Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަގުތައް ބަންދުކުރުން

ހުކުރު ދުވަހު ބަންދުކުރާނެ މަގުތައް އާއްމުކޮށްފި

ބަންދު ކުރާނީ ހެނދުނު 08:30 އިން 10:30

އަލީ ސަމާޚް
އަލީ ސަމާޚް | 13 ފެބުރުއަރީ 2019 | ބުދަ 12:55
މާލެ ސިޓީ މޭޔަރު ޝިފާ މުހައްމަަދު ނޫސްވެރިންނަށް މައުލޫމާތުދެނީ

މާލެ ސިޓީ މޭޔަރު ޝިފާ މުހައްމަަދު ނޫސްވެރިންނަށް މައުލޫމާތުދެނީ

ދުޅަހެއު ހަށިހެޔޮ ސިޔާސަތުގެ ތެރެއިން މާލޭގެ ހުކުރު ދުވަހުން ހެނދުނު 08:30 އިން ފެށިގެން 10:30 އަށް ހަތަރު މަގެއް ބަންދުކުރާ ގޮތަށް ހަމަޖެއްސައިފިއެވެ.

މާލެ ސިޓީ ކައުންސިލް އިން ބުނީ މި ފެށޭ 15 ފެބްރުއަރީ އިން ފެށިގެން ކޮންމެ ހުކުރު ދުވަހަކު މަގުތަށް ބަންދުކުރާނެ ކަމަށެވެ.

Advertisement - newsAdvertisement

މާލޭ ސިޓީގެ މޭޔާރު ޝިފާ މުހައްމަދު ވިދާޅުވީ، މީގެ ސަބަބުން އިޖްތިމާއި ގުޅުންތައް ވަރުގަދަވެ އެ އަނެކަކުގެ އެހީތެރިކަން ބޭނުންވާ ހާލަތްތަކަށް މިކަމުގެ ސަބަބުން ފަސޭހަ ތަކެއް ވެގެންދާނެ ކަމަށެވެ.

މި ނިންމުން ނިންމާފައި ވަނީ ޓްރާންސްޕޯޓް މިނިސްޓްރީގެ އިތުރުން ޓްރެފިކް ފޮލިހުންނާއި މަޝްވަރާތަކެއް ކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ. މަގުތައް ބަންދު ކުރިޔަސް މަގުމަތީގައި ވިޔަފާރި ނުކުރެވޭނެ ކަމަށް ޝިފާ ވިދާޅުވިއެވެ.

ހުކުރު ދުވަހު ބަންދުކުރަން ހަމަޖެހިފައިވާ މަގުތަކާކީ

1. ހެންވޭރު: ލަންސިމޫގޯޅި / މަޖީދީމަގުން ފެށިގެން ވައިޖެހޭމަގާ ހަމައަށް

2. ގަލޮޅު: ދޮންއަދަރާދަހިނގުން / ބޮޑުރަސްގެފާނުމަގުން ފެށިގެން ލޮނުޒިރާރަތްމަގާ ދޭތެރޭ

3. މައްޗަންގޮޅީ: ދަނބުރުއްމަދު / ދަބުރުއްގޯޅިން ފެށިގެން މަދޮށިގޯލީއާ ހަމައަށް

4. މާފަންނު: ސަބުދެލިމަގު / ހަނދުވަރީހިނގުމުން ފެށިގެން ޢިއްޒުއްދީންމަގާ ހަމައަށް

މިހާރު ކޮންމެ އަވަށަކުން އެއް މަގު ބަންދު ކުރަން ނިންމާފައި ވިޔަސް ރައްޔިތުންގެ އެއްބާރުލުން ލިބޭވަރަކުން ވަގުތުތަކަށާއި، ދުވަސްތަކަށް ވެސް ބަދަލުތަކެއް ގެނެވޭނެ ކަމަށް ކައުންސިލް އިން މައުލޫމާތުދެއެވެ.

މަގުތަކަށް މީހުން ނިކުމެ އުޅޭއިރު ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި، އެ ސަރަހައްދު ސާފުކުރުމަށް އިސްކަން ދިނުމަށް މޭޔަރު ޝިފާ ވަނީ އިލްތިމާސް ކޮށްފައެވެ.

''ކުނި ތަން ތަނަށް ޖަމާކޮށްފަ ހުންނަ ކަމަށް ވަންޏާ އެ މަހައުލަކީ ރަނގަޅު މަހައުލެއް ނޫން ނުކުމެ އުޅޭކަށް. އަޅުގަނޑމެންނަށް މި ބެލިބެލިމުން އިނގެނީ މިހާރު ސަރަހައްދުގެ ރައްޔިތުން ނުކުމެ ބަހައްޓާ މީހާއަށް އެކަން މަނާ ކުރަން އަސްލު މަސައްކަތް ފައްޓަވާ ދެއްވައިފި ކަމަށް ވަނަމަ އެއީ ވަރަށް ބޮޑު ލުޔެކޭ މުޅި މާލޭއަށް ލިބެމުންދާ'' ޝިފާ ވިދާޅުވިއެވެ.

ޝިފާ ވިދާޅުވީ، އިމާރާތް ކުރާ ފަރާތްތަކަށް މަގުމަތީގައި އެއްޗެހި ބަހައްޓަން ހުއްދަ ދެނީ ދެ ދުވަހަށް ކަމަށެވެ. އެކަމަކު އެކަން ބައެއް ފަރާތްތަކަށް އޮޅިފައިވާ ކަމަށެވެ.

''ބައެއް ބޭފުޅުންނަށް ހީފުޅުވެއްލައްވާ މާލެ ސިޓީ ކައުންސިލް އިން އަސްލު އެ ހުއްދަ ދެނިއްޔޭ. އެއިކީ ހުއްދަ ދީފައި އޮންނަ ކަމެއް ނޫން. އެއްގޮތަކަށްވެސް މާލޭގެ މަގުތަކުގައި އެއްޗެތި ބަހައްޓާ ހެދުމަކަށް ހުއްދަ ދެވިފައެއް ނޮންނާނެ.'' އޭނާ ވިދާޅުވިއެވެ.

މާލޭގައި ކަޑައެޅޭ މަގުތަކެއް ހުކުރު ދުވަހު ހެދުނު ބަންދުކޮށް އާއިލާ އާއި ކުޑަ ކުދިނަށް ޖަޒީރާ މާހައުލެއް ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ އިބްރާހިމް މުހައްމަދު ސޯލިގެ ފުރަތަމަ 100 ދުވަހުގެ ތެރޭ ހިމެނޭ ކަމެކެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ

05 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ
04 ފެބުރުއަރީ 2017

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

04 ފެބުރުއަރީ 2017
ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
31 ޖެނުއަރީ 2017

ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!

31 ޖެނުއަރީ 2017
ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު