Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މާލީ ބަޔާން ހުށައެޅުން

މަސްލަހަތު ފުށު އަރާގޮތަށް ދައުލަތުގެ މަގާމުތަކުގައި މީހުން އެބަތިބި: އައިމަން

މުޅި ނިޒާމް އަދި ދަނީ އެންމެ ރަނގަޅަށް ކަމަކަށް ނުބުނެވޭނެކަމަށް އައިމަން ވިދާޅުވި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ, ރާއްޖެ އެމްވީ | 11 ޖެނުއަރީ 2019 | ހުކުރު 18:50
ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު އައިމަން ރަޝީދު

ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު އައިމަން ރަޝީދު

މަސްލަހަތު ފުށު އަރާގޮތަށް ދައުލަތުގެ މަގާމްތަކުގައި މީހުން އެބަތިބިކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު އައިމަން ރަޝީދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގައި ވާހަކަ ދައްކަވަމުން އައިމަން ވިދާޅުވީ، މާލީ ބަޔާންތައް އާއްމުކުރުމަކީ ކޮރަޕްޝަން ހުއްޓުވުމަށް އެޅުނު ވަރަށް މުހިއްމު ފިޔަވަޅެއްކަމަށާއި، އެހެންނަމަވެސް ކުރީގެ ސަރުކާރުތަކުގައި ތިބި ކޮރަޕްޓް މީހުން އަދިވެސް މި ސަރުކާރުގެ އިސް މަގާމްތަކުގައި ތިބުމަކީ ކަންބޮޑުވެލައްވާ ކަމެއްކަމަށެވެ.

Advertisement - newsAdvertisement
"ދައުލަތުގެ ނިޒާމްގެ ތެރެއިން ވޭތުވެދިޔަ ސަރުކާރުން ހިނގާފައި ހުރި ކަންކަންވެސް އެބަހުރި. އެ ނިޒާމް އަދިވެސް މުޅިން ބަދަލެއް ނުވޭ. ގާނޫނުތަކެއް މުޅިން އަދި ބަދަލެއް ނުވެ. އިޖުތާއަތްތައް އަދި މުޅިން ބަދަލެއް ނުވެ.އެކަމަކުވެސް ކޮރަޕްޝަން ތުހުމަތުކުރެވުނު ވަރަށް ގިނަ މީހުން މިހާރުވެސް ސަރުކާރުގެ ނިޒާމްގެ ތެރެއިން އެބަތިބި" އައިމަން ވިދާޅުވިއެެވެ.

މިކަންކަން މިހެން ހުރުމާއި އެކު، އަދި މުޅި ނިޒާމް އަދި ދަނީ އެންމެ ރަނގަޅަށް ކަމަކަށް ނުބުނެވޭނެކަމަށް އައިމަން ވިދާޅުވިއެވެ. އެހެންނަމަވެސް ހެއު ސިގްނަލްތަކެއް ފެންނަމުންދާ ކަމަށާއި، އެއާއެކު ކޮންމެހެން ރަނގަޅުކުރަން ޖެހޭ ކަންކަންވެސް އެބަހުރިކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ ތެރޭގައި ހިންގާ ކޮރަޕްޝަން ހުއްޓުވުމަށް ޓަކައި، މި ސަރުކާރުން ކޮރަޕްޝަން ފަޅާއަރުވާ ފަރާތްތަކަށް ހިމާޔަތް ދިނުމަށް "ވިސުލްބްލޯވާ ޕްރޮޓެކްޝަން" ގާނޫނެއް މަޖިލީހަށް ވައްދައި، ދައުލަތުގެ އެންމެ އިސް ބޭފުޅުން އެބޭފުޅުންގެ މާލީ ބަޔާތްތައް އާއްމުކުރުމަކީ، އެ އަމަލު ހުއްޓުވުމަށް އެޅި ފުރަތަމަ ފިޔަވަޅުގެ ގޮތުގައި އައިމަން ފާހަގަކުރެއްވިއެެވެ.

އޭނާ ވިދާޅުވީ، ދައުލަތުގެ ތެރެއިން ވޭތުވެދިޔަ ސަރުކާރުގައި ފެނިގެން ދިޔަ ނިޒާމީ ގޮތުން ގަބޫލު ނުކުރެވޭ ކަންކަން މި ސަރުކާރުން ބަދަލު ކުރާނެކަމަށް އުއްމީދު ކުރާކަމަށެވެ. އަދި ވިދާޅުވީ އުއްމީދަކީ ކުރިއަށް އޮތް އަހަރުތަކުގައި އެކަންކަން ރަނގަޅުވެގެން ދިއުންކަމަށެވެ.

"ސަރުކާރު ބަދަލުވިޔަސް ނިޒާމް އަދި ބަދަލެއް ނުވޭ. ދައުލަތުގެ ކުންފުނިތަކާއި ވުޒާރާތަކާއި، ސިވިލް ސާވިސްއާއި އަދި މަޖިލީހާއި ފަނޑިޔާރުގެތަކާއި މި ހުރިހާ ފަރާތްތައް ހިމެނޭގޮތަށް ނިޒާމް ރަނގަޅު ނުވާނަމަ އަދިވެސް ކޮރަޕްޝަނަށް މަގުފައިވާނެ" އައިމަން ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދިވެހި ދިދަ އަކީ ސަރުކާރުގެ ރަމްޒެއް ނޫން، ދައުލަތުގެ ރަމްޒެއް: އަދާލަތު ޕާޓީ

ދިވެހި ދިދަ އަކީ ސަރުކާރުގެ ރަމްޒެއް ނޫން، ދައުލަތުގެ ރަމްޒެއް: އަދާލަތު ޕާޓީ

11 މާރިޗު 2017
މަސީޙް ވަކިކުރުމަކީ ގައުމުގެ އެންމެ މަތީ މަސްލަހަތު އެކުލެވޭ ކަމެއް:އަދާލަތު ޕާޓީ

މަސީޙް ވަކިކުރުމަކީ ގައުމުގެ އެންމެ މަތީ މަސްލަހަތު އެކުލެވޭ ކަމެއް:އަދާލަތު ޕާޓީ

10 މާރިޗު 2017
ދައުލަތުގެ ލިޔެކިޔުންތަކާއި ރިކޯޑްތައް ނައްތާލުމުގައި އަމަލު ކުރަންޖެހޭ ގޮތުގެ ގަވާއިދެއް އެކުލަވާލައިފި

ދައުލަތުގެ ލިޔެކިޔުންތަކާއި ރިކޯޑްތައް ނައްތާލުމުގައި އަމަލު ކުރަންޖެހޭ ގޮތުގެ ގަވާއިދެއް އެކުލަވާލައިފި

03 މާރިޗު 2017
ދަޢުލަތުން ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރަންޖެހޭ: އަދާލަތު ޕާޓީ

ދަޢުލަތުން ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރަންޖެހޭ: އަދާލަތު ޕާޓީ

22 ފެބުރުއަރީ 2017
ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

14 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު