Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަގޭ ރިޕޯޓު

ބިދޭސީންގެ ވެރިން މަޖިލީހުގައި، ހައްލު ނުވަނީ އެހެންވެތަ؟

ގިނަ މެމްބަރުންނަކީ ބިދޭސީން ގެންގުޅޭ މީހުން

ޙުސައިން ޙަސަން
ޙުސައިން ޙަސަން, ރާއްޖެ އެމްވީ | 31 ޑިސެމްބަރު 2018 | ހޯމަ 15:18
ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މަޖިލީހުގެ ތަޅުމުގައި

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މަޖިލީހުގެ ތަޅުމުގައި

އެއީ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހެވެ. މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރީ އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމާ ގުޅޭ ގޮތުންނެވެ. ބިލުގެ މަގުސަދަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހުއްޓުވުމެވެ. އެކަން ކުރެވޭނެ "ފޯމިއުލޭއެއް" އެ ބިލުގައި ކުރަހާފައި އޮތެވެ. ޖަލު އަދަބު ކަނޑައަޅާފައި އޮތެވެ. ފަސް ލައްކައިން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް ބުނެފައި އޮތެވެ.

ބިލަށް ބަހުސް ކުރަން ފެށުމާ އެކު، ތަޅުމުން ކުރިން ނީވޭ އަޑުތަކެއް އިވެން ފެށިއެވެ. އެ މެމްބަރުންނަށް ވުރެ ބޮޑަށް އެކަން ހައްލު ކުރަން އެދޭ ބައެއް ނެތެވެ. މެމްބަރުން ތިބީ އެކަމަށް ފޫގަޅައިގެންނެވެ. ފެން ބޮވައިގެންފައެވެ. އެ ބަހުސުން އެނގުނު އެއް ކަމެއް އެބަ އޮތެވެ. ބަހުސްގައި ބައިވެރިވި ގިނަ މެމްބަރުންނަކީ ބިދޭސީން ގެންގުޅޭ މީހުންނެވެ. އިއުތިރާފުވެ، އެކަމަށް އެއްބަސްވެ، މެމްބަރުން އެކަން ހާމަ ކުރިއެވެ.

Advertisement - newsAdvertisement

އެ ތަޖުރިބާއާ އެކު ބިދޭސީން، ފިލާ ސަބަބު އެންމެ ބޮޑަށް އެނގޭނީ އެ މެމްބަރުންނަށެވެ. މައްސަލައަކީ މުސާރަ ނުދިނުންތޯއެވެ؟ ކާންބޯން ނުދިނުންތޯއެވެ؟ ފިލަން މަޖުބޫރުވީ ކޮތަރު ކޮށްޓެއްގައި އުޅެން ޖެހުމުންތޯއެވެ؟ ދޮގާއި މަކަރާއި ހީލަތް ހަދައިގެން ރާއްޖެ ގެނައުމުންތޯއެވެ؟ ޒިންމާ ނަގަން ޖެހޭނީ އެޖެންސީތަކުންތޯއެވެ؟ ނޫނީ އިމިގްރޭޝަނުންތޯއެވެ؟

މި ސުވާލުތަކުގެ ޖަވާބު އެ މެމްބަރުންނަށް ދެވޭނެއެވެ. ހައްލު ހޯދަންވީ ގޮތް ވެސް ބުނެދެވޭނެއެވެ. މަޖިލީހުގެ ރިޔާސަތުން ފެށިގެން، ގޮނޑިބަރިތަކުގައި ވެސް މަހުޖަނުން އެބަ ތިއްބެވެ. ސިނާއީ މަސައްކަތުގެ މުގުލުގައި ތިއްބެވީ އެ މެމްބަރުންނެވެ. ބިދޭސީންގެ ވެރިންނަކީ އެ މީހުންނެވެ.

މައްސަލަ ހައްލު ކުރަން ބޭނުންވާނަމަ، އެކަން މަޖިލީހަށް ކުރެވޭނެއެވެ. ހިއުމަން ޓްރެފިކް ކުރުން ހުއްޓުވުމުގެ ގާނޫނާއި އިމިގްރޭޝަންގެ ގާނޫން ތަންފީޒު ނުކުރެވޭނަމަ، ޖަވާބުދާރީ ކުރުވޭނެއެވެ. އާންމުކޮށް ހުޅުވާލެވިގެން ތަހުގީގު ކުރިއަށް ގެންދެވޭނެއެވެ. ކޮމެޓީތަކަށް އެ ބާރު ލިބިދެއެވެ. ފާރަވެރިވުމަށް ބާރު އަޅާފައިވާ ނިޒާމުގެ ބޭނުމަކީ އެއީއެވެ.

ގާނޫނެއް ހަދައި، އެ ގާނޫނެއް ތަންފީޒު ކުރާ އިދާރާއެއް ހަމަޖައްސައި، އެކަން ކުރާނެ މުވައްޒަފުން އައްޔަންކޮށް، މުސާރަ ދެނީ ކަމަކުއެވެ. ޒިންމާ އަދާކުރުމަށެވެ. އެ ޒިންމާ އަދާ ނުކުރެވޭނަމަ، އިދާރާތަކުގެ ބޭނުމެއް ނެތެވެ.

ބިދޭސީންގެ މައްސަލަ މި ވަނީ ގައުމީ ބޮޑު މައްސަލައަކަށްވެފައެވެ. ބޯހިމެނުމުން ދައްކާ ގޮތުން 63،637 ބިދޭސީން ރާއްޖޭގައި އުޅެއެވެ. ނަމަވެސް ފިލައިގެން އުޅޭ ބިދޭސީންނާ އެކު ލައްކައަކަށް އެ މީހުންގެ އަދަދު އަރައެވެ. ކޮންމެ ތިން ދިވެއްސަކަށް، ބިދޭސީއަކު އެބަ އުޅެއެވެ. އިންޒާރުގެ ސިގުނަލް އަޅަނީ އެ މީހުންގެ ބާރު ގަދަވެ، ދޭސީންނަށް ބަސް ކިޔަންފަށާތީއެވެ.

އިގްތިސާދުގެ މުހިއްމު ދާއިރާތައް އެ މީހުންގެ ކޮންޓްރޯލު ކުރާ ހިސާބަށް ހިނގައްޖެއެވެ. މާލޭގެ ގެތައް ކުއްޔަށް ހިފައިގެން ވިޔަފާރި ވެސް އެބަކުރެއެވެ. މަސްވެރިންނާ އެކު، ކަނޑުމަތީގައި ދޮށި އަޅަނީ ވެސް އެ މީހުންނެވެ. ދިވެހި ބިމުގައި މުޑުވައް ކުރަނީ ވެސް އެ މީހުންނެވެ. ސުފުރާމަތި ބެލެހެއްޓުމުން ފެށިގެން، ޓެކްސީ ކުރުމުގައި ވެސް އެ މީހުންނެވެ.

ނުވިތާކަށް ދިވެހިންނާ ކައިވެނި ކޮށްގެން، ވިޔަފާރީގެ މަންފާ އެބަ ހޯދައެވެ. ފެމެލީ ކޯޓުގެ ތަފާސްހިސާބުން ދައްކާ ގޮތުން އެފަދަ ކައިވެނިތައް އަހަރަކު 100 އަށް ވުރެ ގިނައެވެ. ދިވެއްސަކާ ކައިވެނި ކުރާ ހިސާބުން، ވިޔަފާރި ކުރުމުގެ ހުއްދަ ބިދޭސީންނަށް އެބަ ލިބެއެވެ. އާއިލާއެއް ބިނާކުރުމުގެ ބަދަލުގައި ބައެއް ބިދޭސީންގެ ވިސްނުން ގެންގުޅެނީ ވިޔަފާރީގެ ފައިދާއަށެވެ. މަންފާއަށެވެ. އާހިރުގައި ނިކަމެތި ވަނީ ދިވެހިންނެވެ. ބިކަވަނީ ދިވެހި އާއިލާއެވެ. ދަރިފަސްކޮޅު އޮޅި، އިޖުތިމާއީ ބޮޑު މައްސަލައަކަށް ގެނބިގެން ދާނީ ދިވެހިންނެވެ.

މި މައްސަލައިގެ ސީރިއަސްކަން އެންމެ ބޮޑަށް އެނގޭނީ ވެރިންނަށެވެ. މެމްބަރުންނަށެވެ. ވަޒީރުންނަށެވެ. އިދާތަކާ ހަވާލުވެ ތިބި މީހުންނަށެވެ. އިމިގްރޭޝަން ކޮންޓްރޯލަރއަށެވެ. ބިދޭސީންގެ މައްސަލަ ހައްދުފަހަނަ އަޅާފައިވާ މިންވަރު އެނގި ތިބެ، އެއް ބަޔަކު ވަގުތީ މަންފާއަކަށް ގެއްލިފައި އެބަ ތިއްބެވެ. ކޮރަޕްޝަނަށް ގެނބި، ލިބެމުންދާ ގެއްލުމުގެ މަތިން ހަނދާން ނެތިފައި އެބަ ތިއްބެވެ.

ނަތީޖާއަކަށް ވަނީ ދޭސީންގެ މައްޗަށް ބިދޭސީން ބަސް ކިޔުމެވެ. ދޭސީންނަށް ވުރެ ބިދޭސީން ބާރު ގަދަވުމެވެ.

މެނިފެސްޓޯގައި "ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދެވޭނެ" ކަމަށް އެންމެ ޖުމުލައެއްގައި ބުނެފައި އޮތް އޮތުމަކީ ނަމެއްގައި ލިޔެފައި އޮތް، އެއްޗަކަށް ނަހަދާށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ދެ ފަތުވެރިންގެ ހަށިގަނޑު ފެނިއްޖެ

ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ދެ ފަތުވެރިންގެ ހަށިގަނޑު ފެނިއްޖެ

22 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު