Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއއ. ތޮއްޑޫ

ތޮއްޑޫއިން ރުއް ނަގައިގެން ބޭރުކުރާ މައްސަލަ ބޮޑުވެއްޖެ

26 ޖެނުއަރީ 2019 | ހޮނިހިރު 08:18

މީގެ ކުރިން ގިނަ އަދަދެއްގެ ރުއްގަސް ބޭރު ކޮށްފައިވޭ

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް | 26 ޖެނުއަރީ 2019 | ހޮނިހިރު 08:18
ދަނޑުބިން ސަރަހައްދުން ރުއްގަސް ނަގާފައި: ފޮޓޯ ކިޔުންތެރިއެއް

ދަނޑުބިން ސަރަހައްދުން ރުއްގަސް ނަގާފައި: ފޮޓޯ ކިޔުންތެރިއެއް

އއ. ތޮއްޑޫއިން ގިނަ އަދަދެއްގެ ރުއް ނަގައިގެން ބޭރު ކުރަމުންދާތީ އެރަށުގެ ގިނަ ރައްޔިތުންތަކެއް ކަންބޮޑުވުންފާޅު ކުރަންފަށައިފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދިން ތޮއްޑޫގެ ދަނޑުވެރިއެއް ބުނީ އެންމެ ފަހުން އެރަށުން ގޯތި ދޫކުރި ސަރަހައްދު ތަކުން ރުއް ނެގުމަށް އީޕީއޭއިން ހުއްދަ ދިނުމާއި ގުޅިގެން ރުއް ނަގަމުންދާ ކަމަށާއި، މިހާރު ދަނޑުބިންތަކުން ވެސް ރުއް ނަގަމުންދާ ކަމަށެވެ. އީޕީއޭގެ ހުއްދައާ ހިލާފަށް މިމަސައްކަތް ކުރަމުންދާތީ ވަރަށް ކަންބޮޑުވާ ކަމަށާއި، މިމައްސަލަ ކައުންސިލްގެ ސަމާލުކަމަށް ގެނައި ނަމަވެސް މާބޮޑު އެއްބާރުލުމެއް ނުލިބޭ ކަމަށް އޭނާ ބުންޏެވެ.

ފުޅާ ދާއިރާއެއްގައި ތޮއްޑޫގައި ގެސްޓް ހައުސް ވިޔަފާރި ހިންގަމުން އަންނަ މީހާކު ބުނީ މިހާރު ވެސް އެރަށުގައި ކުރިއާ އަޅާ ބަލާއިރު ރުއް ވަރަށް މަދު ކަމަށާއި، މިގޮތަށް ރުއް ނަގާނަމަ، މިކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ. މިއީ ރަށުގެ ރީތި ފެހިކަން ނަގާލުން ކަމަށް އޭނާ ފާހަގަކުރިއެވެ.

މަގުގެ ދެފަރާތުގައި ރުއް އިންދާފައި ހުރި ވައު މަގު: ފޮޓޯ އަހުމަދު ޝަރުވާން

ފަތުރުވެރިންގެ މެދުގައި މަގުބޫލު މަގެއް ކަމަށްވާ އެރަށުގެ ވައު މަގަށް އަލިއަޅުވާލާ އެމީހާ ބުނީ މަގުގެ ދެއަރިމަތީގައި ރުއް އިންދާފައި ހުރިހުރިމަކީ ރަށަށާއި، ވިޔަފާރިއަށް ލިބޭ ކުރިއެރުމެއް ކަމަށެވެ.

މީގެ އިތުރުން އެމީހާ ބުނީ ދަނޑު ހައްދާ ސަރަހައްދުން އެންމެ ފަހުން ރަށުގައި ކެނޑި މަގުތަކުގައި އެއްވެސް ރުކެއް ނެތް ކަމަށާއި، އެމަގުގައި ރުއް ގަސް އިންދުމަކީ ޒުވާނުންނާއި، ރަށުގެ ގިނަ ރައްޔިތުން ބޭނުންވާ ކަމެއް ކަމަށެވެ. ނަމަވެސް އެމަގުގައި ރުއް ނުއިންދާ ރުއްގަސް ނަގައިގެން ރަށުން ބޭރުކުރުމަކީ ބަލައިގެނެވޭނެ ކަމެއް ނޫން ކަމަށެވެ.

ދަނޑުގެ ދަނޑު ބިން ސަރަހައްދުން ދާދި ފަހުން ކެނޑި މަގެއް. މިމަގުގައި އެއްވެސް ރުކެއް ނެތް: ފޮޓޯ އަހުމަދު ޝަރުވާން

މި މައްސަލައާ ގުޅިގެން ކައުންސިލްގެ ރައީސާ ހަދީޖާ ނިއުޝާ ވިދާޅުވީ ރުއް ނަގަނީ އީޕޭއޭގެ ހުއްދައާ އެކު ކަމަށާއި، 200 އަށްވުރެ ގިނަ ރުއް ނަގާނެ ކަމަށެވެ. ރުއް ނަގަނީ ފަހުން ދޫކުރި ގޯތިތަކުންނާއި، މަގު ހެދުމަށް ބޭނުންވާ ސަރަހައްދުތަކުން ކަމަށެވެ. އެރަށުގެ ދަނޑު ހައްދާ ސަރަހައްދުން ރުއް ނަގާ ކަމަށް ދެކޭވޭ ވާހަކަތައް ނިއުޝާ ދޮގުކުރެއްވި އެވެ. އަދި ވިދާޅުވީ މިފަދަ މައްސަލައެއް ދިމާވެއްޖެނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.

މީގެ ކުރިން ވެސް ތޮއްޑޫއިން ގިނަ އަދަދެއްގެ ރުއް ބޭރުކުރުމުގައި ހަރަކާތްތެރިވި، އަދި މިހާރު ވެސް މިމަސައްކަތުގައި ހަރަކާތްތެރިވާ މީހަކު ބުނީ ރުއްގަސް ނަގަނީ އީޕީއޭގެ ހުއްދައާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އަދި ދަނޑުބިމުން ރުއްގަސް ނަގަނީ އެދަނޑު ހައްދާ މީހާގެ އެދުމުގެ މަތިން ކަމަށާއި، އެމީހާއަށް ވަކި އުޖޫރަށް ދިނުމަށްފަހު ކަމަށެވެ.

ކަރާ އިންދުމަށް ޚާއްސަކޮށްފައިވާ ސަރަހައްދުގައި ހުރި މަދު ރުއްތަކެއް: ފޮޓޯ އަހުމަދު ޝަރުވާން

އޭނާ ބުނި ގޮތުގައި ތޮއްޑުއަކީ ބިމުގެ ބޭނުން ބޮޑު ރަށެއްކަމަށާއި ރަށުގައި މުޅިން އޮތީ ދަނޑުވެރިންގެ ދަނޑުތައް ކަމަށެވެ. އެރަށުގެ ދަނޑުބިން ތަކާއި ގޯތިތަކުގައި ހުރި ރުއްގަސް ކަނޑައި އެހެންތަންތަނަށް ގެންދާތީ އެކަމާ ރައްޔިތުން ކަންބޮޑުވެގެން ނޫޅޭ ކަމަށާއި އެމީހުން ބޭނުންވަނީ އެ ރުއްގަސްތަކުގެ ބަދަލުކަމަށް އޭނާ ބުންޏެވެ.

ނަގާފައިވާ ރުއްގަސް ތަކެއް: ފޮޓޯ ކިޔުންތެރިއެއް

ތޮއްޑޫއަކީ ރުއްގަސް ބޯރަށެއްކަން ފާހަގަކޮށް، އޭނާ ބުނީ އެރަށުން ރުއް އިންދާނެ ޖާގަ ނެތް ކަމަށެވެ.

"މިރަށުން ރުއްގަސް ނެގުމުގެ މަސައްކަތް ކުރަނީ ގާނޫނާއި ގަވާއިދާއި އެއްގޮތަށް. އީޕީއޭއާ ރަށު ކައުންސިލާއި ދެމެދު ތިން މަސް ވަންދެން ކަމާގުޅުންހުރި އެކިއެކި ލިއުންތައް ބަދަލްކުރެވޭ. ގާނޫނާއި ޚިލާފްކަމެއް އޭގައި އެކުލެވިގެން ނުވާނެ. ރާއްޖެއެމްވީއަށް ވާހަކަ ދެއްކި މީހާ ބުންޏެވެ.

ނަމަވެސް މިރުއްތައް ނަގައިގެން ގެންދަނީ ކޮންތާކަށް ކަމެއް އޭނާ ބުނެފައެއް ނުވެއެވެ. ރުއް ނެގުމަކީ މިހާރު އާންމު މައްސަލައަކަށް ވެފައިވާއިރު، ރުއްގަސް ނަގައިގެން ރިސޯޓުތަކަށްށާއި، ރާއްޖޭން ބޭރުގެ ގައުމުތަކަށް އަގު ބޮޑުކޮށް ވިއްކަނީއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް