Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަދީބުގެ ބޭސްފަރުވާ

އަދީބުގެ ފަރުވާއާ ގުޅުވައި އެޗްއާރުސީއެމް ހަވާލާދިން ޑޮކްޓަރުގެ ލިޔުމާއި އަސްލާ ތަފާތު!

12 ޖެނުއަރީ 2019 | ހޮނިހިރު 16:36

ޑޮކްޓަރ ލިޔުމުގައި ހުރި ބައެއް ބަސް ހުރީ އުނިކޮށްފައި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 12 ޖެނުއަރީ 2019 | ހޮނިހިރު 16:36
އަދީބުގެ އާއިލާއަށް ޑޮކްޓަރ ދީފައިވާ ލިޔުން - އެޗްއާރުސީއެމް އިން ހަވާލާދިން މި ލިޔުމާއި ތަފާތުތަކެއް ހުރި

އަދީބުގެ އާއިލާއަށް ޑޮކްޓަރ ދީފައިވާ ލިޔުން - އެޗްއާރުސީއެމް އިން ހަވާލާދިން މި ލިޔުމާއި ތަފާތުތަކެއް ހުރި

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ބޭސްފަރުވާ އާ ގުޅޭގޮތުން ސަރުކާރުން އިހްމާލްވެފައިވާ ކަމަށް ބުނެ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ހަވާލާދިން ޑޮކްޓަރުގެ ލިޔުމުގައިވާ އިބަރާތާއި އޭގެ އަސްލު ލިޔުމުގައިވާ އިބަރާތާ ތަފާތުކަން ހާމަވެއްޖެ އެވެ.

އަދީބު ގޭ ބަންދުގައި ބެހެއްޓުމަށް ފަހު، ޖަލަށް ބަދަލުކުރީ ޑޮކްޓަރުގެ ލަފައާ ޚިލާފަށް ކަމަށް ކަނޑައަޅައި އެޗްއާރުސީއެމް އިން ވަނީ އަދީބުގެ އާއިލާއިން ހުށައެޅި މައްސަލައެއް ނިންމާފައި އެވެ. އެޗްއާރުސީއެމް އިން ބަޔާނެއްގެ ސިފައިގައި އަދީބު އާއިލާއަށް ފޮނުވި އެ ސިޓީގައިވަނީ އައިޖީއެމްއެޗްގެ ޔޫރޮލޮޖީގެ ހާއްސަ ޑޮކްޓަރު "އަދީބު ދެ މަސް ދުވަހު ގޭގައި ހުރުމަށާއި އަދީބު އަވަހަށް ރަނގަޅުވުމަށް ދެ މަސް ދުވަހު ބުރަ މަސައްކަތް ކުރުމަށާއި ސްޓްރެސްފްރީ މާހައުލެއްގައި 6-8 ހަފްތާ ވަންދެން ބަހައްޓަން ޖެހޭ" ކަމަށް ލަފާދިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް އެޗްއާރުސީއެމްއިން ހަވާލާދީފައިވާ ޑޮކްޓަރުގެ އެ ލިޔުން ރާއްޖެއެމްވީއަށް ވެސް މިހާރު ވަނީ ލިބިފައި އެވެ. އޭގައި ޑޮކްޓަރު ދީފައިވާ ލަފާ ކަމަށްބުނެ އެޗްއާރުސީއެމްއިން ކޯޓްކޮށްފައި އޮތް ޖުމްލަ އޮތީ ޑޮކްޓަރު ލިޔެފައިވާ އިބަރާތުގައި އޮތް ގޮތަކަށް ނޫނެވެ. އެގޮތުން އަދީބު ދެ މަސް ދުވަހު ބުރަ މަސައްކަތް ކުރަން ޖެހޭ ކަމަށް ޑޮކްޓަރުގެ ލަފާގައިވާ ކަމަށް އެޗްއާރުސީއެމް އިން ބުނި ނަމަވެސް ޑޮކްޓަރުގެ އަސްލު ލިޔުމުގައި ލަފާ ދީފައި އޮތީ ދެ މަސް ދުވަސް ވަންދެއް އަދީބު ބުރަ މަސައްކަތާ "ދުރުވާން ޖެހޭ" ކަމަށެވެ.

އޭގެ އިތުރުން ޑޮކްޓަރުގެ ލިޔުމުގައި އޮތީ ސުޓްރެސް މާހައުލެއްގައި 6-8 ހަފްތާ އަދީބު ބަހައްޓަން "ކޮންސިޑާ" ކުރާ ކަމަށެވެ. ނަމަވެސް އެޗްއާރުސީމްގެ ލިޔުމުގައި ވަނީ ކޮންސިޑާ އިން ބަސް އުނިކޮށްފައި އެވެ.

އެކި ކުށްތަކުގައި 33 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ އަދީބު ގޭ ބަންދުގައި ބެހެއްޓުމަށް ފަހު މި މަހުގެ ދެވަނަ ދުވަހު ވަނީ އަނެއްކާވެސް ޖަލަށް ބަދަލުކޮށްފަ އެވެ. އެކަމަކު ޖަލުގައި ހުންނަވަނިކޮށް، އޭނާގެ ސިއްހީ ހާލަތު ގޯސްވުމުން މިހާރު ގެންދަނީ އައިޖީއެމްއެޗުގައި ފަރުވާ ހޯއްދަވަމުންނެވެ.

އަދީބު ގޭ ބަންދުން ޖަލަށް ބަދަލުކުރުމާ ގުޅިގެން އެޗްއާރުސީއެމް އިން އާއިލާއަށް ފޮނުވި ސިޓީ އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ޓުވީޓް ކުރައްވާއިރު އޭގައި ހުރި ވާހަކަތަކާމެދު ކަންބޮޑުވާ ކަންކަން އެބަ ހުރި ކަމަށް ސަރުކާރުން ވަނީ ބުނެފައި އެވެ. އެހެން ނަމަވެސް އިތުރު ތަފްސީލެއް މިހާތަނަށް ދީފައިނުވެ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

25 އެޕްރީލު 2017

ގާސިމާ ބައްދަލުކުރުމުގެ ފުރުސަތު ޖޭޕީއަށް ނުދިނުމުން މައްސަލަ އެޗްއާރުސީއެމް އަށް!

25 އެޕްރީލު 2017
ގާސިމާ ބައްދަލުކުރުމުގެ ފުރުސަތު ޖޭޕީއަށް ނުދިނުމުން މައްސަލަ އެޗްއާރުސީއެމް އަށް!
24 އެޕްރީލު 2017

ފިސްތޯލަ ގެންގުޅުއްވި ކަމަށް ބުނެ އަދީބުގެ މައްޗަށް އިއްވި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި

24 އެޕްރީލު 2017
ފިސްތޯލަ ގެންގުޅުއްވި ކަމަށް ބުނެ އަދީބުގެ މައްޗަށް އިއްވި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި
16 އެޕްރީލު 2017

ގާސިމް ހައްޔަރުކުރި މައްސަލައިގައި މިދަނީ ސުވާލުކުރަމުން: އެޗްއާރުސީއެމް

16 އެޕްރީލު 2017
ގާސިމް ހައްޔަރުކުރި މައްސަލައިގައި މިދަނީ ސުވާލުކުރަމުން: އެޗްއާރުސީއެމް
13 މާރިޗު 2017

ބައެއް މީޑިއާތަކުން ޖިންސީ ވާހަކަތަކާއި ޖިންސީ ޢަމަލުތަކަށް ހިއްވަރުދޭ ވާހަކަތައް ގެނެސްދޭ، އެކަން ހުއްޓާލަން ޖެހޭ: އެޗްއާރުސީއެމް

13 މާރިޗު 2017
ބައެއް މީޑިއާތަކުން ޖިންސީ ވާހަކަތަކާއި ޖިންސީ ޢަމަލުތަކަށް ހިއްވަރުދޭ ވާހަކަތައް ގެނެސްދޭ، އެކަން ހުއްޓާލަން ޖެހޭ: އެޗްއާރުސީއެމް
13 މާރިޗު 2017

ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް މިހާރަކު ނުކުރޭ، އެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: އެޗްއާރުސީއެމް

13 މާރިޗު 2017
ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް މިހާރަކު ނުކުރޭ، އެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: އެޗްއާރުސީއެމް
13 މާރިޗު 2017

ކޮމިޝަނުން ކުރާ ބައެއް ތަހުގީގުތަކަށް އެއްބާރުލުން ނުލިބޭ: އެޗްއާރުސީއެމް

13 މާރިޗު 2017
ކޮމިޝަނުން ކުރާ ބައެއް ތަހުގީގުތަކަށް އެއްބާރުލުން ނުލިބޭ: އެޗްއާރުސީއެމް
13 މާރިޗު 2017

މިދިޔަ އަހަރު ތަފާތު އެކި ހައްގުތައް ގެއްލިގެން 533 މައްސަލަ ހުށަހެޅުނު: އެޗްއާރުސީއެމް

13 މާރިޗު 2017
މިދިޔަ އަހަރު ތަފާތު އެކި ހައްގުތައް ގެއްލިގެން 533 މައްސަލަ ހުށަހެޅުނު: އެޗްއާރުސީއެމް
08 މާރިޗު 2017

އެކަނިވެރި މައިންނަށްދޭ އިނާޔަތް ނުލިބޭކަމުގެ ޝަކުވާތައް އާދޭ: އެޗްއާރުސީއެމް

08 މާރިޗު 2017
އެކަނިވެރި މައިންނަށްދޭ އިނާޔަތް ނުލިބޭކަމުގެ ޝަކުވާތައް އާދޭ: އެޗްއާރުސީއެމް
04 މާރިޗު 2017

ޒައިދުލް އަމީންގެ މައްސަލަ މިދަނީ ބަލަމުން: އެޗްއާރުސީއެމް

04 މާރިޗު 2017
ޒައިދުލް އަމީންގެ މައްސަލަ މިދަނީ ބަލަމުން: އެޗްއާރުސީއެމް
23 ފެބުރުއަރީ 2017

ﷲގެ ވަހީއާ ގުޅުވައިގެން ރައީސް ޔާމީން ވިދާޅުވި ވިދާޅުވުމަކީ މަޚުލޫގަކަށް ޖާއިޒު ކަމެއް ނޫން: ޑރ. އިޔާޒު

23 ފެބުރުއަރީ 2017
ﷲގެ ވަހީއާ ގުޅުވައިގެން ރައީސް ޔާމީން ވިދާޅުވި ވިދާޅުވުމަކީ މަޚުލޫގަކަށް ޖާއިޒު ކަމެއް ނޫން: ޑރ. އިޔާޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް