Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވާހަކަައެއާ އެޓޯލް 260

އެއާ އެޓޯލް 260

11 ފެބުރުއަރީ 2017 | ހޮނިހިރު 06:22
ހުސެން ފިޔާޒް
ހުސެން ފިޔާޒް | 11 ފެބުރުއަރީ 2017 | ހޮނިހިރު 06:22
އެއާ އެޓޯލް 260

އެއާ އެޓޯލް 260

"އައްސަލާމު ޢަލައިކުމް. އެޓޯލް އެއަރ ޓޫ.ސިކްސް.ޒީރޯ އިން ގަމަށް ދަތުރުކުރައްވާ އެންމެހައި ބޭފުޅުންނަށް މަރުޙަބާ. ތިޔަބޭފުޅުންގެ ރައްކާތެރިކަމަށްޓަކައި މިހާރު އަޅުގަނޑުމެން މިދައްކައިދެނީ މިބޯޓްގައި ބޭނުންކުރެވޭ ސަލާމަތީ ވަޞީލަތްތައް. އަޅުގަނޑުމެންގެ ވަޞީލަތްތަކާ އެހެން ބޯޓްތަކުގައި ބޭނުންކުރާ ވަޞީލަތްތަކާ ތަފާތުވެދާނެ ކަމަށްޓަކައި ތިޔަބޭފުޅުންގެ ފުރިހަމަ ސަމާލުކަމަށް އެދެން-"

ފްލައިޓް އެޓެންޑެންޓް ބްރީފިންގ ދޭން ފެށުމާއި އެކު ތާނިޔާ ގެ ސަމާލުކަން އެއްކޮށް ހުއްޓުނީ އެކުއްޖާ އަށެވެ. އެއީ ބަލާބެލުމަށް އުމުރުން ވިއްސަކަށް އަހަރު ވާނެކަމަށް ލަފާކުރެވޭ ދޮން ހިމަތޮޅި އަންހެން ކުއްޖެކެވެ. ޒީނިޔާ ވެސް ފްލައިޓް އެޓެންޑެންޓް ދެމުން ދިޔަ ބްރީފިންގ އަޑުއަހަމުން ދިޔަ އެވެ. އެހެން އިނދެފައި އައިމަން އަށް ބަލައިލިއިރު އޭނާ އިނީ ފޯނުން 'ޑެއިލީ އަޒްކާރް' އެޕް ހުޅުވައިގެން ދުޢާތަކެއް ކިޔާށެވެ.

"މިއީ ގޮނޑީގެ ކަމަރު. ކަމަރު އެޅުއްވުމަށްޓަކައި މިބައި ބަކަލްގެ ތެރެއަށް މައްސަވާލައްވާ. އަދި ބާރުކުރެއްވުމަށްޓަކައި މިބަޔަށް ދަންމަވާލައްވާ. ކަމަރު ނައްޓަވާލެއްވުމަށް މިބައި ހިއްލަވާލައްވާ."

ފްލައިޓް އެޓެންޑެންޓް ބޯޓުގެ ސަލާމަތީ ކަންތައްތައް ކިޔާދެމުން ގެންދިޔައިރު އޭނާގެ ފަހަތުން ތާނީ ވެސް ފްލައިޓް އެޓެންޑެންޓް ކިޔަމުން ގެންދިޔަ ބްރީފިން ޖުމްލަތައް ކިޔޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ޒީނިޔާ އޭނާގެ ލޯބިލޯބި ދަރިފުޅަށް ބަލަން ހެވިފައި އިނެވެ.

"މިއީ ވައިގެމަގުން ކަނޑުހުރަސްކޮށް ކުރާ ދަތުރަކަށްވާތީ ކޮންމެ ބޭފުޅެއްގެ ގޮނޑިކޮޅުދަށުގައި ލައިފްޖެކެޓެއް އޮންނާނެ. ލައިފްޖެކެޓް ބޭނުންކުރެއްވުމަށްޓަކައި އިސްތަށިފުޅުން މިގޮތަށް ވައްޓަވާލެއްވުމަށްފަހު އުނގަނޑުގައި އަޅުއްވަންޖެހޭ ކަމަރު އަޅުއްވާ ބާރުކޮށްލައްވާ-"

" ..... ނުރައްކާތެރި ޙާލަތެއް ދިމާވުމަކީ ވަރަށް ނާދިރުކަމެއް. އެފަދަ ޙާލަތެއްގައި ބޯޓްދޫކޮށްލަން ޖެހިވަޑައިގެންފި ނަމަ ހުރިހާ ތަކެތި ދޫކޮށްލެއްވުމަށްފަހު އެންމެ އަރިހުގައި ހުރި އިމެޖެންސީ ދޮރަކުން ބޭރަށް ނުކުމެވަޑައިގަންނަވާ....!"

"ނުރައްކާތެރި ޙާލަތެއް ދިމާވުމަކީ ވަރަށް ނާދިރު ކަމެކޯ! މި މީހުންނަށް ނޭނގޭ ދޯ ކުފުރުގެ ބަހެއް ބުނެވޭ އިރުވެސް." ފްލައިޓް އެޓެންޑެންޓް ދެމުން ގެންދިޔަ ބްރީފިންގ ގެ އަޑަށް ވުރެވެސް ބާރަށް ކުއްލިއަކަށް އިވިގެން ދިޔައީ އަޑު ބަރު ފިރިހެން އަޑެކެވެ. އެ އަޑު އިވުނީ ޒީނިޔާ އިން ގޮނޑީގެ ފަހަތުގައި ހުރި ގޮނޑިންނެވެ.

އެމީހާގެ ވާހަކައަށް ތާއިދު ކުރީ ޖެހިގެން ހުރި ގޮނޑީގައި އިން މީހާއެވެ.

"ކުފުރުގެ ބަހެއްނު ކިޔޭނީ ކުފުރު މަތީގަ ތިބޭ މީހުންނަށް. ބުނާނެ މިވެސް ސައްތައިން ސައްތަ މުސްލިމު ޤައުމެކޭ. ބަލާބަލަ އެކުދިން ލައްވާފަ އެތިބަ ހެދުމެއް!" ފްލައިޓް އެޓެންޑެންޓް ގެ ޔުނިފޯމަށް ފާޑުކިޔަމުން އެމީހާ ބުންޏެވެ.

"ކީއްކުރާނީ. ޤައުމެއް މިއޮތީ ހަލާއްކުކޮށް ނިންމާފަ. ދެން އަހަރުމެން ކަހަލަ ބަޔަކު މިކަމާ އެއްޗެކޭ ބުނީމަ ގެންގޮސް ބަންދުކޮށްފަ ޗިލީ ސޯސް ޖަހައިގެން އަހަރުމެންގެ ތުނބުޅި ބާލުވާލެވުނީމަ، ވެރިންނަށް ތިބޭ މީހުންނަށް އެ ފުދުނީ." އެއްމެ ކުރިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ބަލާބެލުމަށް އެ ދެމީހުންނާއި އެޓޯލް އެއަރ:260 ގައި ތިބި އޮނަސާޅީސް ފަސިންޖަރުންނަކާ އެއްވެސް ތަފާތެއް ނެތެވެ. އެމީހުން ލައިގެން ތިބީ ޖީންސާއި ޓީޝާޓެވެ. އެ ދެމީހުންވެސް ތިބީ ޒީނިޔާ އިން ގޮނޑީގެ ފަހަތުގައި ހުރި ދެ ގޮނޑީގަ އެވެ. ސީޓް ނަންބަރު 7 އޭ،ބީ ގައެވެ. އެމީހުން ބޯޓަށް އެރީ ވަރަށް ރަނގަޅަށް ތައްޔާރުވެގެންނެވެ. ފޭކް އައިޑީ ކާޑު ދައްކައިގެން ޓިކެޓް ނަގައި ބޯޑިންގ ޕާހާއި ހަމައަށްދެވި އެއްމެ ފަހުން ފްލައިޓަށްވެސް އެތިބީ އަރަ އެވެ. ކިތައްމެ ހަމަޖެހިގެން ތިބިގޮތް ދައްކަން އަނގަތެޅިޔަސް އެމީހުން ކެތްތެރިކަމެއް ނެތި ބަލަމުން ގެންދިޔައީ އަތުކުރީގައި އަޅާފައި އޮތް ސްމާރޓް ގަޑިއަށެވެ.

"އެ ބައެއްގެ ވާޖިބު އެބައެއް އަދާ ކުރާނެދޯ. ކަލޭމެން ދެމީހުން އަނގަ މަޑުކޮށްގެން ތިބެބަލަ. މައިންޑް ޔޯ އޯން ބިޒްނަސް އޯކޭ!!'

އައިމަން އަށް ހިމޭނުން ނުއިނދެވިގެން ފަސްއެނބުރެމުން އެ ދެމީހުންނަށް އިންޒާރު ދިނެވެ. އައިމަން ގެ އިންޒާރާއި އެކު އެ ދެމީހުން ފުކަކަށް ކުޑަވެގެން ދިއުމުން ޒީނިޔާ އިނީ ހައިރާންވެފައެވެ.

އައިމަން ގެ އަތުކުރީގައި އަޅާފައި އޮތް ސްމާޓް ގަޑިއާއި ކުޅެން ފެށިއެވެ. ޓެކްސްޓިންގ ފީޗަރ ސެލެކްޓްކޮށް އެއްޗެއް ޓައިޕްކުރަން ފެށިއެވެ.

ޒީނިޔާ ގެ ފުރަގަހުގައި ތިބި ދެމީހުންގެ އަޑެއް ބަޑެއް ނުއިވި އިރުކޮޅެއް ވުމުން އޭނާ އަށް އަދިވެސް އިނދެވުނީ ހައިރާން ކަމެއްގެ ތެރޭގައެވެ. ކޮންމެވެސް ކަހަލަ ގޮތް ނޭނގޭ އުދަގުލެއް ޒީނިޔާ އަށް ވަމުން ދިޔަ އެވެ. ޝައްކު ގެ ނަޒަރަކުން އެ ދެމީހުންނާއި މެދު ވިސްނެން ފެށުނެވެ. އައިމަން އާއި މެދުވެސް ޝައްކު ކުރެވެން ފެށުނެވެ.

'ޓު ޓޫ – ޓު –ޓޫ – ޓު –ޓޫ' ޒީނިއާއަށް ސިހުމެއް ލިބިގެން ދިޔައީ އޭނާގެ ކަންފަތްދޮށުން ކޮންމެވެސް އިލެކްޓްރޯނިކް ޑީވައިސް އަކުން އިވެން ފެށި އަޑާއި އެކުގަ އެވެ.

ނުނިމޭ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

އެއާ އެޓޯލް 260

03 ފެބުރުއަރީ 2017
އެއާ އެޓޯލް 260
12 ޖެނުއަރީ 2017

އެޓޯލް އެއަރ 260

12 ޖެނުއަރީ 2017
އެޓޯލް އެއަރ 260
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް