Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިޔާސީ ފަރާތްތަކުގެ މާލީ ބަޔާން

މާލީ ބަޔާން: އައިޝާގެ އަތުގައި އެންމެ 2،000 ރުފިޔާ، ދަރަނި ބޮޑު ވަޒީރަކީ މަލީހު

10 ޖެނުއަރީ 2019 | ބުރާސްފަތި 23:57

އެންމެ ބޮޑު އާމްދަނީއެއް ލިބިވަޑައިގެންނެވީ އަސްލަމަށް

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 10 ޖެނުއަރީ 2019 | ބުރާސްފަތި 23:57
މިނިސްޓަރު އައިޝާ އަދި މިނިސްޓަރު މަލީހު: ކެބިނެޓުގެ 20 ބޭފުޅުންގެ މާލީ ބަޔާން އާންމުކޮށްފައިވޭ

މިނިސްޓަރު އައިޝާ އަދި މިނިސްޓަރު މަލީހު: ކެބިނެޓުގެ 20 ބޭފުޅުންގެ މާލީ ބަޔާން އާންމުކޮށްފައިވޭ

މަޤާމާއި ހަވާލުވެވަޑައިގަތުމުގެ ކުރިން ވޭތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް އާމްދަނީގެ ގޮތުގައި ލިބިވަޑައިގެންނެވީ ދެހާހެއްހާ ރުފިޔާ ކަމަށާއި އެންމެ ދަރަނި ބޮޑު ވަޒީރަކީ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަހީހް ޖަމާލު ކަން، ރައީސް އޮފީހުން އާންމު ކުރި މާލީ ބަޔާންތަކުން ހާމަވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ 20 ބޭފުޅުންގެ ތެރެއިން ވޭތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި އެއްވެސް އާމްދަނީއެއް ލިބިވަޑައިނުގަންނަވަނީ ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ އަށެވެ. ނަމަވެސް އޭނާގެ މިލްކިއްޔާތުގައި 2.5 މިލިއަން ރުފިޔާގެ އެޕާޓްމަންޓަކާއި ސައިކަލެއް ހުރި ކަމަށް މާލީ ބަޔާނުން ދައްކައެވެ.

Advertisement - newsAdvertisement

ވޭތުވެދިޔަ ހަ މަސް ދުވަހުގެ މުއްދަތުގެ ތެރޭގައި އާމްދަނީއެއްގެ ގޮތުގައި އެންމެ ދަށް އާމްދަނީއެއް ލިބިވަޑައިގެންނެވި މިނިސްޓަރަކީ، އައިޝާއެވެ. އޭނާގެ އަތުގައި ހަމައެކަނި ހުރީ އެސްޓީއޯގެ ހިއްސާގެ ފައިދާގެ ގޮތުގައި ލިބިވަޑައިގެންނެވި 2،443.40 (ދެހާސް ހަތަރުސަތޭކަ ސާޅީސް ތިން ރުފިޔާ ސާޅީސް ލާރި) ރުފިޔާއެވެ. އައިޝާގެ މިލްކިއްޔާތުގައި އެއްވެސް މުދަލެއް އަދި ވިޔަފާރީގެ މަސްލަހަތެއް އަދި ދަރަންޏެއް ވެސް ނެތް ކަމަށް މާލީ ބަޔާނުން ދައްކައެވެ.

މިނިސްޓަރުންގެ މާލީ ބަޔާނުން ދައްކާ ގޮތުން ވޭތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި އެންމެ ބޮޑު އާންދަނީއެއް ލިބިވަޑައިގެންނެވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމަށެވެ. ވިޔަފާރީގެ ފައިދާގެ ގޮތުގައި އޭނާއަށް ވޭތުވެދިޔަ ހަ މަސް ދުވަހު 3.1 މިލިއަން ރުފިޔާ ލިބިވަޑައިގެންނެވި ކަމަށް މާލީ ބަޔާނުން ދައްކައެވެ. އޭނާގެ މިލްކިއްޔާތުގައި މުދަލެއް އަދި ވިޔަފާރީގެ މަސްލަހަތެއް މިހާރަކު ނެތެވެ. ނަމަވެސް އެޗްޑީއެފްސީން ނަގާފައިވާ ތިން ލޯނަކާ ގުޅިގެން އަސްލަމްގެ ދަރަނި 3.7 މިލިއަނަށް އަރައެވެ.

ދަރަނި އެންމެ ބޮޑު މިނިސްޓަރެއްގެ ގޮތުގައި މާލީ ބަޔާންތަކުން ދައްކަނީ ކޮމިއުނިކޭޝަން މިނިސްޓަރު މަލީހެވެ. މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އިން މަލީހު ނަންގަވާފައިވާ ލޯނެއްގެ ދަރަނި 5.6 މިލިއަން ރުފިޔާއަށް އަރައެވެ. އޭނާ ހިއްސާ އޮންނަ ހިތާ ބީޗު މޯލްޑިވްސް ކިޔާ ކުންފުންޏަކާއި ކާފު މާރޓް ކިޔާ ފިހާރައަކާއި އެމްޓީޑީސީގެ ހިއްސާ އޮންނަ ކަމަށް މާލީ ބަޔާނުން ދައްކައެވެ. މަޤާމާއި ހަވާލުވެވަޑައިގަތުމުގެ ކުރިން ވޭތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި މަލީހަށް އާމްދަނީގެ ގޮތުގައި ލިބިވަޑައިގެންނެވީ 720،000 (ހަތް ލައްކަ ވިހިހާސް) ރުފިޔާއެވެ.

މާލީ ބަޔާންތަކުން ދައްކާ ގޮތުން އެންމެ ގިނަ ކުންފުނިތަކުގެ މަސްލަހަތު އޮތީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލުގެއެވެ. ފައްޔާޒު ހިއްސާ އޮންނަ ކުންފުނިތަކަކީ ސަދާން ސީސްޒް ޕްރައިވެޓް ލިމިޓެޑާއި ހަބޭސް ޕްރައިވެޓް ލިމިޓެޑާއި ލަގްޒަރީ ޕްރޮޕަޓީޒް ޕްރައިވެޓް ލިމިޓެޑާއި ޕްރެސްޓިޖް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑެވެ. ފައްޔާޒުގެ މިލްކިއްޔާތުގައި ރެއިންބޯ ރަނަރ ކިޔާ ބޯޓެއް އޮންނަ ކަމަށް މާލީ ބަޔާނުން ދައްކައެވެ.

ރައީސާއި ނައިބު ރައީސާއި ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ 20 ވަޒީރުންގެ އިތުރުން ރައީސް އޮފީހުގެ އިސް މަގާމުތަކުގައި ތިއްބެވި 26 ބޭފުޅެއްގެ މާލީ ބަޔާން ރައީސް އޮފީހުން ބުރާސްފަތި ދުވަހުގެ ރޭ ވަނީ އާންމުކޮށްފައެވެ.

ސަރުކާރުގެ އިދާރާތަކާއި ދައުލަތުގެ ކުންފުނިތަކާއި މިނިވަން މުއައްސަސާތަކަށް އައްޔަން ކުރާ މީހުންގެ އަނބިންނާއި ފިރިންގެ މުދަލާއި މާލީ ބަޔާން ހާމަކޮށް، ގަވާއިދު ރިއުވު ކުރުމަކީ ރައީސް ސޯލިހުގެ 100 ދުވަހުގެ ވައުދެކެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ރިޔާސީ ބަޔާން އިއްވި ޖަލްސާގައި މެމްބަރު ހުސެއިން އަރީފް އިހުތިޖާޖްކޮށްފި

06 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވި ޖަލްސާގައި މެމްބަރު ހުސެއިން އަރީފް އިހުތިޖާޖްކޮށްފި
05 ފެބުރުއަރީ 2017

ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!

05 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!
05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
02 ފެބުރުއަރީ 2017

ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

02 ފެބުރުއަރީ 2017
ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު
02 ފެބުރުއަރީ 2017

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017
ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
24 ޖެނުއަރީ 2017

އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ

24 ޖެނުއަރީ 2017
އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް