Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މިނިވަން މުއައްސަސާ

މުވައްސަސާތަކުގައި ތިބި މީހުން ބަދަލު ނުކޮށް، މިއެދޭ ބަދަލު ގެނެވޭނެ؟

މިނިވަން މުއައްސަސާތަތައް އޮޕަރޭޓްކުރީ ސަރުކާރުގެ ޕަޕެޓުންގެ ގޮތުގައި

ރާއްޖެ އެމްވީ | 16 ޑިސެމްބަރު 2018 | އާދީއްތަ 13:51
ބްރޯޑްކޮމްގެ ރައީސް ޝަހީބް (ކ): މިނިވަން މީޑިއާއަށް ހުރަސް އެޅުމަށް ގިނަ ކަންތައްތަކެއް ކުރި

ބްރޯޑްކޮމްގެ ރައީސް ޝަހީބް (ކ): މިނިވަން މީޑިއާއަށް ހުރަސް އެޅުމަށް ގިނަ ކަންތައްތަކެއް ކުރި

ސެޕްޓެމްބަރު 23 ވަަނަ ދުވަހު ދިވެހި ރައްޔިތުން ނިކުމެ ވޯޓުލައި، ސަރުކާރު ބަދަލުކުރީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވި އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވެރިކަމުން ދުރުކޮށް، އެހެން މީހަކު އެމަޤާމަށް ގެންނާކަށް ނޫނެވެ. ދިވެހިން ވޯޓުދިނީ ރައީސް ޔާމީނާއި، އެމަނިކުފާނު ހިންގެވި ވެރިކަން ދިފާޢުކުރުމަށް، ޤާނޫނީ ޒިންމާ މަތިން ހަނދާން ނައްތާލި މުވައްސަސާތަކުގެ ވެރިންނާއި، ސަރުކާރުގެ ކުންފުނިތައް ދަރަނިވެރިކޮށްލި އިސްވެރިންވެސް ބޭރުކުރުމަށެވެ. އެމީހުންނަކީ ފާއިތުވި 5 އަހަރު ދިވެހި ޤައުމު ހަލާކުކޮށް، ކޮރަޕްޝަންގެ ހާއްޔަކަށް ދިވެހި ސަރުކާރާއި ދައުލަތް ހަދާލި މީހުންނެވެ. އައު ވެރިކަމަށް 1 މަސް ވެގެންދާއިރު، ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ކެބިނެޓް ފިޔަވައި ދެން ބަދަލުވީ މަދު ތަނެއްގެ ވެރިންނެވެ. ރައްޔިތުން ވޯޓު ދިންއިރު ކުރި އުއްމީދު ހާސިލްނުވެ މިހާ ދުވަސްވުމުން ރައްޔިތުންނަށް ލިބެނީ މާޔޫސް ކަމެވެ.

މުވައްސަސާތަކުގެ ވެރިންގެ ވާހަކަ ދައްކާއިރު، އެންމެ ފުރަތަމަ ދައްކާލަން ޖެހެނީ ބްރޯޑްކާސްޓިންގ ކޮމިޝަންގެ ވާހަކައެވެ. ނޫސްވެރިކަމުގެ މާވަރުގަދަ ގަލަމެއް ހޯދައިގެން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު ހުއްޓެއްކަމަކު، ދިވެހި ރާއްޖޭގެ މިނިވަން ނޫސްވެރިކަން މަރާލައި، ނޫސްވެރިންނަށް ދުއްތުރާކުރުމަށް އޭނާ ކުރި މަސައްކަތް ދިވެހިން ހަނދާން ނެތޭހާ ގިނަ ދުވަހެއް ނުވެއެވެ. ކޮރަޕްޝަން ފަޅާއަރުވައި، ދައުލަތުގެ ތެރޭގައި ހިންގި ނަހަމަ ކަންކަން ރައްޔިތުންނަށް ކިޔައިދިން މީޑިއާތަކަށް ހުރަސް އަޅައި، އެ ޖަރީމާތައް ހިންގި ފަރާތްތައް ރައްކާތެރިކޮށްދޭން ޝަހީބާއި، ބްރޯޑްކޮމްގެ އެހެން މެމްބަރުން ހިންގި އަމަލުތައް އިއްޔެ ވީ ކަމެއްހެން ދިވެހިންނާއި ދިވެހި މީޑިއާ އަދިވެސް ހަނދާން އެބަހުއްޓެވެ. އެންމެ ހައްސާސީ ދަނޑިވަޅުތަކުގައި ރާއްޖެ ޓީވީ ބަންދުކުރަން ޝަހީބާއި ކޮމިޝަންގެ އެހެން މެމްބަރުން ކުރި މަސައްކަތް ދިވެހިން ހަނދާން އެބަހުއްޓެވެ.

އެންޓިކޮރަޕްޝަން ކޮމިޝަންގެ ވާހަކަ އަކީ ދެން އޮތް ވާހަކައެވެ. ރާއްޖޭގެ ތާރީޚުގައި ހިނގި ކޮރަޕްޝަންގެ އެންމެ ބޮޑެތި ޖަރީމާތައް ސަރުކާރު ތެރެއިން ހިންގަމުން ދިޔައިރު، އެކޮމިޝަނަށް ކުރެވުނު ކަމެއް ނެތެވެ. ކޮރަޕްޝަންގެ ވާހަކަ ފަޅާއަރުވަމުން ދިޔައީ ހާލެއްގައި އުޅެމުން ދިވެހި މީޑިއާއެވެ. އެހާ އުނދަލުން ހޯދާ މައުލޫމާތުވެސް ކަށަވަރުކޮށްނުދީ، އޭސީސީވެސް މަސައްކަތް ކުރަމުން ދިޔައީ ސަރުކާރުގެ ދިފާޢުގައެވެ. އެކޮމިޝަންގެ ރައީސްގެ ގޮތުގައި ހުރި ހަސަން ލުތުފީއަކީ ރައީސް ޔާމީނަކީ މާ ނުރައްކާތެރި މީހެއްކަމަށް ދެކިގެން، އެހެން މީހުން ކައިރީ އެވާހަކަ ދައްކަމުން ހިނގި މީހެއްކަން އަމިއްލަ އިއުތިރާފުން އެއޮތީ ފެންނާށެވެ. ޕަދުމަވާތު ފިލްމު ބެލުމުން ލުތުފީއަށް ހުރިހާ ކަމެއް ހަމަވީއެވެ. ބަޔަކު ނިކުމެ ދައުލަތުގެ ތިޖޫރީ އެއްކޮށް ދޮވެލިއިރުވެސް އެ ކޮމިޝަންގައި ބާކީ ތިބި މެމްބަރުންވެސް އަނގައިން ޗުއްޕުވެސް ނުބުނެ ތިބީއެވެ. ގައިމު އެކި މީސްމީހުން ހުށަހެޅި ޝަކުވާތައް ރަނގަޅަށް ބެލުނުނަމަ ރައީސް ޔާމީންގެ އެކައުންޓުން ސަތޭކަ މިލިއަނަށްވުރެ ގިނަ ރުފިޔާ ހުންނާކަށް ނުޖެހުނީހެވެ.

ފާއިތުވި 5 އަހަރަކީ ދިވެހިންގެ އިންސާނީ ހައްޤުތަކުގެ ޙާލަތު އެންމެ ދަށު ދަރަޖައަކަށް ވެއްޓުނު 5 އަހަރެވެ. އެންމެ ގިނަ އަދަދެއްގެ ދިވެހިންގެ އިންސާނީ ހައްޤުތަކަށް ސީދާ ސަރުކާރުން އަރައިގަތް 5 އަހަރެވެ. އެހެންނަމަވެސް ގެއްލެމުން ދިޔަ އިންސާނީ ހައްޤުތައް ހޯދައިދިނުމުގައި ރާއްޖޭގެ ހިއުމަންރައިޓްސް ކޮމިޝަން ފެނުނީ ނުކުޅެދުނު ތަނެވެ. އެތައް ބައެއްގެ ހައްޤުތައް ނުގުޅައިގަތް އިރު، އެހައްޤުތަކުގެ ދިފާޢުގައި ދެކެވުނު މާގިނަ ވާހަކަތަކެއް ނެތެވެ. އެހެންނަމަވެސް އެކޮމިޝަންގެ މެމްބަރުން ދިޔައީ ދިވެހި ރައްޔިތުންގެ އިންސާނީ ހައްޤުތައް ކަށަވަރުކުރުމުގެ މަސްއޫލިއްޔަތާއިއެކު ލިބޭ މުސާރައިގެ ހައްޤު ބަރާބަރަށް ލިބިގަންނަމުންނެވެ.

ނިމިގެން މިދިޔަ 5 އަހަރު، ވަކިން ޚާއްސަކޮށް ފާއިތުވި 3 އަހަރުު، ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގި ގިނަ ކަންކަމުގައި އިލެކްޝަންސް ކޮމިޝަންގެ ރޯލު ބޮޑެވެ. ސަރުކާރުން އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލުމަށް ބޭނުންކުރި އެންމެ މުހިއްމު އެއް ހަތިޔާރަކީ އިލެކްޝަންސް ކޮމިޝަނެވެ. ރިޔާސީ އިންތިޚާބުގެ ނަތީޖާ ވަކި ފަރާތަކަށް ބުރަވުމުން، ތިމަންނަމެންނަށް މިނިވަންކަން ލިބުނީކަމަށް ޤަބޫލުކުރެވި، މިނިވަންކަން ދައްކަން ދެން މަސައްކަތްކުރިނަމަވެސް، އިންތިޚާބާއި ހަމަޔަށްވެސް ކަންތައް ކުރިގޮތް ދިވެހިން ހަނދާން ނެތުނީކީ ނޫނެވެ.

ގުޅިފައިވާ ކޯލިޝަނުން ކެމްޕޭނުގައި ދައްކަމުން ދިޔަ ވާހަކައަކީ މިފަދަ ކޮމިޝަންތައް މިނިވަންކުރާނެ ވާހަކައެވެ. އެކޮމިޝަންތަކުގައި ތިބި ފަރާތްތައް ޖަވާބުދާރީކޮށް، ހިންގި ޖަރީމާތަކަށް ޖަވާބުދާރީކުރުވާނެ ކަމަށެވެ.

ވެރިކަން ބަދަލުވެއްޖެއެވެ. މަޖިލީހުގައި ސަރުކާރަށް މެޖޯރިޓީ ލިބިއްޖެއެވެ. ޖުޑީޝަރީއަށް ނުފޫޒު ނުފޯރުވާނެކަމަށް ބުނެވިއްޖެއެވެ. އެހެންނަމަވެސް އަދިވެސް މުއައްސަސާތަކުގައި ތިބި މީހުން ބަދަލެއް ނުވެއެވެ. އެމީހުން ޖަވާބުދާރީ ނުކުރެވެއެވެ. އެމީހުން ހަމަ އެހެން ބައިތިއްބައިގެން އެމްޑީޕީއާއި، ކޯލިޝަންގެ ޕާޓީތަކުން ރައްޔިތުންނަށް ވީ ވައުދު ފުއްދޭނެތޯއެވެ؟

ކޮމެންޓް

އިތުރަށް ކިޔާލަން

ވެރިކަން ބަދަލުވާ މަންޒަރު އެބަ ފެނޭތަ؟

ވެރިކަން ބަދަލުވާ މަންޒަރު އެބަ ފެނޭތަ؟

30 މެއި 2017
ކަރާގެ އަގަށް ރަމަޟާން މަހު މާބޮޑު ބަދަލުތަކެއް ނާންނާނެ: ވިޔަފާރިވެރިން

ކަރާގެ އަގަށް ރަމަޟާން މަހު މާބޮޑު ބަދަލުތަކެއް ނާންނާނެ: ވިޔަފާރިވެރިން

25 މެއި 2017
ޓްރަމްޕްގެ "ހޭޓް ސްޕީޗް" ގެ ބަދަލު: ސައުދީގެ އެންމެ މަތީ ޝަރަފު

ޓްރަމްޕްގެ "ހޭޓް ސްޕީޗް" ގެ ބަދަލު: ސައުދީގެ އެންމެ މަތީ ޝަރަފު

21 މެއި 2017
"މީ ވީގޮތޭ، އަދުބަދަލުވެއްޖެޔޭ، މުޅިޒަމާން"

"މީ ވީގޮތޭ، އަދުބަދަލުވެއްޖެޔޭ، މުޅިޒަމާން"

15 މެއި 2017
އިންސާފް ގާއިމްނުކޮށް ތަރައްގީއެއް ނުކުރެވޭނެ!

އިންސާފް ގާއިމްނުކޮށް ތަރައްގީއެއް ނުކުރެވޭނެ!

30 އެޕްރީލު 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު