Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ ޕްރައިމަރީ

ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޑިއުޓީ ނިންމާފައި އާއިލާ ކައިރިއަށް ދެވޭނެ ގޮތް ހަދައިދޭނަން: ރައީސް ނަޝީދު

11 ޖެނުއަރީ 2019 | ހުކުރު 18:44

ނައިފަރާއި މަޑިވަރު އަދި ހިންވަރު ގުޅާލެވޭނެ ކަމަށް ވިދާޅުވި

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 11 ޖެނުއަރީ 2019 | ހުކުރު 18:44
ހިންނަވަރު ދާއިރާ އަށް ވާދަކުރައްވާ ޖީހާން މަހްމޫދުގެ ކެމްޕެއިން ހަރަކާތުގައި ރައީސް ނަޝީދު ވާހަކަ ދައްކަވަނީ

ހިންނަވަރު ދާއިރާ އަށް ވާދަކުރައްވާ ޖީހާން މަހްމޫދުގެ ކެމްޕެއިން ހަރަކާތުގައި ރައީސް ނަޝީދު ވާހަކަ ދައްކަވަނީ

19 ވަނަ ރައްޔިތުންގެ މަޖިލިސް ވެގެންދާނީ ރިސޯރޓްތަކުގައި މަސައްކަތް ކުރާ ފިރިންނަށް ޑިއުޓީ ނިންމާފައި އަނބިމީހާ ކައިރިއަށް ދެވޭނެ އުސޫލެއް ގާއިމްކޮށްދޭނެ މަޖިލީހަކަށް ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި ހިންނަވަރު ދާއިރާގެ ޕްރައިމަރީގައި ވާދަކުރާ ޖީހާން މަހްމޫދުގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލިސް ވެގެންދާނީ ރިސޯރޓްތަކުގައި ވަޒީފާ އަދާކުރަމުން އަންނަ އާއިލާތަކުގެ ފިރިންނަށް، އެ މީހުންގެ އާއިލާއާ އެކުގައި ނިދާލަން ލިބޭނެ އުސޫލްތައް ގާއިމްކޮށްދޭނެ މަޖިލީހަކަށް ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދު ވިދާޅުވީ ރިސޯރޓްތަކުގައި ވަޒީފާ އަދާކުރަމުން އަންނަ މީހުންނަށް މި އުސޫލްތައް ގާއިމްކޮށްދިނުމަށް ރަށްރަށް ރިސޯރޓްތަކާ ގުޅުވެންޖެހޭ ކަމަށެވެ. ރިސޯރޓްތަކުގައި ވަޒީފާ އަދާކުރަމުން އަންނަ މީހުންނަށް ހައްގު މިންވަރު ހޯދައިދިނުމަށް 19 ވަނަ ރައްޔިތުންގެ މަޖިލީހުން މަސައްކަތް ކުރާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

”ރިސޯރޓް ފަހަރުގައި ނިދާކަށް ނުޖެހޭ. ނިދަން ޖެހޭނީ ގޭގައި. ބަނޑަހަގޭގައި ރައްޔިތުން ދިިރިއުޅެން ދޫކޮށްލެވޭކަށް ނެތް" ރައީސް ނަޝީދު ވިދާޅުވިއެވެ.

މަސްވެރިކަމަށް ހަމަ މަގު ނުލިބޭ ކަމަށް އިޝާރާތްކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ފެލިވަރުގައި މަހަށް އެކަށީގެންވާ އަގެއް ލިބުނު ކަމުގައި ވިޔަސް ރާއްޖޭގެ އެހެން ސަރަހައްދުގައި މަހަށް ހަމަ އަގު ލިބެމުން ނުދާ ކަމަށެވެ. އެހެންކަމުން 19 ވަނަ ރައްޔިތުންެގެ މަޖިލިސް ވެގެންދާނީ މަހަށް ހަމަ އަގު ހޯދައިދޭނެ މަޖިލީހަކަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

19 ވަަނަ ރައްޔިތުންގެ މަޖިލިސް ވެގެންދާނީ ރައްޔިތުން އެދޭ ބަދަލު ފެންނަ މަޖިލީހަކަށް ކަމަށާއި، އެ މަޖިލިސް ވެގެންދާނީ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާނެ މަޖިލީހަކަށް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ހިންނަވަރުގެ ކުރެވިގެންދާނެ އިގްތިސާދީ ހަރަކާތްތަކަށް އިޝާރާތް ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ގެސްޓް ހައުސްގެ ވިޔަފާރި ހިންނަވަރުގައި ގާއިމްކުރެވިގެންދާނެ ކަމަށާއި، އެކަމަށް ބޭނުންވާ ސަރަހައްދުތަށް ކަނޑައެޅި އެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ހިންނަވަރާއި، ނައިފަރު،އަދި މަޑިވަރު ގުޅުވައިދޭނެ ކަމަށާއި، އެ ކަން ފަސް އަހަރުގެ ތެރޭގައި ކާމިޔާބު ވެގެންދާނެ ކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދުތަކަކީ ރަނުން ރަނަށް ފުއްދައިދޭނެ ވައުދުތަކެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެކަން ފުރިހަމަ ކުރުމަށް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބުން މުހިއްމު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނީ މީގެ ކުރިން ހުޅުމާލޭގައި ބޭއްވި ޖީހާންގެ ކެމްޕެއިން ލޯންޗްކުރުމުގެ ހަފްލާގައި ވެސް ބައިވެރިވަޑައިގެންފައެވެ. އަދި މިއީ މި ކެމްޕެއިންގައި އެއް ކެންޑިޑޭޓެއްގެ ކެމްޕެއިން ހަރަކާތެއްގައި ދެ ފަހަރަށް ރައީސް ނަޝީދު ބައިވެރިވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނާރޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރަން ހުށަހެޅި ބިލް ފާސްކުރުން މާދަމާގެ ޖަލްސާގައި

28 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނާރޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރަން ހުށަހެޅި ބިލް ފާސްކުރުން މާދަމާގެ ޖަލްސާގައި
27 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނާރޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރަން ހުށަހެޅި އަދަދަށް ވުރެ ބޮޑުކޮށް ކޮމެޓީން ފާސްކޮށްފި

27 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނާރޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރަން ހުށަހެޅި އަދަދަށް ވުރެ ބޮޑުކޮށް ކޮމެޓީން ފާސްކޮށްފި
21 ފެބުރުއަރީ 2017

ޑިއުޓީގެ ބޮޑުކޮށްގެން ލިބޭ ފައިސާއިން އާންމުން ހޭލުންތެރިކުރަން ސަރުކާރު މެމްބަރުން ދެކޮޅު!

21 ފެބުރުއަރީ 2017
ޑިއުޓީގެ ބޮޑުކޮށްގެން ލިބޭ ފައިސާއިން އާންމުން ހޭލުންތެރިކުރަން ސަރުކާރު މެމްބަރުން ދެކޮޅު!
20 ފެބުރުއަރީ 2017

ހީވާގި ކަނބަލުން ގެ ރޯޅި ސިވިލް ސާވިސް މުވައްޒަފުންނަށް ޖެހިއްޖެ

20 ފެބުރުއަރީ 2017
ހީވާގި ކަނބަލުން ގެ ރޯޅި ސިވިލް ސާވިސް މުވައްޒަފުންނަށް ޖެހިއްޖެ
16 ފެބުރުއަރީ 2017

ސިނގިރޭޓްގެ ޑިއުޓީން މިދިއަ އަހަރުވެސް 622 މިލިއަން ރުފިޔާ ލިބުނު، ނަމަވެސް ހޭލުންތެރި ކުރުމަށް ކުރެވުނު ކަމެއް ނެތް!

16 ފެބުރުއަރީ 2017
ސިނގިރޭޓްގެ ޑިއުޓީން މިދިއަ އަހަރުވެސް 622 މިލިއަން ރުފިޔާ ލިބުނު، ނަމަވެސް ހޭލުންތެރި ކުރުމަށް ކުރެވުނު ކަމެއް ނެތް!
15 ފެބުރުއަރީ 2017

ޕީޕީއެމް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކުރާ ކަމަށް އަޑުތައް ފެތުރިއްޖެ

15 ފެބުރުއަރީ 2017
ޕީޕީއެމް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކުރާ ކަމަށް އަޑުތައް ފެތުރިއްޖެ
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
22 ޖެނުއަރީ 2017

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް