Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލީސް އިންތިހާބު 2019

އައްޑޫގެ ދާއިރާތައް އިތުރުކުރުމުގެ މައްސަލަ ބެލިދާނެކަމާ މެދު ގޮތެއް ނިންމަނީ

12 ފެބުރުއަރީ 2019 | އަންގާރަ 08:42

މައްސަލައިގެ ތެރެއަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ތަދައްހުލްވެފައި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 12 ފެބުރުއަރީ 2019 | އަންގާރަ 08:42
ހައި ކޯޓް - މައްސަލަގެ އަޑުއެހުމެއް މި ހަފްތާގައި ބޭއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް ފަނޑިޔާރުން ވިދާޅުވި

ހައި ކޯޓް - މައްސަލަގެ އަޑުއެހުމެއް މި ހަފްތާގައި ބޭއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް ފަނޑިޔާރުން ވިދާޅުވި

އައްޑޫ ސިޓީއަށް މިހާރު ކަނޑައަޅާފައިވާ އިންތިޚާބީ ދާއިރާތައް އިތުރުކޮށްދިނުމަށް ހައިކޯޓަށް ހުށަހެޅި މައްސަލަ ނުބެލޭނެ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ނެގި އިޖުރާއީ ނުކުތާއާ މެދު ގޮތެއް ނިންމުމަށް އެ ކޯޓުން ހަމަޖައްސައިފިއެވެ.

އައްޑޫ ސިޓީއަށް ގޮނޑި އިތުރުކޮށްދިނުމަށް އެދި ކޯޓަށް މައްސަލަ ހުށަހެޅީ ކުރީގެ ބަންޑާރަނާއިބު ހުސްނުއްސުޢޫދާއި އައްޑޫސިޓީއަށް ނިސްބަތްވާ އެހެން މީހަކެވެ.

Advertisement - newsAdvertisement

މިދިޔަ މަހުގެ 22 ވަނަ ދުވަހު ބޭއްވި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި އިލެކްޝަންސް ކޮމިޝަނުން ވަނީ އިޖުރާއީ ނުކުތާއެއް ނަގައި މައްސަލަ ހައިކޯޓަށް ނުބެލޭނެ ކަމަށް ބުނެފައެވެ. އެގޮތުން މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނީ އެފަދަ މައްސަލަތައް ކޯޓަށް ހުށަހެޅުމަށް ގާނޫނުގައި ބުނާ އިޖްރާއާތުތައް ފުރިހަމަ ނުކޮށް ކަމަށާއި، ދާއިރާތައް އިއުލާންކުރުމުން އެކަމުގައި ހިތްހަމަނުޖެހުމެއް އޮތް ނަމަ ޝަކުވާ ހުށަހަޅަން ހުޅުވާލާ މުއްދަތުގައި ލިޔުމުން ޝަކުވާ ހުށަހަޅަންޖެހޭނެ ކަމަށެވެ. އަދި ކޯޓަށް މައްސަލަ ހުށަހެޅެނީ ކޮމިޝަނުން ނިންމާ ނިންމުމަކާ މެދު ހިތްހަމަނުޖެހިއްޖެ ނަމަ ކަމަށާއި، ނަމަވެސް އައްޑޫއަށް ދާއިރާއެއް އިތުރުކުރުމަށް ކޮމިޝަނަށް ހުށަހަޅާފައިނުވާ ކަމަށެވެ.

އަންގާރަ ދުވަހު ބޭއްވި މައްސަލައިގެ އަޑުއެހުމުގައި މައްސަލަ ހުށަހެޅި ފަރާތްތަކުގެ ވަކީލް މަރިޔަމް ޝުނާނާ ވިދާޅުވީ ޤާނޫނު ބުނާ ގޮތުން ޝަކުވާ ހުށަހަޅަންޖެހޭނީ ވަގުތީ ރިޕޯޓާ ގުޅޭ ގޮތުން ކަމަށެވެ. ނަމަވެސް އެ މައްސަލައަކީ ފައިނަލް ރިޕޯޓާ ގުޅޭ ގޮތުން ހުށަހެޅި މައްސަލައެއް ކަމަށާއި، ފައިނަލް ރިޕޯޓާ މެދު ހިތްހަމަނުޖެހިގެން މައްސަލަ ކޯޓަށް ހުށަނޭޅޭނެ ކަމަށް ޤާނޫނުގައި ބުނެފައިނުވާ ކަމަށެވެ.

ޝަރީއަތުގެ މަޖިލީހުގައި ޝުނާނާ ވަނީ އިލެކްޝަންސް ކޮމިޝަނުން، އައްޑޫ ސިޓީ ކައުންސިލާ އެކު ކުރި ބައެއް މަޝްވަރާތައް ވެސް ފާހަގަކުރައްވާފައެވެ. އަދި އެ މަޝްވަރާތަކުގައި މަރަދޫފޭދޫ ވަކިކުރަން ބޭނުންވާ ކަމަށް ކޮމިޝަނުން ބުނެފައިވާ ކަމަށާއި އެހެންވެ، އެ މައްސަލަ ނުބެލޭނެ ކަމަށް ބުނެ އިޖްރާއީ މައްސަލަ ފާހަގަ ނުކުރެވޭނެ ކަމަށް ޝުނާނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މައްސަލައަކީ ހައިކޯޓަށް ބެލޭނެ މައްސަލައެއް ކަމަށެވެ.

އައްޑޫ ސިޓީ ދާއިރާތަކުގެ މައްސަލައަކީ ދުސްތޫރީ މައްސަލައެއް ކަމުން، އެ މައްސަލަ ތެރެޔަށް ދައުލަތުން ވެސް ވަނީ ވަދެފައެވެ. އަދި މައްސަލައިގެ ތެރެއަށް އައްޑޫ ސިޓީ ކައުންސިލުން ވެސް ވަނީ ތަދަހުލްވެފައެވެ.

އަންގާރަ ދުވަހު ބޭއްވި ޝަރީއަތުގައި އިލެކްޝަންސް ކޮމިޝަންގެ ވަކީލް މަހުފޫޒް ސައީދު ވަނީ އެ މައްސަލަ އަވަހަށް ނިންމައިދިނުމަށް އެދިވަޑައިގެންފައެވެ. އަދި އެއީ އިންތިހާބާ ގުޅޭ މައްސަލައެއް ކަމުން، އިންތިހާބުގެ ކަންކަމަށް ވަގުތު ލިބޭނެހެން މައްސަލަ ނިންމައިދިނުމަށް މަހުފޫޒް އެދިވަޑައިގެންނެވިއެވެ.

މަހުފޫޒް ވިދާޅުވީ ކޮމިޝަނާ ދެމެދު ކުރެވުނު މަޝްވަރާތަކުގައި ވަކި ގޮތަކަށް ކަމެއް ކުރަން ކޮމިޝަނުން ބުނެފައި އޮތަސް، އިންތިޚާބީ ދާއިރާތައް ކަނޑައެޅުމުގެ ގާނޫނުގެ ދަށުން ޝަކުވާ ހުށަހެޅުމުގައި ފުރިހަމަ ކުރަންޖެހޭ އިޖްރާއާތުތައް ފުރިހަމަ ކުރަން ޖެހޭނެ ކަމަށެވެ. އަދި މަހުފޫޒް ވަނީ އިޖުރާއުތައް ފުރިހަމަނުކޮށް، މައްސަލަ ކޯޓަށް ހުށަނޭޅޭނެކަން ތަކުރާރުކޮށް ފާހަގަކުރައްވާފައެވެ.

ތިން ފަނޑިޔާރުންގެ މަޖިލީހަކުން ބަލާ އެ މައްސަލާގައި ފަނޑިޔާރުންގެ މަޖިލީހުން ވިދާޅުވީ އިޖުރާއީ ނުކުތާއާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށާއި، މި ހަފްތާގެ ތެރޭގައި އަޑުއެހުމެއް ބޭއްވުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް