Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސިޔާސީ ފަރާތްތަކުގެ މާލީ ބަޔާން

ރައީސާއި ނައިބު ރައީސް އަދި ވަޒީރުންގެ މާލީ ބަޔާން އާންމުކޮށްފި

ރައީސް ސޯލިހަށް މޭ 2018 އިން ފެށިގެން މުސާރަ އާއި އެލަވަންސްގެ ގޮތުގައި 1.5 މިލިއަން ރުފިޔާ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 10 ޖެނުއަރީ 2019 | ބުރާސްފަތި 19:43
ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ކެބިނެޓް ބައްދަލުވުމެއްގެ ތެރެއިން

ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ކެބިނެޓް ބައްދަލުވުމެއްގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހާއި، އެމަނިކުފާނުގެ ނައިބު، އަދި ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ މިނިސްޓަރުންގެ މާލީ ބަޔާން އާންމު ކުރައްވައިފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްގައި އާންމުކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އާއި، ކެބިނެޓުގައި ތިއްބަވާ 19 މިނިސްޓަރުންގެ އިތުރުން ބަންޑާރަ ނައިބުގެ މާލީ ބަޔާނެވެ. ހާމަކޮށްފައިވާ މާލީ ބަޔާންތަކުގައި ވޭތުވެދިޔަ ހަ މަސްދުވަހު އެ ބޭފުޅުންނަށް މުސާރަ އާއި އެހެނިހެން ގޮތް ގޮތުން ލިބިވަޑައިގެންފައިވާ އާމްދަނީ އާއި އެ ބޭފުޅުންގެ މިލްކިއްޔާތުގައި ހުރި މުދަލާއި ވިޔފާރީގެ މަސްލަހަތުތަކުގެ އިތުރުން އެ ބޭފުޅުންގެ ދަރަންޏެއް އޮތްނަމަ އެކަން ވަނީ ހާމަކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފައިވާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހުގެ މާލީ ބަޔާނުން އެނގޭ ގޮތުގައި އެމަނިކުފާނަށް މަޤާމާއި ހަވާލުވެވަޑައިގަތުމާއި ހަމައަށް ހިނގި ހަ މަސްދުވަހު މުސާރަ އާއި އެލަވަންސްގެ ގޮތުގައި ލިބިވަޑައިގެންނެވީ 1.5 މިލިއަން ރުފިޔާއެވެ. އެމަނިކުފާނުގެ މިލްކިއްޔާތުގައި 1 ބަނޑާރަ ގޯތި (ނޫރާނީ/ ޅ. ހިންނަވަރު) އޮތް އިރު އެމަނިކުފާނުގެ ދަރަންޏެއް ނެތެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމަށް މަޤާމާ ހަވާލުވެވަޑައިގަތުމާ ހަމައަށް ހިނގި ހަ މަސް ދުވަހު މުސާރަ އާއި އެލަވަންސްގެ ގޮތުގައި ލިބިވަޑައިގެންނެވީ 1.7 މިލިއަން ރުފިޔާއެވެ. އެމަނިކުފާނުގެ މިލްކިއްޔާތުގައި ހިމެނެނީ، ޏ. ފުވައްމުލައް، މިލޭނިއަމް އާއި ހުޅުމާލެ ވަން އެވެނިއުއިން ދެ ފްލެޓާއި، ދެ ކާރު އަދި ހަ ސައިކަލް ހިމެނެއެވެ. މި ތަންތަނާއި ތަކެތީގެ ޖުމްލަ އަގު 17.4 މިލިއަން ރުފިޔާއަށް އަރައެވެ. އެމަނިކުފާނުގެ މާލީ ބަޔާނުން އެނގޭ ގޮތުގައި އެމަނިކުފާނުގެ އެއްވެސް ދަރަންޏެއް ނެތެވެ.

ރައީސާއި ނައިބު ރައީސް އަދި މިނިސްޓަރުންގެ އިތުރުން ރައީސް އޮފީހުގެ އިސް މާޤާމުތަކުގައި ތިއްބެވި ފަރާތްތަކުގެ މާލީ ބަޔާން ވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ހާމަކޮށްފައެވެ. ސިޔާސީ މަޤާމުތަކާ ކުންފުނިތަކުގެ ބޯޑުތަކަށް އައްޔަނުކުރާ ފަރާތްތަކުގެ މަލީ ބަޔާން ހާމަ ކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ކަނޑައަޅުއްވާފައިވާ ކަމެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު