Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް 2019

ޝަރުއީ ނިޒާމް އިސްލާހުކުރުމަށް އަޅުގަނޑުގެ ދެއަތް އޮތީ މިނިވަންކޮށް: ނަޝީދު

31 ޖެނުއަރީ 2019 | ބުރާސްފަތި 20:38

މަޖިލީހުގައި ހިމާޔަތް ކުރާނީ ރައްޔިތުންގެ މަސްލަހަތު ކަމަށް ނަޝީދު ވިދާޅުވި

އަލީ ސަމާޚް
އަލީ ސަމާޚް | 31 ޖެނުއަރީ 2019 | ބުރާސްފަތި 20:38
ސައްލެގެ ކެމްޕޭން ލޯންޗު ކުރުމަށް ބޭއްވި ހަފްލާގައި ނަޝީދު ވާހަކަފުޅު ދައްކަވަނީ

ސައްލެގެ ކެމްޕޭން ލޯންޗު ކުރުމަށް ބޭއްވި ހަފްލާގައި ނަޝީދު ވާހަކަފުޅު ދައްކަވަނީ

އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލް ޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ހުންނެވީ ޝަރުއީ ނިޒާމް އިސްލާހު ކުރެއްވުމަށް ފުރިހަމައަށް ތައްޔާރުވެވަޑައިގެން ކަމަށާއި، ރައްޔިތުން ފިޔަވައި ބައްލަވަން ޖެހިވަޑައިގަންނަވާނެ އިތުރު ބަޔަކު ނެތްކަމަށް އެމަނިކުފާނު ވިދާޅުވެއްޖެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހއ ހޯރަފުށީ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އަޙުމަދު ސަލީމް(ސައްލެ)ގެ ކެމްޕއިން ލޯންޗު ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ދޭންޖެހޭ ސަބަބަކީ ޝަރުއީ ނިޒާމު އިސްލާހު ކުރުމަށް އެ ޕާޓިން މަސައްކަތްތަކެއް ކުރަމުންދިއުން ކަމަށެވެ.

Advertisement - newsAdvertisement
"ކީއްވެގެންތޯ އެމްޑީޕީއަށް މި އަޢުލަބިއްޔަތު ދޭންވަނީ. ވަރަށް ސާފު. އަޅުގަނޑުގެ މަސްލަހަތު ހިމެނޭ އެތައް މިލިއަން ރުފިޔާއެއްގެ މައްސަލައެއް ނެތް އެއްވެސް ކޯޓަކު. އެހެންވީމާ އަޅުގަނޑުގެ ދެ އަތް އޮތީ ވަރަށް ދޫވެފައި ޝަރުއީ ނިޒާމު އިސްލާހު ކުރަން. އަޅުގަނޑު ބަލަން ޖެހޭ އިތުރު މީހެއް ނެތް އެކަމަކަށް. ތި ބޭފުޅުން ފިޔަވައި. އިންސާފު ފިޔަވާ''، އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ، 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވާ އެމްޑީޕީގެ އެއްވެސް މެމްބަރެއްގެ އަމިއްލަ މަސްލަހަތެއް މަޖިލީހުގައި ހިމާޔަތް ނުކުރާނެ ކަމަށާއި، އެ މަޖިލީހުގައި ހިމާޔަތް ކުރާނީ ރައްޔިތުންގެ މަސްލަހަތު ކަމަށެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، އެމްޑީޕީގެ ޓިކެޓްގައި މަޖިލީހަށް ވާދަ ކުރައްވާ ފަރާތްތަކުގެ އެންމެ އިސް ކަމަކަށް ވާން ޖެހޭނީ ރައްޔިތުންގެ އުއްމީދުތައް ފުރިހަމަ ކޮށްދިނުން ކަމަށެވެ. އަދި އެކަން އެންމެ ރަނގަޅަށް ފުރިހަމަ ކޮށްދެވޭނީ އެމްޑީޕީގެ މެމްބަރުން މަޖިލީހަށް އިންތިހާބު ކޮށްގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ހއ. އަތޮޅުން އެމްޑީޕީގެ ޓިކެޓްގައި ކުރިމަތިލާފައިވާ ހުރިހާ މެމްބަރުން ހޮވައި ދިނުމަށް އެ އަތޮޅުގެ ރައްޔިތުން އަރިހުން ރައީސް ނަޝީދު އެދިވަޑައިގެންނެވިއެވެ.

އެމްޑީޕީ ޓިކެޓްގައި ހޯރަފުށި ދާއިރާއަށް ކުރިމަތިލައްވާފައިވާ އެރަށު ރަބީއީމަންޒިލް، އަޙުމަދު ސަލީމް (ސައްލެ) އާއިއެކު ކުރެއްވި މަސައްކަތްޕުޅު ހަނދުމަފުޅު އާކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެ ދައިރާގެ ގޮނޑި ސައްލެ ކާމިޔާބު ކުރައްވާނެ ކަމަށެވެ.

''އަޅުގަނޑު އަޙުމަދު ސަލީމާއި އެކުގައި މަސައްކަތް ކޮށްފިން. ފުރަތަމަ އެމްޑީޕީގެ ސަރުކާރުގައި ހިންގުނު ވަރަށް ގިނަ މަޝްރޫއު ތަކަކީ ސަލީމް އޭގެ އިންތިޒާމް ތަކުގައި އަދި ގިނަ ފަހަރަށް މޭސްތިރި ކަމުގައި ހަގީގަތުގައި މަސައްކަތް ކުރަމުން އައި މަޝްރޫއުތައް...އަޅުގަނޑަށް ޔަގީން ކަށަވަރު ސަލީމް މި ގޮނޑި ކާމިޔާބުކުރައްވާނެ''، ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ މަޖިލިސް ޕްރައިމަރީ ކާމިޔާބު ކުރެއްވައި މަޖިލީހުގެ މައްޗަންގޮޅި މެދު ދާއިރާއަށް ވާދަވެސް ކުރައްވާ ނަޝީދު މި ހަފްލާގައި އިތުރަށް ވިދާޅުވީ، 19 ވަނަ ރައްޔިތުންގެ މަޖިލީސް ވެގެންދާނީ ދަތުރު ފަތުރުގެ ނިޒާމުން ރާއްޖެ ގުޅުވާލައި ދިނުމަށް ގާނޫނީ އޮނިގަނޑު އެކުލަވާލާ މަޖިލީހަށް ކަމަށެވެ. މީގެ އިތުރުންއެމަނިކުފާނުގެ ބޮޑު ހިއްސާއަކާއިއެކު ތާއާރަފު ކުރެވިފައިވާ ގެސްޓް ހައުސްގެ ވިޔަފާރީގެ މުހިއްމުކަން ބަޔާން ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ގެސްޓް ހައުސް ވިޔަފާރި ރާއްޖޭގައި ފުޅާވެ، ކުރިއަރަމުންދާ ކަމަށާއި، ހަމަ އެހެން ރަށްތަކެކޭ އެއްފަދައިން ހޯރަފުށީގައިވެސް ގެސްޓް ހައުސް ވިޔަފާރި ކުރިއެރުވޭނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

21 އެޕްރީލު 2017

ލާމަރުކަޒީ ނިޒާމް ހަލާކުކޮށްފައި ރައްޔިތުން ކައިރިއަށް ވޯޓް ހޯދަން އަންނާކަށް ނުޖެހޭ: ފައްޔާޒު

21 އެޕްރީލު 2017
ލާމަރުކަޒީ ނިޒާމް ހަލާކުކޮށްފައި ރައްޔިތުން ކައިރިއަށް ވޯޓް ހޯދަން އަންނާކަށް ނުޖެހޭ: ފައްޔާޒު
21 އެޕްރީލު 2017

ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީއްސުރެ ލާމަރުކަޒީ ނިޒާމް އައީ ހަލާކުކުރަމުން: ޝިފާޒް

21 އެޕްރީލު 2017
ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީއްސުރެ ލާމަރުކަޒީ ނިޒާމް އައީ ހަލާކުކުރަމުން: ޝިފާޒް
30 މާރިޗު 2017

ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް، ހެޔޮވެރިކަމެއް ޤާއިމްކުރާނަން: ރައީސް ނަޝީދު

30 މާރިޗު 2017
ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް، ހެޔޮވެރިކަމެއް ޤާއިމްކުރާނަން: ރައީސް ނަޝީދު
17 މާރިޗު 2017

ސަރުކާރުގައި ތިބި ވެރިންނަކީ ލާމަރުކަޒީގެ ނިޒާމްގެ ދުޝްމަނުން: އަހްމަދު

17 މާރިޗު 2017
ސަރުކާރުގައި ތިބި ވެރިންނަކީ ލާމަރުކަޒީގެ ނިޒާމްގެ ދުޝްމަނުން: އަހްމަދު
26 ފެބުރުއަރީ 2017

މި ސަރުކާރަކީ ލާމަރުކަޒު ކުރުމާ ދެކޮޅު ސަރުކާރެއް، ނިޒާމް ދަމަހައްޓަން ޕީޕީއެމަށް ނޫނެކޭ ބުނަން ޖެހޭ: ޝަމާއު

26 ފެބުރުއަރީ 2017
މި ސަރުކާރަކީ ލާމަރުކަޒު ކުރުމާ ދެކޮޅު ސަރުކާރެއް، ނިޒާމް ދަމަހައްޓަން ޕީޕީއެމަށް ނޫނެކޭ ބުނަން ޖެހޭ: ޝަމާއު
23 ފެބުރުއަރީ 2017

ޝަރުއީ ދާއިރާ އިންތިހާ އަށް ސިޔާސީވެފައި، އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގެއް ނެތް: އެމްނެސްޓީ

23 ފެބުރުއަރީ 2017
ޝަރުއީ ދާއިރާ އިންތިހާ އަށް ސިޔާސީވެފައި، އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގެއް ނެތް: އެމްނެސްޓީ
16 ފެބުރުއަރީ 2017

އައްޑޫ ސިޓީގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި

16 ފެބުރުއަރީ 2017
އައްޑޫ ސިޓީގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި
13 ފެބުރުއަރީ 2017

ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި

13 ފެބުރުއަރީ 2017
ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް