Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއެމްޓީސީސީގެ ކަށަވަރު ޕްރޮމޯޝަން

އެމްޓީސީސީގެ ކަށަވަރު ޕްރޮމޯޝަން ފަށައިފި

8 ޑިސެމްބަރު 2018 | ހޮނިހިރު 14:27

މިއީ މި ޕްރޮމޯޯޝަން ބާއްވާ ހަތަރު ވަނަ އަހަރު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 8 ޑިސެމްބަރު 2018 | ހޮނިހިރު 14:27
އެމްޓީސީސީގެ ކަށަވަރު ޕްރޮމޯޝަން ލޯންޗުކުރުމުގެ ތެރެއިން

އެމްޓީސީސީގެ ކަށަވަރު ޕްރޮމޯޝަން ލޯންޗުކުރުމުގެ ތެރެއިން

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސިސީ) އިން ކަށަވަރު ޕްރޮމޯޝަން ފަށައިފިއެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހުން ފެށިގެން ޖެނުއަރީ މަހުގެ 10 ވަނަ ދުވަހާއި ހަމައަށެވެ.

އެމްޓީސީސީން ބުނީ މިއަހަރު މި ޕްރޮމޯޝަންގައި އަމާޒުކޮށްފައިވަނީ ސުޒުކީ އައުޓްބޯޑް އިންޖީނާއި ޔަންމާ އިންބޯޑް އިންޖީނަށް ކަމަށެވެ.

އެމްޓީސީސީގެ ޖެނެރަލް މެނެޖަރ އިސްމާއިލް އަދުހަމް ވިދާޅުވީ ސުޒުކީ އިންޖީނުތަކުން 5 އިންސައްތައާ 16 އިންސައްތައާ ދެމެދުގެ ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ. އަދި ޔަންމާގެ ދެ މޮޑެލްއެއް ކަމަށްވާ 170 އާއި 210 ގެ ހޯސްޕަވަރުގެ އިންޖީނުން ވެސް ބޮޑެތި ޑިސްކައުންޓް ތަކެއް ލިބިގެންދާނެ ކަމަށް އަދުހަމް ވިދާޅުވިއެވެ. އިންޖީނުގެ އިތުރުން ސުޒުކީ އާއި ޔަންމާގެ މެއިންޓެނެންސް ކިޓްތައްވެސް މިޕްރޮމޯޝަންގައި ހިމެނޭއިރު މި މެއިންޓެނެސް ކިޓްތަކުން 38 އިންސައްތަ އާއި ހަމައަށް ޑިސްކައުންޓް ލިބިގެންދާނެ ކަމަށް އަދުހަމް ފާހަގަކުރެއްވިއެވެ.

އެމްޓީސީސީން ވަނީ މި އަހަރުގެ ކުރީ ކޮޅު "ސާބަސް" ގެ ނަމުގައި ޕްރޮމޯޝަނެއް ހިންގާފައެވެ. މި ޕްރޮމޯޝަންއަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާއިރު މި ޕްރޮމޯޝަންގެ ދަށުން އެމްޓީސީސީ ކަށަވަރު ޝޯރޫމުން ވިއްކާ ޔަންމާ ބްރޭންޑްގެ ޖަނަރޭޓަރުގެ އެކި މޮޑެލްތައް ވަރަށް ޙާއްސަ ޑިސްކައުންޓްތަކާއެކު ލިބުމުގެ ފުރުސަތު ކަސްޓަމަރުންނަށް ވަނީ ހުޅުވާލާފައެވެ.

އެމްޓީސީސީ އިން ބުނީ އެކުންފުނީގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުން ކަމަށެވެ. އެގޮތުން ކޮންމެ އަހަރަކު ވެސް އެކި ޕްރޮޑަކްޓްތަކުން ކަސްޓަމަރުންނަށް ލުއިފަސޭހަ ޕްރޮމޯޝަންތައް ބޭއްވުމާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެމްޓީސީސީގެ ކަސްޓަމަރުންނާ ބައްދަލުކޮށް ޓްރެއިނިންގ އަދި މައުލޫމާތު ދިނުމުގެ ހަރަކާތްތައް އެކުންފުނިން އަބަދުވެސް ރާވާ ހިންގަމުން ދާކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން "ކަށަވަރު ޕްރޮމޯޝަން" ބާއްވާ މިއީ ހަތަރު ވަނަ އަހަރެވެ.

އިތުރަށް ކިޔާލަން

10 މާރިޗު 2017

ގެސްޓްހައުސް ދާއިރާއަށް ދިމާވާ ދަތިތައް ހައްލު ހޯދައިދިނުމަށް އުރީދޫއިން މަސައްކަތް ފަށައިފި

10 މާރިޗު 2017
ގެސްޓްހައުސް ދާއިރާއަށް ދިމާވާ ދަތިތައް ހައްލު ހޯދައިދިނުމަށް އުރީދޫއިން މަސައްކަތް ފަށައިފި
05 މާރިޗު 2017

ހުޅުމާލޭ ފިޓްޒޯނުން ގުރޫޕު ފިޓްނަސް މުޅިން އަލަށް ފަށައިފި

05 މާރިޗު 2017
ހުޅުމާލޭ ފިޓްޒޯނުން ގުރޫޕު ފިޓްނަސް މުޅިން އަލަށް ފަށައިފި
02 މާރިޗު 2017

ޖޮއިން ޓީމް އެމްޓީސީސީގެ ނަމުގައި ޖޮބް ފެއަރ އެއް ބާއްވަން ނިންމައިފި

02 މާރިޗު 2017
ޖޮއިން ޓީމް އެމްޓީސީސީގެ ނަމުގައި ޖޮބް ފެއަރ އެއް ބާއްވަން ނިންމައިފި
27 ފެބުރުއަރީ 2017

ބީއެމްއެލްއިން ރާއްޖޭގައި ޑައިނަމިކް ކަރަންސީ ކޮންވަރޝަންގެ ޚިދުމަތް ފަށައިފި

27 ފެބުރުއަރީ 2017
ބީއެމްއެލްއިން ރާއްޖޭގައި ޑައިނަމިކް ކަރަންސީ ކޮންވަރޝަންގެ ޚިދުމަތް ފަށައިފި
14 ފެބުރުއަރީ 2017

އެކްސްއެލް ޕްރޮމޯޝަން: ދުބާއީ ދަތުރު ވަރަށް ތަފާތު

14 ފެބުރުއަރީ 2017
އެކްސްއެލް ޕްރޮމޯޝަން: ދުބާއީ ދަތުރު ވަރަށް ތަފާތު
03 ފެބުރުއަރީ 2017

"އެވެސް މިވެސް"ގެ ނަމުގައި ޚާއްޞަ ޕްރޮމޯޝަނެއް ވީއޭއެމްކޯ އިން ފަށައިފި

03 ފެބުރުއަރީ 2017
"އެވެސް މިވެސް"ގެ ނަމުގައި ޚާއްޞަ ޕްރޮމޯޝަނެއް ވީއޭއެމްކޯ އިން ފަށައިފި
03 ފެބުރުއަރީ 2017

އޭސް ހާޑްވެއާ ޕްރޮމޯޝަންގެ ނަސީބްވެރިންނާ އިނާމު ހަވާލުކޮށްފި

03 ފެބުރުއަރީ 2017
އޭސް ހާޑްވެއާ ޕްރޮމޯޝަންގެ ނަސީބްވެރިންނާ އިނާމު ހަވާލުކޮށްފި
29 ޖެނުއަރީ 2017

ހޮންޑާ މޯލްޑިވްސް ވެބްސައިޓް ލޯންޗްކޮށް އޮންލައިން ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
ހޮންޑާ މޯލްޑިވްސް ވެބްސައިޓް ލޯންޗްކޮށް އޮންލައިން ހިދުމަތް ފަށައިފި
15 ޖެނުއަރީ 2017

އެސްޓީއޯ ސުޕަމާޓް ޖޫސް ފެސްޓް ޕްރޮމޯޝަން ފަށައިފި

15 ޖެނުއަރީ 2017
އެސްޓީއޯ ސުޕަމާޓް ޖޫސް ފެސްޓް ޕްރޮމޯޝަން ފަށައިފި
10 ޖެނުއަރީ 2017

އެމްޓީސީސީގެ ހުރިހާ އިސްވެރިން ދުވުމުގައި ބައިވެރިވާން ނިންމައިފި

10 ޖެނުއަރީ 2017
އެމްޓީސީސީގެ ހުރިހާ އިސްވެރިން ދުވުމުގައި ބައިވެރިވާން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް