Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަތޮޅުތެރޭ ހައުސިން ޔުނިޓް އިމާރާތްކުރުން

ލ. ގަމުގައި 200 ހައުސިންގ ޔުނިޓް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފި

10 ފެބުރުއަރީ 2019 | އާދީއްތަ 12:11

އެކި ރަށްރަށުގައި މި އަހަރު އަލަށް ހަދާ 550 ހައުސިން ޔުނިޓް މި އަހަރު އަޅަން ފަށާނެ ކަމަށް ސަރުކާރުން ބުނޭ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 10 ފެބުރުއަރީ 2019 | އާދީއްތަ 12:11
އައްޑޫގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތައް

އައްޑޫގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތައް

ސަރުކާރުން އަތޮޅުތެރޭގައި އެޅުމަށް ހަމަޖެހިފައިވާ 550 ހައުސިން ޔުނިޓްގެ ތެރެއިން ލ. ގަމުގައި 200 ހައުސިން ޔުނިޓް އެޅުމަށް ޑިޒައިންކޮށް، އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެެވެ.

މިނިސްޓްރީ އޮފް ފިނޭންސް އިން އާދިއްތަ ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ލ. ގަމުގައި 200 ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ މަސައްކަތް ޑިޒައިން އެންޑް ބިލްޑް އުޞޫލުން ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ. އަދި މިކަމަށް ޝަރުޠުހަމަވާ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ވެސް ފުރުސަތު އޮތް ކަމަށް ފިނޭންސުން ބުނެއެވެ.

Advertisement - newsAdvertisement

މި ބީލަމުގައި ބައިވެރިވުމަށް -/1500ރ. (ފަނަރަސަތޭކަ ރުފިޔާ ނުވަތަ 100 ޔޫއެސް ޑޮލަރު) ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެއެވެ. ފިނޭންސުން ބުނީ ފައިސާ ބަލައިގަންނާނީ 13 ފެބުރުވަރީ 2019 އިން 4 މާޗް 2019 އަށް، ބަންދު ނޫން ކޮންމެ ދުވަހަކު 08:30 އިން 12:00 އަށް އެ މިނިސްޓްރީ އިން ކަމަށެވެ. ބިޑް ސެކިޔުރިޓީގެ ގޮތުގައި 100,000 (އެއްލައްކަ) ޔޫއެސް ޑޮލަރު ނުވަތަ އެ ޢަދަދާ އެއްވަރެއްގެ ޢަދަދެއްގެ ދިވެހި ރުފިޔާ ހުށަހަޅަން ޖެހެއެވެ.

ލ. ގަމުގައި 200 ހައުސިން ޔުނިޓް އިމާރާތް ޑިޒައިންކޮށް، އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފައިވާއިރު، ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ވިދާޅުވެފައި ވަނީ ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލު ހޯއްދަވައިދެއްވުމަށް ހުޅުމާލޭގައި އިތުރު 4،000 ހައުސިންގ ޔުނިޓާއި، އަތޮޅު ތެރޭގައި އިތުރު 550 ހައުުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ފަށައި، ބޯހިޔާވެހިކަމުގެ އަގު ހެޔޮކުރައްވަނެ ކަމަށެވެ.

އޭގެ އިތުރުން މަސައްކަތް ފަށައި ނުނިމި ހުރި 1500 އަށް ވުރެ ގިނަ ހައުސިން ޔުނިޓް ނިންމުމުގެ މަސައްކަތް ވެސް މިހާރު ވަނީ އަލުން ފަށާފައި ކަމަށާއި، މާލޭގައި ދިރިއުޅޭ މީހުންނަށް ހުޅުމާލޭގައި އިތުރު 4000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ވެސް މި އަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

03 އެޕްރީލު 2017

އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަމަލުކުރާނެ ގޮތުގެ ޕްލޭނެއް އެމްއެންޑީއެފުން ނެރެފި

03 އެޕްރީލު 2017
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަމަލުކުރާނެ ގޮތުގެ ޕްލޭނެއް އެމްއެންޑީއެފުން ނެރެފި
15 މާރިޗު 2017

1،200 މީހުން އައިޖީއެމްއެޗް ފްލޫ ކްލިނިކަށް ދައްކައިފި

15 މާރިޗު 2017
1،200 މީހުން އައިޖީއެމްއެޗް ފްލޫ ކްލިނިކަށް ދައްކައިފި
06 މާރިޗު 2017

ދޫނިދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ބިންގާ އަޅައިފި

06 މާރިޗު 2017
ދޫނިދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ބިންގާ އަޅައިފި
22 ފެބުރުއަރީ 2017

ބީއެމްއެލްގެ އިސްލާމިކް ބޭންކުން ގެދޮރު އިމާރާތް ކުރުމަށް ފައިނޭންސް ކޮށްދެނީ

22 ފެބުރުއަރީ 2017
ބީއެމްއެލްގެ އިސްލާމިކް ބޭންކުން ގެދޮރު އިމާރާތް ކުރުމަށް ފައިނޭންސް ކޮށްދެނީ
10 ފެބުރުއަރީ 2017

ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ

10 ފެބުރުއަރީ 2017
ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ
08 ފެބުރުއަރީ 2017

ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް

08 ފެބުރުއަރީ 2017
ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް
25 ޖެނުއަރީ 2017

ކައުންސިލް އިންތިހާބުގެ ޕްރައިމަރީގާ 200 ކެންޑިޑޭޓުން ވާދަކުރޭ: ޕީޕީއެމް ޔާމިން ފެކްޝަން

25 ޖެނުއަރީ 2017
ކައުންސިލް އިންތިހާބުގެ ޕްރައިމަރީގާ 200 ކެންޑިޑޭޓުން ވާދަކުރޭ: ޕީޕީއެމް ޔާމިން ފެކްޝަން
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް