Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެ - ޔޫއެއީ

ޝޭހް މަހްތޫމްގެ ދައުވަތަކަށް މާރިޔާ ޔޫއޭއީ އަށް

ރާއްޖެ އަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތާއި ބެހޭގޮތުން މަޝްވަރާ ކުރައްވާނެ

އަލީ ސަމާޚް
އަލީ ސަމާޚް | 15 ފެބުރުއަރީ 2019 | ހުކުރު 18:04
ޑިފެންސް މިނިސްޓަރު މާރިޔާ، ޔޫއެއީ އަށް ފުރައިވަޑައިގަތުމުގެ ކުރިން އެއާޕޯޓްގައި

ޑިފެންސް މިނިސްޓަރު މާރިޔާ، ޔޫއެއީ އަށް ފުރައިވަޑައިގަތުމުގެ ކުރިން އެއާޕޯޓްގައި

ޔޫއޭއީގެ ނައިބް ރައީސް، ޝެއިޚް މުޙައްމަދު ބިން ރާޝިދް އަލް މަޚްތޫމްގެ ޙާއްސަ ދަޢުވަތަކަށް ކުރަށްވާ ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދުދީދީ ފުރާވަޑައިގެންފިއެވެ.

މާރިޔާ ފުރާވަޑައިގެންފައިވަނީ ހުކުރު ދުވަހުއެވެ. ޑިފެންސް މިނިސްޓަރުގެ މިދަތުރުފުޅުގައި މިމަހުގެ 16 އިން 21 އަށް އަބޫދާބީގައި ބޭއްވުމަށް ހަމަޖެހިފައިވާ، އިންޓަނޭޝަނަލް ޑިފެންސް އެގްޒިބިޝަން އެންޑް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.

Advertisement - newsAdvertisement

މިކޮންފަރެންސް އަދި އެގްޒިބިޝަންގެ ސަބަބުން އެހެން ޤައުމުތަކުގެ އަސްކަރިއްޔާތަކާއި، ދިފާޢީ ދާއިރާތަކުގެ އިސް ބޭފުޅުންނާއި ބައްދަލުވެ، ޚިޔާލުު ބަދަލުކުރެވި މަޝްވަރާކުރުމަށް ފުރުޞަތު ފަހިވެގެންދާނެ ކަމަށްވެސް ޑިފެންސް މިނިސްޓްރީން ބުންޏެވެ.

މާރިޔާގެ މިދަތުރުފުޅުގައި، ދިވެހި ރާއްޖޭގެ ދިފާޢީ ދާއިރާ ހަރުދަނާކޮށް، ކުރިއެރުވުމަށްޓަކައި އެކަމަނާކުރައްވާ މަސައްކަތްޕުޅުގައި، ޔޫއޭއީގެ ފަރާތުން ދިވެހި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެއްވިދާނެ ގޮތްތަކާއި ދާއިރާތަށް ބެއްލެވުމަށްޓަކައި ބައެއް ބޭފުޅުންނާއި ބައްދަލުކުރައްވާނެއެވެ.

ވަޒީރުކަމާއި ހަވާލުވެވަޑައިގަތް ފަހުން މިނިސްޓަރު މާރިޔާ ވަނީ ދާދި ފަހުން އިންޑިއާ އަށް ވެސް ދަތުރުފުޅެއް ކުރައްވާފައެވެ. އެ ދަތުރުފުޅުގައި އިންޑިއާގެ ޑިފެންސް މިނިސްޓަރު ނިރްމަލާ ސިތަރަމަންއާ މާރިޔާ ވަނީ ބައްދަލު ކުރައްވައި މަޝްވަރާތަކެއް ކުރައްވާފައެވެ. މާރިޔާ ވަނީ އިންޑިއާގެ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައިވެސް ބައިވެރިވެވަޑައިގެންފައެވެ.

އިތުރަށް ކިޔާލަން

22 މެއި 2017

ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހު މާރިޔާ އަށް ހަމަލާދިން މީހަކު 200ރ އިން ޖޫރިމަނާ ކޮށްފި

22 މެއި 2017
ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހު މާރިޔާ އަށް ހަމަލާދިން މީހަކު 200ރ އިން ޖޫރިމަނާ ކޮށްފި
07 މެއި 2017

އިންތިހާބުގެ ނަތީޖާއިން ހާމަ ވެގެން ދިޔައީ ދިވެހިންނަކީ ގޮތެއްގެ މަތީގައި ތިބޭ ބައެއްކަން: މާރިޔާ

07 މެއި 2017
އިންތިހާބުގެ ނަތީޖާއިން ހާމަ ވެގެން ދިޔައީ ދިވެހިންނަކީ ގޮތެއްގެ މަތީގައި ތިބޭ ބައެއްކަން: މާރިޔާ
05 މެއި 2017

މީހެއް މަރުވުމުން މޫނު ބަލަން ހުޅުމާލެއަށް ދާންޖެހޭ ސަރުކާރުން ރަގަޅަށް ކޮށްދޭނީ ކޮންކަމެއް: މާރިޔާ

05 މެއި 2017
މީހެއް މަރުވުމުން މޫނު ބަލަން ހުޅުމާލެއަށް ދާންޖެހޭ ސަރުކާރުން ރަގަޅަށް ކޮށްދޭނީ ކޮންކަމެއް: މާރިޔާ
02 މެއި 2017

އިންސާފުން ނޫން ގޮތަށް އެއްދުވަހު ޖަލުގައި އޮތުމަކީ ލާއިންސާނީވުން: މާރިޔާ

02 މެއި 2017
އިންސާފުން ނޫން ގޮތަށް އެއްދުވަހު ޖަލުގައި އޮތުމަކީ ލާއިންސާނީވުން: މާރިޔާ
25 އެޕްރީލު 2017

މިއަދު ރާއްޖޭގެ ސިޔާސީ މަސައްކަތުގައި އުޅޭ އެންމެންނަން އޮތީ ބިރުވެރިކަން: މާރިޔާ

25 އެޕްރީލު 2017
މިއަދު ރާއްޖޭގެ ސިޔާސީ މަސައްކަތުގައި އުޅޭ އެންމެންނަން އޮތީ ބިރުވެރިކަން: މާރިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު