Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްއެމްޕީއާރުސީގެ ހިޔާނަތް

ބީއެމްއެލް އަދި އެފްއައިޔޫ މުއައްޒަފުންގެ މައްސަލަ އޭސީސީން ބަލަނީ

ހިޔާނާތުގެ މިންވަރު 1.4 ބިލިއަން ރުފިޔާ އަށް އަރާ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 20 ޑިސެމްބަރު 2018 | ބުރާސްފަތި 04:57
އެމްއެމްޕީއާރުސީގެ އޮފީސް

އެމްއެމްޕީއާރުސީގެ އޮފީސް

ރާއްޖޭގައި މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު ޚިޔާނާތްކަމަށްވާ އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ބޭންކް އޮފް މޯލްޑިވްސް, (ބީއެމްއެލް) އަދި އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓަލިޖެންސް ޔުނިޓް(އެފްއައިޔޫ)ގެ މުވައްޒަފުންގެ އިހުމާލެއް އޮތްތޯ އޭސީސީން ބަލަން ފަށައިފިއެވެ.

އޭސީސީން ބުނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ބީއެމްއެލްގެ މުވައްޒަފުންތަކެއްގެ ބައިވެރިވުމެއް އޮތް ކަމަށް ތުހުމަތުކުރެވޭ ކަމަށާއި އަދި އެފްއައިޔޫ އިން ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ކަމާ ބެހޭ އިދާރާތަކަށް ފޮނުވާފައި ނުވާ މައްސަލަ ބަލަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

ދިގު ދެމިގެން ދިޔަ އެމްއެމްޕީއާރުސީގެ ތަހްގީގުގެ ރިޕޯޓް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުނު ފަހުން އޭސީސީން ނެރެފައި ވަނީ ހޯމަ ދުވަހު އެވެ.

އެ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި އޭސީސީގެ ތަހްގީގުން އެނގުނު ގޮތުގައި އެމްއެމްޕީއާރުސީއަށް ލިބުނު 22 މިލިއަން ޑޮލަރު (339 މިލިއަން ރުފިޔާ) އަމިއްލަ ކުންފުންޏެއްގެ އެކައުންޓަށް ޖަމާކުރުމުގައި ބީއެމްއެލްގެ މުވައްޒަފުންތަކެއްގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކުރެވެ އެވެ. އެހެންކަމުން އެކަން ވަކި މައްސަލައެއްގެ ގޮތުގައި އަންނަނީ ބަލަމުންނެވެ.

"އެމްއެމްޕީއާރްސީގެ މައްސަލައިގައި ހިމެނޭ ރަށްތަކާއި ފަޅުތަކުގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެމްއެމްޕީއާރސީއަށް ދޫކޮށްފައިވާ "ބޭންކަރސް ޗެކް" ނުވަތަ "ބޭންކް އޯޑަރ" ޗެކްތަކުގައި ޕޭއީއެއްގެ ގޮތުގައި އެމްއެމްޕީއާރސީ ލިޔެފައިވީ ނަމަވެސް، އެ ޗެކްތައް އެންޑޯޒްކުރުމަށް އެމްއެމްޕީއާރްސީގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ ސޮއިކޮށް، ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ޕްރައިވެޓް ކުންފުންޏެއްގެ އެކައުންޓަށް ޖުމުލަ ‎22,145,000.00‎‏ (ބާވީސް މިލިއަން އެއްސަތޭކަ ސާޅީސްފަސްހާސް) އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާތީ، އެކަމުގައި ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފުންތަކެއްގެ ބައިވެރިވުމެއް އޮތްކަމަށް ތުހުމަތުކުރެވޭ މައްސަލައެވެ. މި މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި އޭ.ސީ.ސީ އިން ދަނީ ތަޙްޤީޤުކުރަމުންނެވެ." އޭސީސީން ބުނެފައިވެ އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ހިޔާނާތް 1.4 ބިލިއަން ރުފިޔާ އަށް އަރާކަމަށް އޭސީސީން ބުނެ އެވެ. އޮޑިޓަރ ޖެނެރަލް ކުރިން ބުނެފައިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތް އަރަނީ 1.22 ބިލިއަން ރުފިޔާ އަށް ކަމަށެވެ.

ބީއެމްއެލްގެ މުވައްޒަފުންތަކަކާމެދު ތުހްމަތުކުރާއިރު، އެ ބޭންކުން ކުރިން ބުނެފައިވަނީ އެމްއެެމްޕިއާރުސީގެ ފައިސާތައް ޖަމާކުރި އަމިއްލަ ކުންފުންޏެއްކަމަށްވާ އެސްއޯއެފްގެ އެކައުންޓްގެ މުއާމަލާތްތަކާމެދު ޝައްކުވެގެން އެކަން އެމްއެމްއޭގެ ދަށުން ހިންގާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް ރިޕޯޓް ކުރި ކަމަށެވެ.

އެސްއޯއެފް އަށް ފައިސާތައް ޖަމާކުރިކަން އެނގިގެން ދިޔައީ ކޮރަޕްޝަން މައްސަލައިގެ ހަގީގަތް ހާމަކުރި ބީއެމްއެލްގެ ފ. ނިލަންދޫ ބްރާންޗްގެ ކުރީގެ އެސިސްޓަންޓް މެނޭޖަރު ގާސިމް އަބްދުލްކަރީމް ހާމަކުރެއްވި މައުލޫމާތާއި ގުޅިގެންނެވެ. އެމައްސަލައާއި ގުޅިގެން ޖިނާއީ ކުށް ސާބިތުވެ އޭނާއަށް އެއް އަހަރާއި ހަތަރު މަހުގެ ޖަލު ހުކުމް އިއްވިއެވެ. މިހާރު ވަނީ ތަންފީޒުކޮށް އޭނާ ވަނީ މިނިވަންވެފަ އެވެ.

ދައުލަތަށް ލިބެންޖެހޭ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ އެސްއޯއެފް އެކައުންޓްތަކަކަށް ޖަމާކޮށް، މުއާމަލާތް ހިންގަމުންދާ ކަން އެނގި ތިބެ އެކަމަށް އެމްއެމްއޭ އިން އޭރު ފިޔަވަޅު ނާޅައި އޮތުމަކީ އެމްއެމްއޭއަށް ބޮޑެތި ފާޑު ކިޔުންތަކެއް މީގެ ކުރިންވެސް އަމާޒު ވި ކަމެކެވެ. އެމްޕީއާރުސީގެ ހިޔާނާތް ހިނގިއިރު އެމްއެމްއޭ ގަވަރނަރުގެ މަގާމުގައި އޭރު ހުންނެވި އަޒިމާ އެ ތުހުމަތުތަކަށް ދެކޮޅު ހައްދަވައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު