Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު

އެއާޕޯޓަށް ދިމާވި ކަރަންޓްގެ މައްސަލަ ހައްލުކޮށް، ހިދުމަތްތައް އާންމު ހާލަތަށް ގެނެސްފި

28 ޖެނުއަރީ 2019 | ހޯމަ 15:56

އެއާޕޯޓުން ކަރަންޓް ކެނޑިފައިވަނީ ހޯމަ ދުވަހުގެ މެންދުރުފަހު 5:00 ހާއިރު

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 28 ޖެނުއަރީ 2019 | ހޯމަ 15:56
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑުނުތާ 3 ވަރަކަށް ގަޑިއިރުފަހުން ކަރަންޓެ ދެވި، އޮޕަރޭޝަންތައް އާންމު ހާލަތަކަށް ގެނެސްފި އެވެ.

އެއާޕޯޓުން ކަރަންޓް ކެނޑިފައިވަނީ ހޯމަ ދުވަހުގެ މެންދުރުފަހު 5:00 ހާއިރުއެވެ. އަދި ކަރަންޓްގެ މައްސަލަ ހައްލުކުރެވި، އެޕަރޭޝަންތައް އާންމު ހާލަތަށް ގެނެވިފައިވަނީ 7:45 ހާއިރު އެވެ.

Advertisement - newsAdvertisement

ކަރަންޓް ކެނޑުމާއެކު ޓާމިނަލް އޭރިއާއިން ކަރަންޓް ކެނޑި، ބައެއް ހިދުމަތްތަކަށް ބުރޫ އަރާފައިވެއެވެ. އެގޮތުން ބައެއް ފްލައިޓްތައް ފުރަން ހަމަޖެއްސި ގަޑިއަށް ނުފުރި، ލަސްވުން ފަދަ މައްސަލަތައް ދިމާވެފައިވެއެވެ.

އެއާޕޯޓް ހިންގާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީލް) އިން ބުނީ ކަރަންޓް ކެނޑުނީ މެއިން ޕަވާ ސަޕްލައިއަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށެވެ. އަދި ކަރަންޓް ކެނޑުމާއެކު، އެމްއޭސީއެލްގެ އިންޖީނަރުންގެ ޓީމާއި، ޓެކްނިކަލް ޓީމް އެކުގައި މައްސަލަ ހައްލެއް ހޯދުމަށް މަސައްކަތްކޮށްފައިވާކަމަށް އެ ކުންފުނިން ބުންޏެވެ.

ކުންފުނިން ބުނީ މައްސަލަ ދިމާވުމާއެކު، އެމްއޭސީއެލްގެ އިސްވެރިން ހިމެނޭގޮތަށް ހުރިހާ ޑިޕާޓްމެންޓުގެ މުވައްޒިފުންވެސް، ފަސެންޖަރުންނަށް އެހީތެރިވެ ދިނުމުގަޔާއި، މައްސަލަ ހައްލުކުރުމުގައި ވަރަށް ބުރަކޮށް މަސައްކަތްކޮށްފައިވާކަމަށެވެ.

އެމްއޭސީއެލުން ވަނީ ކަރަންޓް ކެނޑި ދިމާވާ ދަތިތަކަށް ފަސިންޖަރުންގެ ކިބައިން މައާފަށްވެސް އެދިފައެވެ.

މީގެކުރިންވެސް އެއާޕޯޓުން ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވެއެވެ. ނަމަވެސް އެ މައްސަލައަށް މިހާތަނަށް ދާއިމީ ހައްލެއް ހޯދިފައެއް ނުވެއެވެ.

ވެލާނާ އިންޓަނޭޝަން އެއާޕޯޓަކީ، ރާއްޖޭގެ މައި ދޮރާއްޓެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް އެތައް ހާސް ފަތުރުވެރިންނާއި، ދަތުރުވެރިން ރާއްޖެއިން އައިސްގޮސްވުމަށް ބޭނުންކުރަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް