އެޑިޔުކޭޝަން މިނިސްޓްރީގެ ސީނިއަރ މެނެޖްމަންޓް ޓީމާ ނައިބު ރައީސް ބައްދަލު ކުރައްވައިފި
13 ޖެނުއަރީ 2019 | އާދީއްތަ 19:19ތައުލީމީ ނިޒާމު އިތުރަށް ކުރިއަރުވައި ހަރުދަނާ ކުރެވިދާނެ ގޮތާއި ބެހޭ ގޮތުން މަޝްވަރާ ކުރެއްވި

ނައިބް ރައީސް ފައިސަލް ނަސީމް އެޑިއެކޭޝަން މިނިސްޓްރީގެ އިސް ބޭފުޅުންނާއި އެކު
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސީނިއަރ މެނޭޖްމަންޓް ޓީމާ ބައްދަލު ކުރައްވައިފިއެވެ.
އާދިއްތަ ދުވަހު ރައީސް އޮފީހުގައި ބޭއެވި މި ބައްދަލުވުމުގައި ދިރާސީ އައު އަހަރުގެ ތެރޭގައި ރާއްޖޭގެ ތައުލީމީ ނިޒާމު އިތުރަށް ކުރިއަރުވައި ހަރުދަނާ ކުރުމަށްޓަކައި ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
ނައިބް ރައީސް ފައިސަލް ނަސީމް
ރާއްޖޭގެ ތައުލީމީ ނިޒާމު އިތުރަށް ކުރިއަރުވައި ހަރުދަނާ ކުރުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސީނިއަރ މެނޭޖްމަންޓް ޓީމާއެކު ވަރަށް ގާތުން މަސައްކަތްކުރައްވަމުން ގެންދަވާނެ ކަމުގެ ޔަގީންކަން ނައިބް ރައީސް ފައިސަލް ވަނީ ދެއްވާފައެެވެ.
ނައިބް ރައީސް ފައިސަލް އެޑިއުކޭޝަން މިނިސްޓަރީގެ އިސްބޭފުޅުންނާއި ބައްދަލު ކުރައްވާފައިވާއިރު، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާސިލް ކުރެއްވުމަށް ކަނޑައަޅުއްވާފައިވާ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ، ސްކޫލުތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމް ރަސްމީކޮށް ފައްޓަވައިދެއްވީ އެމަނިކުފާނެވެ.
ކުރިން ނުކުރާވަރުގެ ހޭދައެއް ތައުލީމީ ނިޒާމަށް ކުރައްވާނެ ކަމަށް ނައިބް ރައީސް ވަނީ އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައެވެ.








