Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިލެކްޝަން ކޮމިޝަން

ޕާޓީ ދަރުވާލާފައި އެހެން ޕާޓީއެއް އުފެއްދުމަކީ ސަގާފަތެއް ނޫން: ޝަރީފު

11 ޖެނުއަރީ 2019 | ހުކުރު 06:52

ޕީޕީއެމްގެ ލީޑަރޝިޕް އައިޑެންޓިފައި ނުވެދާނެތީ ކަންބޮޑުވޭ

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 11 ޖެނުއަރީ 2019 | ހުކުރު 06:52
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފު: ޕީޕީއެމްގެ ލީޑަރޝިޕް އެއްކޮން ޕާޓީ ބަދަލު ކުރުމާމެދު ވާހަކަ ދެއްކެވި

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފު: ޕީޕީއެމްގެ ލީޑަރޝިޕް އެއްކޮން ޕާޓީ ބަދަލު ކުރުމާމެދު ވާހަކަ ދެއްކެވި

ސިޔާސީ ޕާޓީއެއް ދަރުވާލާފައި އެހެން ޕާޓީއެއް އުފެއްދުމަކީ ރާއްޖޭގެ ސަގާފަތެއް ކަމަށް ޕީޕީއެމް އިން ވަކިވެވަޑައިގެން ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނަމުގައި ޕާޓީއެއް އުފައްދެވުމުގެ މަސައްކަތްކުރައްވަމުން ގެންދަވާ ރައްޔިތުންގެމަޖިލީހުގައި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި ވާހަކައަކީ ހަގީގަތާ ހިލާފަށް ދެއްކެވި ވާހަކައެއް ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަރީފު ވިދާޅުވީ ޕާޓީ ދަރުވާލައި ހުރިހާ އިސްވެރިން އެހެން ޕާޓީއެއް އުފެއްދުމަކީ މީގެ ކުރިން ރާއްޖޭގައި ހިނގާފައިވާ ކަމެއް ނޫން ކަމަށެވެ.

Advertisement - newsAdvertisement

"އެއީ [އަބްދުއްރަހީމް ދެއްކެވި ވާހަކައަކީ] ހަގީގަތާ ހިލާފު ވާހަކައެއް. އެއީ ހާލެއްގައި ރަނގަޅު ވާހަކައެއް ނޫން. ރާއްޖޭގެ ތާރީހުގައި އެއްވެސް ހާލެއްގައި ސިޔާސީ ޕާޓީއެއް ދަރުވާލާފައި އެހެން ޕާޓީއަކާ ހިސާބަށް ގޮސްފައިއެއް ނެތް" ޝަރީފު ވިދާޅުވި އެވެ.

އަބްދުއްރަހީމް އިޝާރާތް ކުރައްވަނީ ޑީއާރުޕީއަށް ކަމަށްވިއަސް އެ ޕާޓީގެ ލީޑަރޝިޕް ނެތް ދުވަހެއް އެއްވެސް އިރެއްގައި ނެތް ކަން އޭނާ ވެސް ފާހަގަ ކުރެއްވިއެވެ.

"ރައީސް މައުމޫނު ޑީއާރުޕީގެ ލީޑަރޝިޕް އޭރުގެ ލީޑަރ ތަސްމީންއާ ހަވާލު ކުރެއްވީ. ހަމަ މީޑިޔާގައި ލީޑރޝިޕް ހަވާލުކުރެއްވުމުން ތަސްމީން ހަމަ ގަބޫލުކުރެއްވީ. އެއާ އެކީގައި ތަސްމީން ލީޑަރޝިޕް ދޫކޮށްލެއްވީ ވަގުތީ ލީޑަރެއް ކަނޑައަޅުއްވާފައި އެ ވަގުތީ ލީޑަރ ޕާޓީއާ ހަވާލުވެވަޑައިގެން ނިކުންނެވީ. އެހެންވީމަ ޕާޓީގެ ދަރަންޏަށް ޒިންމާ ނުވާނެ ގޮތައް އެއްވެސް ހާލަތެއް ނެތް،" ޝަރީފު ވިދާޅުވި އެވެ.

މީގެ އިތުރުން ޝަރީފު ވިދާޅުވީ ޕީޕީއެމްގެ ލީޑަރޝިޕް ހިމެނޭ ގޮތައް އިސް ހުރިހާ ބޭފުޅުން ޕާޓީން ވަކިވެވަޑައިގެން ޕާޓީ އާ ޕާޓީއެއް އުފައްދަވައިފިނަމަ ވެދާނެ އެއްގޮތަކީ ޕީޕީއެމްގެ ލީޑަރޝިޕެއް އައިޑެންޓިފައި ނެތުމެވެ. އޭގެ ސަބަބުން ޕާޓީގެ ދަރަންޏަށް ޒިންމާވާނެ ފަރާތެއް ނޯންނާނެ ކަމަށާއި އެކަމަކީ އެ ކޮމިޝަނުން ކަންބޮޑުވާ ކަމެއް ގޮތުގައި ޝަރީފު ފާހަގަ ކުރެއްވިއެވެ.

ޕާޓީގެ ލީޑރޝިޕް އެއްކޮން އެހެން ޕާޓީއެއް އުފެއްދުމަކީ ގާނޫނުގައި ކުށެއް ކަމަށް ކަނޑައެޅިގެން ބަޔާންކޮށްފައި ނެތަސް ޕާޓީގެ ދަރަންޏަށް ޒިންމާވާނެ ފަރާތެއް ނެތި ޕާޓީއެއް ދޫކޮށްލާފައި ދިއުމުން އިލެކްޝަންސް ކޮމިޝަނުން އެ ފަރާތައް ޖަވާބު ދާރީ ކުރުވާނެ ގޮތެއް ހޯދާނެ ކަމަށް ޝަރީފު ވިދާޅުވި އެވެ.

"ޕާޓީތައް ހިންގަންވާނީ އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ގަވައިދެއްގެ މަތިން ކަމަށް ގާނޫނުގައި އެބަ އޮވޭ. އެހެންވީމަ އެ ގަވައިދުގައި އެ ފަދަ ގޮތަކަށް ޕާޓީގެ ލީޑަރޝިޕެއް ނެތި ޕާޓީއެއް، އަދި ޕީޕީއެމްއަކީ ރާއްޖޭގައި އަބާދީ ބޮޑު ޕާޓީއެއް، އެހެންވީމަ ޕީޕީއެމް އެފަދަ ހާލެއްގައި ދޫކޮށްލާފައި ޕީޕީއެމް ވައިގެ ތެރެއަށް ދޫކޮށްލުމުގެ ފުރުސަތު އަޅުގަނޑުމެން ނުދޭނަން،" ޝަރީފު ވިދާޅުވި އެވެ.

ޕީޕީއެމުން ވަކިވެގެން ޕީޕަލް ނޭޝަނަލް ޕާޓީއަށް ވަނުމަށް ހުށައަޅާފައިވަނީ ކިތައް މީހުން ކަމެއް އަދި ބަލާ ނުލާ ކަމަށާއި ނަމަވެސް އެކަން ޗެކް ކުރުމަށްފަހު އެކަމާ މެދު އެޅޭ ފިޔަވަޅަކީ ކޮބައިތޯ ބައްލަވާނެ ކަމަށް ވެސް ޝަރީފު ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

11 ފެބުރުއަރީ 2017
!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ
01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
20 ޖެނުއަރީ 2017

ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން

20 ޖެނުއަރީ 2017
ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
10 ޖެނުއަރީ 2017

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް