ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ދެ ކުއްޖެއް ހޯދަނީ
4 ޖެނުއަރީ 2019 | ހުކުރު 17:17ހޯދަމުން ދަނީ 17 އަހަރުގެ ދެ އަންހެން ކުދިން


ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯދަމުންދާ ދެ ކުދިން
މޯލްޑިވްސް ޕޮލިސް ސަރވިސް އިން ތަހުގީގު ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ދެ އަންހެން ކުދިން ހޯދުމަށް އިއުލާންކޮށްފިއެވެ.
ފުލުހުން ބުނީ މިދެކުދިން ހޯދަނީ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ. ނަމަވެސް، އެއީ ކޮން މައްސަލައެއްކަމެއް ފުލުހުން ހާމަކޮށްފައި ނުވެއެވެ.
މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ޏ. ފުވައްމުލައް/ދިގުވާޑް، ބަނަފްސާގެ، އުމުރުން 17 އަހަރުގެ ފާޠިމަތު ހަނާޒް އާއި ދަފްތަރު ނަންބަރު 2542، އުމުރުން 17 އަހަރުގެ ޝާދިޔާ އަންވަރެވެ.
މީގެ އިތުރުން ފުލުހުން ބުނީ މި ދެކުދިންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަންބަރު 9790163 އަށް ގުޅައި، ޙިއްސާކުކުރުމަށް އެދޭ ކަމަށެވެ.








