެންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެގޮތުން އަންހެން ޓީމުގެ ކުޅުންތެރިންނާ ހަވާލުވެ، ރާއްޖެއިން ބޭރަށް ކޮށްފައިވާ ދަތުރެއްގައި ބައެއް ކުޅުންތެރިންގެ ނަން ކިލަނބުކޮށް ކުޅުންތެރިންގެ ހައްގަށް އުނިކަން އަންނަ ފަދަ ކަންކަން، ހިންގާފައިނުވާ ކަންތައްތަކެއް ހިނގާފައިވާ ކަމަށް ބުނެ ވާހަކަތަކެއް ފަތުރައި ވަރަށް ބޮޑެތި އިލްޒާމްތަކެއް އެކުދިންގެ ބޮލުގައި އަޅުވާފައިވާ ކަމަށް ވެސް ނީޒާ ވަނީ ބުނެފައެވެ.

"އަޅުގަނޑުގެ މަގާމުގެ މަސްއޫލިއްޔަތުގެ ދަށުން އެކުޅުންތެރިން ބެޑްމިންޓަން އެސޯސިއޭޝަންގެ ވެރިން ހީފުޅުކުރައްވާފަދަ ބޭއަދަބީ ނުވަތަ ކުޅިވަރުގެ ރޫހާއިހިލާފު އެއްވެސް އަމަލެއް ހިންގާފައިނުވާކަމަށް އެތައްފަހަރެއްގެމަތިން ބެޑްމިންޓަން އެސޯސިއޭޝަންގެ ވެރިންނަށް، ދަންނަވައި ސަމާލުކަމަށް ގެނެވިފައިވާނެ" ނީޒާ ބުނިއެވެ.

ނީޒާ ބުނީ، އެންމެ ފަހުން ގައުމީ ބެޑްމިންޓަން ޓީމު ރާއްޖެއިން ބޭރަށް ކުރި ދަތުރުގައި ވެސް ކުޅުންތެރިންގެ ނަން ކިލަނބުވާ ފަދަ ވާހަކަތަކެއް ދެކެވިފައިވާ ކަމަށާއި، އެ ދަތުރުތަކުގައި އަންހެން މެނޭޖަރެއް ޓީމުގައި ނުހިމަނައި، ފިރިހެނަކު ޓީމާ ހަވާލުވެގެންދިޔަ ދިއުމާއި، މުބާރާތް ނިމިގެން މާލެ އައުމަށް ފަހު ވަކި މުއްދަތެއްގެ ތެރޭގައި ދަތުރާ ބެހޭ ރިޕޯރޓް ހުށަހަޅަން ކުޅުންތެރިންނަށް އަންގައި ކުޅުންތެރިން ރިޕޯރޓް ހުށަހެޅުމުން ވެސް މިއަދާ ހަމައަށް ވެސް ރިވިއު މީޓިންގއެއް ނުބާއްވައި މިފަދަ ގޮތަކަށް އަމަލުކުރުމުން އެކަމަކީ ނުރަނގަޅު ނިޔަތެއްގައި ދުރާލާ ރޭވިގެން ކޮށްފައިވާ ކަމެއް ކަމުގައި ދެކޭ ކަމަށެވެ.

ރާއްޖޭގެ ބެޑްމިންޓަން މުސްތަގްބަލަށްޓަކައި މިހާރު ހިންގަމުންދާ ނޭދެވޭ ކަންކަން ހުއްޓާލައި، ހަމަހަމަކަމާ އެކު ގަވާއިދުތަކާއި، އުސޫލުތައް ތަންފީޒުކޮށްދިނުމަށް ބެޑްމިންޓަން އެސޯސިއޭޝަނުގެ ވެރިންނަށް ނީޒާ ވަނީ އިލްތިމާސްކޮށްފައެވެ.

ނީޒާ ވަނީ މިދިޔަ ހަފްތާގައި ގައުމީ ބެޑްމިންޓަން ޓީމުގެ މެނޭޖަރު ކަމުން އިސްތިއުފާދީފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް

27 ޖެނުއަރީ 2017
ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް
27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
10 ޖެނުއަރީ 2017

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް