Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕީރިއޮޑިކް ޓޭބަލްގެ އަހަރު

ޕީރިއޮޑިކް ޓޭބަލްއަށް 150 އަހަރު – 2019 ޕީރިއޮޑިކް ޓޭބަލްއަށް ޚާއްސަ

1 ފެބުރުއަރީ 2019 | ހުކުރު 04:05

މި އަހަރު ފާހަގަ ކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގުމަށް ޔުނެސްކޯއިން ދަނީ ތައްޔާރުވަމުން

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 1 ފެބުރުއަރީ 2019 | ހުކުރު 04:05
ޕީރިއޮޑިކް ޓޭބަލް

ޕީރިއޮޑިކް ޓޭބަލް

ކެމިކަލް އެލެމެންޓްތައް އެއްކޮށް، ތަރުތީބު ކުރެވިފައިވާ 'ޕީރިއޮޑިކް ޓޭބަލް އޮފް ކެމިކަލް އެލެމެންޓްސް' އެކުލަވާލިތާ 150 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މި ހިނގާ 2019 ވަނަ އަހަރަކީ 'ޕީރިއޮޑިކް ޓޭބަލްގެ އަހަރު' ކަމުގައި އދގެ ސައިންސާއި ބެހޭ އިދާރާ، ޔުނެސްކޯއިން ކަނޑައަޅައިފިއެވެ.

'ޕީރިއޮޑިކް ޓޭބަލް އޮފް ކެމިކަލް އެލެމެންޓްސް' އަކީ މިހާތަނަށް ހޯދިފައިވާ އެކިއެކި ކެމިކަލް މާއްދާތައް އޭގެ އެކި ސިފަތަކާއި ގުޅުވައިގެން ބައިބަޔަށް ބައިކޮށް، އެ ބައިތައް އެކުގައި ތަރުތީބު ކުރެވިފައިވާ ތާވަލެކެވެ. މިހާރު ހުރި ވަރަށްވުރެ މަދު ކެމިކަލް މާއްދާތަކަކާއި އެކު މިތާވަލުގެ އަސްލު އެންމެ ފުރަތަމަ އެކުލަވައިލެއްވީ 1869 ވަނަ އަހަރު ރޫސީ ކެމިސްޓް ޑިމިޓްރީ މެންޑެލީވްއެވެ.

ރޫސީ ކެމިސްޓް ޑިމިޓްރީ މެންޑެލީވް

'އިންޓަރނޭޝަނަލް އިޔަރ އޮފް ދި ޕީރިއޮޑިކް ޓޭބަލް އޮފް އެލެމެންޓްސް' އާއި ގުޅިގެން ކުރިއަށްގެންދާ ހަރަކާތްތައް ފަށާފައިވަނީ ނިމިގެންދިޔަ ހަފްތާގައި ޔުނެސްކޯއިން ރަޝިއާގައި ބޭއްވި ހަފްލާއެއްގައެވެ. މި ހަފްލާގައި ކެމިސްޓްރީގެ ދާއިރާއިން ނޮބެލް އިނާމު ހާސިލްކުރައްވާފައިވާ ފަރާތްތަކާއި، ރަޝިއާގެ ސައިންސާއި ބެހޭ ވަޒީރުގެ އިތުރުން އެކި ޤައުމުތަކުގެ ސައިންސްވެރިން ވަނީ ބައިވެރިވެފައެވެ.

މި އަހަރު ފާހަގަކުރުމަށް ޔުނެސްކޯއިން ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ނިންމާފައެވެ. އެގޮތުން ބައިނަލްއަޤުވާމީ ފެންވަރުގައި، އޮންލައިންކޮށް، ހައި ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ޕީރިއޮޑިކް ޓޭބަލް އާއި ގުޅޭ ކުއިޒެއް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. އަދި ހަމަ މިއާއިއެކު ދުނިޔޭގެ އެކި ހިސާބުތަކުގައި ތިބި ދަރިވަރުން ކެމިސްޓްރީއަށް އަހުލުވެރިކޮށް އެ ދާއިރާއަށް ޝައުޤުވެރިކަން އިތުރު ކުރުމަށް އެކުދިންނަށް ކެމިސްޓްރީ އާއި ގުޅޭ އެކިއެކި ތަހުލީލުތައް ކުރެވޭނެ މަގުފަހިކޮށްދިނުމަށްވެސް ޔުނެސްކޯއިން ވަނީ ރާވާފައެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

11 އެޕްރީލު 2017

މިދިޔަ އަހަރު މަރުގެ އަދަބު ތަންފީޒުކުރި މިންވަރު ދަށް: އެމްނެސްޓީ

11 އެޕްރީލު 2017
މިދިޔަ އަހަރު މަރުގެ އަދަބު ތަންފީޒުކުރި މިންވަރު ދަށް: އެމްނެސްޓީ
08 އެޕްރީލު 2017

މިއަހަރު ރައީސްް ޓްރަމްޕް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަންނަވާނެ: ސެކްރެޓަރީ އޮފް ސްޓޭޓް

08 އެޕްރީލު 2017
މިއަހަރު ރައީސްް ޓްރަމްޕް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަންނަވާނެ: ސެކްރެޓަރީ އޮފް ސްޓޭޓް
12 މާރިޗު 2017

ވޯލްޑް ބޭންކުން މޮރޮކޯއަށް 150 މިލިއަން ޑޮލަރު ދެނީ

12 މާރިޗު 2017
ވޯލްޑް ބޭންކުން މޮރޮކޯއަށް 150 މިލިއަން ޑޮލަރު ދެނީ
27 ފެބުރުއަރީ 2017

އަންނަ އަހަރު އެމެރިކާގެ ޑިފެންސް ބަޖެޓަށް 54 ބިލިއަން ޑޮލަރު ހުށަހަޅައިފި

27 ފެބުރުއަރީ 2017
އަންނަ އަހަރު އެމެރިކާގެ ޑިފެންސް ބަޖެޓަށް 54 ބިލިއަން ޑޮލަރު ހުށަހަޅައިފި
27 ފެބުރުއަރީ 2017

މިއަހަރުގެ ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާ އަށް ރައީސް ޓްރަމްޕް ވަޑައިނުގަންނަވާނެ

27 ފެބުރުއަރީ 2017
މިއަހަރުގެ ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާ އަށް ރައީސް ޓްރަމްޕް ވަޑައިނުގަންނަވާނެ
06 ފެބުރުއަރީ 2017

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް
17 ޖެނުއަރީ 2017

ހަނދުގައި އެންމެ ފަހުން ހިނގި އެސްޓްރޮނޯޓް ޖީން 82 އަހަރުގައި ނިޔާވެއްޖެ

17 ޖެނުއަރީ 2017
ހަނދުގައި އެންމެ ފަހުން ހިނގި އެސްޓްރޮނޯޓް ޖީން 82 އަހަރުގައި ނިޔާވެއްޖެ
14 ޖެނުއަރީ 2017

ވިހެއިތަނުން ވަގަށްނެގި ކުއްޖަކު 18 އަހަރު ފަހުން ފެނިއްޖެ

14 ޖެނުއަރީ 2017
ވިހެއިތަނުން ވަގަށްނެގި ކުއްޖަކު 18 އަހަރު ފަހުން ފެނިއްޖެ
13 ޖެނުއަރީ 2017

ރެފިއުޖީން ދަތިއަޅުވާ ވައްޓާލި އަންހެން ނޫސްވެރިޔާ އަށް ތިން އަހަރުގެ ހުކުމެއް

13 ޖެނުއަރީ 2017
ރެފިއުޖީން ދަތިއަޅުވާ ވައްޓާލި އަންހެން ނޫސްވެރިޔާ އަށް ތިން އަހަރުގެ ހުކުމެއް
07 ޖެނުއަރީ 2017

ފިލިޕީންސްގެ ޖަލެއް ފަޅާލައި 150 އެއްހާ ގައިދީން ފިލައިފި

07 ޖެނުއަރީ 2017
ފިލިޕީންސްގެ ޖަލެއް ފަޅާލައި 150 އެއްހާ ގައިދީން ފިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް