Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލީ ބަޔާން ހުށައެޅުން

މީ ފެށުމެއް، ކުރިމަގުގައި މާލީ ބަޔާންތައް އިތުރަށް ފުރިހަމަވާނެ: ތަރުޖަމާނު

11 ޖެނުއަރީ 2019 | ހުކުރު 14:49

މީ ރާއްޖޭގެ ތާރީހުގައި ރައީސާއި އެމަނިކުފާނުގެ ނައިބު އަދި ކެބިނެޓުން މާލީ ބަޔާން އާއްމުކުރި ފުރަތަމަ ފަހަރު

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 11 ޖެނުއަރީ 2019 | ހުކުރު 14:49
ރައީސް ސޯލިހުގެ ކެބިނެޓް

ރައީސް ސޯލިހުގެ ކެބިނެޓް

މީ ފެށުމެއްކަމަށާއި، ކުރިމަގުގައި މާލީ ބަޔާންތައް އިތުރަށް ފުރިހަމަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު އިބުރާހިމް ހޫދު ވިދާޅުވެއްޖެއެވެ.

ރައީސާއި ނައިބު ރައީސް އަދި ކެބިނެޓް މިނިސްޓަރުން އެބޭފުޅުންގެ މަލީ ބަޔާންތައް ބުރާސްފަތި ދުވަހުގެ ރޭ އާއްމުކުރުމުން ގިނަ ބަޔަކު އެކަމަށް މަރުހަބާ ކިއެވެ. މީ ރާއްޖޭގެ ތާރީހުގައި ރައީސާއި އެމަނިކުފާނުގެ ނައިބު އަދި ކެބިނެޓުން މާލީ ބަޔާން އާއްމުކުރި ފުރަތަމަ ފަހަރު ވެސްމެއެވެ.

Advertisement - newsAdvertisement

ގިނަ ބަޔަކު މިކަމަށް މަރުހަބާކީ ނަމަވެސް ބައެއް ފަރާތްތަކުން ބުނެފައިވަނީ މިއަށްވުރެ ރަނގަޅަށް އެކަން ކުރެވުނީސްކަމަށެވެ. އެގޮތުން ސިޔާސީ ފަރާތްތަކުގެ މަލީ ބަޔާންތައް އާއްމުކުރުމަށް އެންމެބޮޑަށް ވަކާލާތުކޮށް ބާރު އަޅަމުންދާ ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު އައިމަން ރަޝީދު ވިދާޅުވީ، މީ ވަރަށް ރަނގަޅު ފެށުމެއް ކަމަށެވެ. އެހެންނަމަވެސް މިއަށްވުރެ އިތުރަށް އެކަން ފުރިހަމަ ކުރުމަށް ދައުލަތުގެ ހަރުދަނާ އިދާރާއަކުން ސައްހަ އެއްޗެއްތޯ ކަށަވަރުކޮށްދިނުމާއި އެކު، އަނބިދަރިންނާއި ސީދާ އާއިލާގެ މާލިއްޔަތު ހާމަކޮށް މިހާރު އާއްމުކޮށްފައިވާ މައުލޫމާތު އިތުރަށް ތަފްސީލްކޮށްލުމުން މާލީ ބަޔާން ވަރަށް ބޮޑަށް ފުރިހަަމަ ވާނެކަަށެވެ.

ވައްކަމާއި ކޮރަޕްޝަން ހުއްޓުވުމަށް ޓަކައި ދައުލަތުގެ އިސްވެރިން ނަމޫނާ ދެއްކެވިއިރު، ފަނޑިޔާރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް މާލީ ބަޔާން އާއްމުކުރެއްވުމަށް އައިމަން ބާރު އެޅުއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު ހޫދު ވިދާޅުވިގޮތުގައި، ހަރުދަނާ ނިޒާމެއްގެ ތެރެއިން މާލީ ބަޔާނުގެ ކަންކަން ކުރިއަށް އޮތްތަނުގައި ގެންދަވާނެއެވެ. މާލީ ބަޔާނުގެ ސައްހަ ކަމާ ގުޅޭގޮތުން ހޫދު ވިދާޅުވީ، އެއީ އެ ބޭފުޅެއްގެ ސޮޔާއި އިނގިލީގެ ނިޝާން ޖަހާފައިވާ ފޯމެއްގައި ހިމެނޭ މައުލޫމާތުތައް ކަމަށެވެ. މައްސަލައެއް ފާހަގަ ކުރެވިއްޖެ ނަމަ އެ ފޯމުތައް މެދުވެރިކޮށް އެ ކަންކަން ބެލޭނެ ކަމަށް ވިދާޅުވި އެވެ.

"ތެދު ދޮގު ބެލޭނެ ގޮތަށް ހުރީ. މައްސަލައެއް ހުށަހެޅިއްޖެ ނަމަ އެ ފޯމު ރިފަރެންސަކަށް ބަލައި، އެ މައްސަލަތައް ބެލޭނެ. ކޮންމެ ބޭފުޅަކު ވެސް ދެއްވީ ސައްހަ މައުލޫމާތު ކަމަށް ސޮއިކޮށް ފިންގަޕްރިންޓް ޖަހާފައިވޭ ފޯމުގައި،" ހޫދު ވިދާޅުވި އެވެ.

ކޮރަޕްޝަނާ ދެކޮޅަށް މި ސަރުކާރުން ކުރާ މަސައްކަތުގައި، ސިޔާސީ ބޭފުޅުންގެ މާލީ ބަޔާން އާންމު ކުރުމުގެ ރިޔާސީ ވައުދާ އެއްގޮތަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމާއި މިނިސްޓަރުން އަދި ރައީސް އޮފީހުގެ ސިޔާސީ ބޭފުޅުންގެ މާލީ ބަޔާންތައް އާއްމުކުރީ ބުރާސްފަތި ދުވަހުގެރެއެވެ.

ސަރުކާރުގެ އިސްވެރިންނާއި އެމީހުންގެ އަނބީންނާއި ފިރިން ހިމެނޭގޮތަށް މާލީ ބަޔާން އާއްމުކުރުމަކީ ރައީސް ސާލިހުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައިސް ހިމެނޭކަމެކެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި

21 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި
20 ފެބުރުއަރީ 2017

ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި

20 ފެބުރުއަރީ 2017
ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި
08 ފެބުރުއަރީ 2017

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި
07 ފެބުރުއަރީ 2017

ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު

07 ފެބުރުއަރީ 2017
ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
02 ފެބުރުއަރީ 2017

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017
ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
24 ޖެނުއަރީ 2017

އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ

24 ޖެނުއަރީ 2017
އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް