Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޔޫއޭއީ

އިންސާނުން އާބާދުކުރަން ޔޫއޭއީ އިން މާސްގައި ސިޓީއެއް ބިނާ ކުރަނީ

ޕްރޮޖެކްޓްގެ ނަމަކީ ދަ "މާސް 2117"

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 15 ފެބުރުއަރީ 2017 | ބުދަ 22:35
ޔޫއޭއީން މާސްގައި ބިނާކުރާ ސިޓީއާ ވައްތަރު ކުރެހުމެއް

ޔޫއޭއީން މާސްގައި ބިނާކުރާ ސިޓީއާ ވައްތަރު ކުރެހުމެއް

ޔުނަިއޓެޑް އެރެބް އެމިރޭޓްސްއިން ފުރަތަމަ ފަހަރަށް ޕްލެނެޓް މާސްގައި ސިޓީއެއް ބިނާކުރުމަށް ނިންމައި އެކަން އިއުލާންކޮށްފިއެވެ.

ޔޫއޭއީން މި ޕްރޮޖެކްޓް އިއުލާން ކުރަމުން ބުނެފައިވަނީ، މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިނަލް އަގުވާމީ ތަޖުރިބާކާރުންނާއި އަދި މޮޅެތި ސައިންސްވެރިނާ ވެސް ގުޅިގެންކަމަށެވެ.

ދަ "މާސް 2117" އިއުލާނުކޮށްދެއްވަމުން ޔޫއޭއީގެ ނައިބު ޝެއިޚް މުހައްމަދު ބިން ރާޝީދު އަލް މަޚްތޫމް ވިދާޅުވީ، މި ބިން ފިޔަވާ އެހެން ޕްލެނެޓެއްގައި އިންސާނުން އާބާދު ކުރުމަކީ އެތައް ދުވަހަކުއްސުރެ ދެކެމުން އަންނަ ހުވަފެނެއް ކަމަށެވެ.

"ބައިނަލްއަގުވާމީ އެހީއާއެކު މި ހުވަފެނުގައި ހަގީގީ ކުލަ ޖެއްސޭތޯ ގަދައަޅާ މަސައްކަތް ކުރާނަން" 5 ވަނަ ވޯލްޑް ގަވަރުމެންޓް ސަމިޓްގައި ވާހަކަދައްކަވަމުން ޝެއިޚް ވިދާޅުވިއެވެ.

ޔޫއޭއީ ސަރުކާރުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މި ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވައްސެއްގެ ގޮތުގައި ސައިންސްވެރިންގެ ޓީމަކުން ރެޑް ޕްލެނެޓް މާސްގައި ބޮޑެތި ތަހުލީލުތަކެއް ކުރާނެއެވެ. މިކަމުގެ ތެރޭގައި ޔޫއޭއީގެ ސައިންސްވެރިން ތަކެއް އުފެދިގެންދާނެއެވެ.

މި މެގަ ޕްރޮޖެކްޓާ ގުޅޭ ގޮތުން ހޯދަން ޖެހޭ ސައިންސްގެ ހޯދުންތަކާއި އިތުރު މަސައްކަތްތައް ކުރުމަށް 2021 ވަނަ އަހަރު ރެޑް ޕްލެނެޓް މާސްއަށް ޖައްވީ އުޅަދެއް ފޮނުވާލަން ވަނީ ހަމަޖެހިފައެވެ.

މި ޕްރޮޖެކްޓް ވެގެންދާނީ ސައިންސާއި ޓެކްނޮލޮޖީއަށް ބޮޑު އިންގިލާބެއް ގެނުވާނެ ޕްރޮޖެކްޓަކަށެެވެ.

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2024

އިންސާނުންނަށް ޖެހޭ އެކި ބަލިތަކުގެ އަސްލު ދެނެގަތުމުގައި ޒީބްރާފިޝްގެ ދައުރަކީ ކޮބާ؟

19 ޖެނުއަރީ 2024
އިންސާނުންނަށް ޖެހޭ އެކި ބަލިތަކުގެ އަސްލު ދެނެގަތުމުގައި ޒީބްރާފިޝްގެ ދައުރަކީ ކޮބާ؟
05 ޖެނުއަރީ 2024

ގުދަންތަކުން ހަނދަށް: އިންސާނުންގެ ވަޒީފާތައް، ބިދޭސީ ރޮބޮޓުންނަށް!

05 ޖެނުއަރީ 2024
ގުދަންތަކުން ހަނދަށް: އިންސާނުންގެ ވަޒީފާތައް، ބިދޭސީ ރޮބޮޓުންނަށް!
17 ސެޕްޓެމްބަރު 2023

އިންސާނުންނަށް ރައްކާތެރި މަންޒިލަކަށް ދުނިޔެވާ 9 އިމުގެ ތެރެއިން 6 އިން ފަހަނައަޅާ ދެވިއްޖެ: ސައެންސްވެރިން

17 ސެޕްޓެމްބަރު 2023
އިންސާނުންނަށް ރައްކާތެރި މަންޒިލަކަށް ދުނިޔެވާ 9 އިމުގެ ތެރެއިން 6 އިން ފަހަނައަޅާ ދެވިއްޖެ: ސައެންސްވެރިން
02 އެޕްރީލު 2023

އޭއައި އާރޓުގެ ކޮޕީރައިޓް، އިންސާނުންނަށް ހައްގުތަ؟

02 އެޕްރީލު 2023
އޭއައި އާރޓުގެ ކޮޕީރައިޓް، އިންސާނުންނަށް ހައްގުތަ؟
07 އޯގަސްޓު 2021

އިންސާނުންގެ ދަތްޕިލައާ ވައްތަރު ދަތްޕިލައެއް ލިބިގެންވާ މަހެއް!

07 އޯގަސްޓު 2021
އިންސާނުންގެ ދަތްޕިލައާ ވައްތަރު ދަތްޕިލައެއް ލިބިގެންވާ މަހެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު