Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެގެ އިސްލާމްވި ދުވަސް

އުންމީދަކީ މިއަދުގެ ޖީލަށްވުރެ ދީނަށް ލޯބިކުރާ ޖީލެއް އުފެއްދުން: މިނިސްޓަރު އިމްރާން

9 ޑިސެމްބަރު 2018 | އާދީއްތަ 20:52

އިމްރާން އެހެން ވިދާޅުވީ އިސްލާމި ދުވަހުގެ ޖަލްސާގައި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 9 ޑިސެމްބަރު 2018 | އާދީއްތަ 20:52
ރާއްޖެ އިސްމާލްވި ދުވަހުގެ ޖަލްސާގައި ޝެއިހް އިމްރާން ވާހަކަފުޅު ދައްކަވަނީ

ރާއްޖެ އިސްމާލްވި ދުވަހުގެ ޖަލްސާގައި ޝެއިހް އިމްރާން ވާހަކަފުޅު ދައްކަވަނީ

މިއަދުގެ ޖީލަށްވުރެ ދީނަށް މާ ބޮޑަށް ލޯބި ކުރާ ޖީލެއް އުފެއްދުމަކީ އުންމީދެއް ކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، އަދާލަތު ޕާޓީގެ ރައީސްކަން ވެސް ކުރައްވާ މިނިސްޓަރު އިމްރާން ވިދާޅުވީ އެއް ޖީލުން އަނެއް ޖީލަށް އިސްލާމްދީން ގެންގޮސްދިނުމަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކާއި އާންމުން ފަރުދީ ޒިންމާ އަދާކުރަންޖެހޭނެ ކަމަށެވެ. ހާއްސަކޮށް ދީނީ އިލްމުވެރިން ހިކުމަތްތެރިކަމާއި އެ މަސައްކަތުގައި ސަރުކާރަށް އެއްބާރުލުން ދޭންޖެހޭނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

Advertisement - newsAdvertisement

"ވަކިން ހާއްސަކޮށް ދީނީ އިލްމުވެރިން ހިކުމަތްތެރިކަމާއި ވިސްނުންތެރިކަމާ އެކުގައި ސަރުކާރަށް އެއްބާރުލުން ދޭންޖެހޭ. އެގޮތުގައި މަސައްކަތް ކުރެވިއްޖެނަމަ، ފަރުދީ ޒިންމާ ފުރިހަމަ ގޮތުގައި އަދާކުރެވިއްޖެނަމަ، އަޅުގަނޑުގެ އުންމީދަކީ އަދި ދުވާއަކީ މާތްﷲ އަޅުގަނޑުމެންގެ މިއަދުގެ ޖީލަށް ވުރެ، މާ ދީނަށް ލޯބިކުރާ އިއްޒަތްތެރި ޝަރަފުވެރި ކަރާމާތްތެރި އަދި އަހުލާގު ރަނގަޅުވެގެންވާ ޖީލެއް އަޅުގަނޑުމެންނަށް މާދަމާ އުފެއްދުން،" އިމްރާން ވިދާޅުވިއެވެ.

މި ޖީލުގެ އެންމެ ބޮޑު ޒިންމާއަކީ އަންނަން އޮތް ޖީލުތަކަށް ދިވެހި ގައުމިއްތާއި އިސްލާމީ ވަންތަކަމާއި އިސްލާމީ ރިވެތި އަހުލާގު ފޯރުކޮށްދިނުން ކަމަށާއި އެއީ ބޮޑު މަސައްކަތެއް ކަމަށް ހޯމް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ބައެއް އިއްޒަތްތެރިން-- ފޮޓޯ/ ރާއްޖެއެމްވީ

ތަފާތު އެކި އޮއިވަރުގެ ސަބަބުން ނުބައި އަސަރުތަކެއް ޒުވާން ޖީލަށްކޮށްފައިވާ ކަމަށް ފާހަގަ ކުރައްވައި މިނިސްޓަރު އިމްރާން ވިދާޅުވީ މި ހާލަތުން އަރައިގަނެވޭނީ އިސްލާމީ ތަރުބިއްޔަތަކުން ޒުވާނުން ތަރުބިއްޔަތުކޮށް، ރިވެތި އަހުލާގެއް އެ ޒުވާނުންގެ ކިބައިގައި، އަށަގަންނަވައިގެން ކަމަށެވެ.

އަޅުގަނޑުމެން އެއްކޮށް މަސައްކަތްކޮށްފިނަމަ، ކާބަފައިން އިސްލާމް ދީނާއި ގައުމިއްޔަތު ހިމާޔަތްކޮށްދިން ފަދައިން އަޅުގަނޑުމެންނަށް އެކަން ކުރެވޭނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ ހަރުކަށި ކަމާއި ދެކޮޅުވެރިކަމާއި ނޭންގާނީކަން ދުރުކޮށް، ސުލްހަ އާއި އަމާންކަމުގެ ވެއްޓެއްގައި އިސްލާމް ދީން މަތިވެރިކޮށް، ދީނަށް ނަސްރު ދިނުން. އިސްލާމް ދީން ދައްކައިދޭ ރިވެތި މަގަކީ އެއީ. އަޅުގަނޑުމެންނަށް ދައްކައިދެނީ ރިވެތި އަހުލާގު ރިވެތި ނަމޫނާ ރިވެތި މިސާލު،" އިމްރާން ވިދާޅުވިއެވެ.

ރާއްޖެ އިސްމާލްވި ދުވަސް ފާހަގަ ކުރުމަށް އާދީއްތަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމާއި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

23 އޯގަސްޓު 2017

މިއަދުގެ ވޯޓުންވެސް އެނގުނީ ޕީޕީއެމްއަށް މަޖިލީހުގެ މެޖޯރިޓީ އޮތްކަން: އަބްދުލް ރަހީމް

23 އޯގަސްޓު 2017
މިއަދުގެ ވޯޓުންވެސް އެނގުނީ ޕީޕީއެމްއަށް މަޖިލީހުގެ މެޖޯރިޓީ އޮތްކަން: އަބްދުލް ރަހީމް
09 އޯގަސްޓު 2017

ޔާމީން މަރާލީ ދީނަށް ފުރައްސާރަކުރާތީ، މިއީ ބަޔަކު ފަންޑުކުރި ކަމެއް ނޫން: ޕޮލިސް

09 އޯގަސްޓު 2017
ޔާމީން މަރާލީ ދީނަށް ފުރައްސާރަކުރާތީ، މިއީ ބަޔަކު ފަންޑުކުރި ކަމެއް ނޫން: ޕޮލިސް
09 އޯގަސްޓު 2017

ޔާމީން މަރާލީ ދީނަށް ފުރައްސާރަ ކުރާ މީހަކަށް ވާތީ ކަމަށް ގާތިލުން ބުނޭ:ޕޮލިސް

09 އޯގަސްޓު 2017
ޔާމީން މަރާލީ ދީނަށް ފުރައްސާރަ ކުރާ މީހަކަށް ވާތީ ކަމަށް ގާތިލުން ބުނޭ:ޕޮލިސް
27 ޖުލައި 2017

މާފުށީ ޖަލުގައި ގައިދީނަށް ބޮޑެތި އަނިޔާތަކެއް!

27 ޖުލައި 2017
މާފުށީ ޖަލުގައި ގައިދީނަށް ބޮޑެތި އަނިޔާތަކެއް!
21 ޖުލައި 2017

ރައީސް ޔާމީން ގެންދަވަނީ އިސްލާމްދީނަށް ގޮންޖައްސަވަމުން: ސަމީރު

21 ޖުލައި 2017
ރައީސް ޔާމީން ގެންދަވަނީ އިސްލާމްދީނަށް ގޮންޖައްސަވަމުން: ސަމީރު
18 ޖުލައި 2017

ޖެނެރަލް ޑީޑީގެ މައްޗަށް އުފުލާފައިވާ ޓެރެރިޒަމް ދައުވާގެ މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފި

18 ޖުލައި 2017
ޖެނެރަލް ޑީޑީގެ މައްޗަށް އުފުލާފައިވާ ޓެރެރިޒަމް ދައުވާގެ މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފި
16 ޖުލައި 2017

ގާސިމްގެ މިއަދުގެ ޝަރީއަތް ކެންސަލް ކޮށްފި

16 ޖުލައި 2017
ގާސިމްގެ މިއަދުގެ ޝަރީއަތް ކެންސަލް ކޮށްފި
06 ޖޫން 2017

ގިނަ ދުވަސްތަކަށް ފަހު މަޖިލީހުގައި ވަޒީރަކާ ސުވާލު ކުރުން މިއަދުގެ ޖަލްސާގައި!

06 ޖޫން 2017
ގިނަ ދުވަސްތަކަށް ފަހު މަޖިލީހުގައި ވަޒީރަކާ ސުވާލު ކުރުން މިއަދުގެ ޖަލްސާގައި!
28 މެއި 2017

މާލެ ސިޓީގެ އާ ކައުންސިލް ހުވާކުރަން ދަރުބާރުގެ ނުލިބިގެން ޣިޔާސުއްދީނަށް

28 މެއި 2017
 މާލެ ސިޓީގެ އާ ކައުންސިލް ހުވާކުރަން ދަރުބާރުގެ ނުލިބިގެން ޣިޔާސުއްދީނަށް
28 މާރިޗު 2017

މިއަދުގެ ސަރުކާރަކީ ގަދަ ބާރު ފެކްޝަން: މެންބަރު އަލީ ހުސައިން

28 މާރިޗު 2017
މިއަދުގެ ސަރުކާރަކީ ގަދަ ބާރު ފެކްޝަން: މެންބަރު އަލީ ހުސައިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް