Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލެ ސިޓީ ކައުންސިލް

މާލޭ މަގުތަކުގައި ބަހައްޓާފައި ހުންނަ ޕެލެޓުތައް ނަގަން ފަށައިފި

12 ޖެނުއަރީ 2019 | ހޮނިހިރު 06:50

ކޮންމެ ހަފްތާއަކު އެ މަސައްކަތް ކުރާނެ

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 12 ޖެނުއަރީ 2019 | ހޮނިހިރު 06:50
ސިޓީ ކައުންސިލް މުވައްޒަފުން ޕެލެޓުތައް ނެގުމުގެ މަސައްކަތް ކުރަނީ

ސިޓީ ކައުންސިލް މުވައްޒަފުން ޕެލެޓުތައް ނެގުމުގެ މަސައްކަތް ކުރަނީ

އާންމުންނަށް އުނދަގޫވާ ގޮތަށް ޕޭވްމަންޓާއި ޕާކިން ޒޯންތަކުގައި ބަހައްޓާފައި ހުންނަ ޕެލެޓުތައް ނެގުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ.

ޕްލެޓުތައް ނެގުމުގެ މަސައްކަތް ހޮނިހިރު ދުވަހު ހެނދުނު ފެށީ ފުލުހުންގެ އިސް ނެގުމަކަށް، ސިޓީ ކައުންސިލުންނެވެ.

Advertisement - newsAdvertisement

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އަހުމަދު ނިޔާޒު "ރާއްޖެއެމްވީ"އަށް ވިދާޅުވީ ދަގަނޑު ޕެލެޓުތަކާއި ލަކުޑި ޕެލެޓުތައް މަގުތަކުގައި ބެހެއްޓުމަކީ މަނާ ކަމެއް ކަމަށާއި ޕެލެޓުތައް ޕާކިން ޒޯންތަކުގައި ބަހައްޓާފައި ހުރުމުން، ޕާކު ކުރާނެ ޖާގަ ގެއްލި، އާންމުންނަށް ދަތިތަކާ ކުރިމަތިވާ ކަމަށެވެ.

"އެއްވެސް ތަނެއްގައި ޕެލެޓް ބަހައްޓާކަށް ހުއްދައެއް ދީފައެއް ނޯންނާނެ. އަމިއްލައަށް މީހުން ބަހައްޓާފައި ހުންނަ އެއްޗެހި މި ނަގަނީ ޕާކިން ޒޯންތައް އަލުން ރީޑިޒައިން ކުރުމަށް. މި ކަންތައްތަކަށް މަގުފަހިކޮށް ހާދިސާތަކުންނާއި ދުއްވާ އެއްޗެއްސަށް ފަސޭހަވާނެ ގޮތަށް މިތަކެތި މި ނަގަނީ،" އަހުމަދު ނިޔާޒު ވިދާޅުވިއެވެ.

ސިޓީ ކައުންސިލް މެމްބަރު އަހުމަދު ޒަމީރު ވިދާޅުވީ ޕެލެޓުތައް މަގުމަތިން ނެގުމަށް ފުލުހުންނާ އެކު ފަށާފައިވާ މަސައްކަތް ވަކި ދުވަހެއް ނުބަލައި ކުރިއަށް ގެންދާނެ ކަމަށެވެ.

ޒަމީރު ވިދާޅުވީ މަގުމަތީގައި ބަހައްޓާފައި ޕެލެޓްތަކުން ތެރެއިން، ސިޓީ ކައުންސިލުން ނަގަނީ ޕޭވްމަންޓާ ވީ ފަޅީފައި ބަހައްޓާފައިވާ ޕެލެޓުތައް ކަމަށެވެ. ޕޭވްމަންޓެއް ނެތި ޕާކިން ޒޯން ހުންނަ ސަރަހައްދުގައި ބަހައްޓާފައިވާ ޕެލެޓުތަކެއް ސިޓީ ކައުންސިލަކުން ނުނަގައެވެ.

"ދަގަނޑުވިޔަސް އެލްމިނިއަން ވިޔަސް، ކޮންމެ އެއްޗެއް ވިޔަސް، ވަކި ގިންތިއެއް ވަކި ފަންތިއެއް ނުބަލާ ކޮންމެ ތަނެއްގައި އޮތް އެއްޗެއް ވިޔަސް އެ އޮތީ ގަވާއިދާ ހިލާފަށް. އެހެންވީމަ އެ އެއްޗެހި އަޅުގަނޑުމެން މި ނަގަނީ. ދުވާރު ނެތް މަގުތަކަށް ވަރަށް އަވަހަށް ހައްލެއް ހޯދައިދޭނަން،" މައްޗަންގޮޅީ ދެކުނު ދާއިރާގެ ކައުންސިލަރުކަން ވެސް ކުރައްވާ ޒަމީރު ވިދާޅުވިއެވެ.

މާލޭގެ މަގުތަކުގައި ބަހައްޓާފައިވާ ޕެލެޓުތައް ނެގުމަށް ސިޓީ ކައުންސިލުން ފެށި މަސައްކަތް ފަސް ގަޑިއިރަށް ކުރިއަށް ގެންދިޔައެވެ. އެ މަސައްކަތުގެ ދަށުން 40 ލޮރީގެ ޕެލެޓުތައް ނަގައި ޓައިސޭ ކޮށްޓަށް ސިޓީ ކައުންސިލުން ވަނީ އެތަކެތި ޖަމާކޮށްފައެވެ.

މާލޭގެ މަގުތަކުގައި އާންމުންނަށް އުނދަގޫވާ ގޮތަށް ބަހައްޓާފައި ހުންނަ ޕެލެޓުތައް ނެގުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށާފައި ވަނީ ޕެލެޓެއްގައި ތާށިވެ އަންހެނެއްގެ ފައި މިދިޔަ ހަފްތާގައި ބިނދައިގެން ގޮސްފައި ވަނިކޮށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް