Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަދަނީ ވައިގެ ދަތުރުފަތުރުގެ ދުވަސް

އެވިއޭޝަން ދާއިރާއަށް ނިކުންނަން ބޭނުންވާ ދިވެހިންނަށް ސްކޮލަޝިޕް ސްކީމެއް ތަޢާރަފް ކުރަނީ

8 ޑިސެމްބަރު 2018 | ހޮނިހިރު 16:50

ސްކީމް ތަޢާރަފް ކުރުމުގެ ބޭނުމަކީ ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް ދިމާވެފައިވާ މުއައްޒިފުންގެ ދަތި ކަމުގެ މައްސަލައަށް ހައްލެއް ގެނައުން

އަމަން ހަލީމް
އަމަން ހަލީމް | 8 ޑިސެމްބަރު 2018 | ހޮނިހިރު 16:50
ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ

ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ

ދިވެހިރާއްޖޭގެ އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރަން ބޭނުންވާ ދިވެހިންނަށް، "ނެކްސްޓް ޖެން އޭވިއޭޓާސް"ގެ ނަމުގައި ސްކޮލަޝިޕް ސްކީމެއް ތަޢާރަފް ކުރައްވާނެކަން މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއިޝަތު ނަހުލާ އިޢުލާން ކުރައްވައިފިއެވެ.

ބައިނަލް އަޤްވާމީ މަދަނީ ވައިގެ ދަތުރުފަތުރުގެ ދުވަސް ފާހަގަ ކުރުމަށް ދަރުބާރުގޭގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ތަނުގައި އެކަށީގެންވާ އަދަދަށް ގާބިލު މުވައްޒިފުން ނެތުން ކަމަށެވެ. އަަދި ސްކީމް ތަޢާރަފް ކުރުމުން އެކަން ހައްލުވެގެން ދާނެކަމަށް އުއްމީދު ކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ އެތެރޭގެ އުދުހުމުގެ އަގުތައް ކުޑަކުރުމުގެ ވައުދު ފުއްދުމަށް ބޭނުން ވަނީ ރާއްޖޭގައި މިހާރު ވެސް އޮތް "އޯޕަން ސްކައިސް" ޕޮލިސީގެ ދަށުން މި ސިނާއަތުގެ ވާދަވެރިކަން އިތުރު ކުރުން ކަމުގައި ވެސް މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ވަނީ ރާއްޖޭގެ ވައިގެ ދަތުރުފަތުރު ބައިނަލް އަޤްވާމީ މިންގަނޑުތަކާއި އެއް ހަމައަކަށް ގެނައުމަށް ގާނޫނު އިސްލާހު ކުރުމުގެ މަސައްކަތް ކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށައަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި މިހާރު އޮތް ގާނޫނަކީ ރާއްޖޭގެ ވައިގެ ދަތުރުފަތުރަށް ފާއިތުވެ ދިޔަ އަހަރުތަކުގައި އައިސްފައިވާ ކުރިއެރުމާއި ނުބައްދަލު ގާނޫނެއް ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.

މިނިސްޓަރ ވަނީ ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ސިނާއަތް އިތުރަށް ފުޅާ ކުރުމުގެ ގޮތުން ހެލިކޮޕްޓަރުގެ ހިދުމަތާއި، އާންމުންނަށް ސީ ޕްލޭންގެ ދަތުރުފަތުރުގެ ހިދުމަތް ފެށުމުގެ ފުރުސަތު ދެއްވުމުގެ މަސައްކަތް ވެސް ކުރިޔަށް އޮތް ތާނގައި ކުރަން ވިސްނާފައިވާ ކަން ހާމަކުރައްވާފައެވެ. އަދި ރާއްޖޭގެ ގައުމީ އުފެންދުންތެރިކަމުގެ ނިސްބަތުން އޭވިއޭޝަން ސިނާއަތަކީ އިގްތިސާދުގެ 40 ޕަސެންޓު ހިއްސާވާ ސިނާއަތެއް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

06 އެޕްރީލު 2017

ރައުދާގެ މަރުގެ ތަހުގީގަށް ބޭނުންވާ މުހިންމު މައުލޫމާތުތަކެއް ދިވެހި ފުލުހުން ހޯދައިފި

06 އެޕްރީލު 2017
ރައުދާގެ މަރުގެ ތަހުގީގަށް ބޭނުންވާ މުހިންމު މައުލޫމާތުތަކެއް ދިވެހި ފުލުހުން ހޯދައިފި
04 އެޕްރީލު 2017

އެކިއެކި އެއަރޕޯޓްތަކުން ދިވެހިންނަށް އުނދަގޫ ކުރަން ފަށައިފި: މުސްތަފާ

04 އެޕްރީލު 2017
އެކިއެކި އެއަރޕޯޓްތަކުން ދިވެހިންނަށް އުނދަގޫ ކުރަން ފަށައިފި: މުސްތަފާ
02 އެޕްރީލު 2017

ޚާއްޞަ އެހީއަށް ބޭނުންވާ ގިނަ ކުދިންނަކީ އޯޓިސްޓިކް ކުދިން: އެޑިއުކޭޝަން މިނިސްޓަރު

02 އެޕްރީލު 2017
ޚާއްޞަ އެހީއަށް ބޭނުންވާ ގިނަ ކުދިންނަކީ އޯޓިސްޓިކް ކުދިން: އެޑިއުކޭޝަން މިނިސްޓަރު
21 މާރިޗު 2017

މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަން ގެނެސްދިނުމަށް މެޑަމް އަރިހުން އެދިއްޖެ

21 މާރިޗު 2017
މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަން ގެނެސްދިނުމަށް މެޑަމް އަރިހުން އެދިއްޖެ
21 މާރިޗު 2017

މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަނެއް ނުލިބިގެން އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި

21 މާރިޗު 2017
މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަނެއް ނުލިބިގެން އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި
14 މާރިޗު 2017

ކޮލަންބޯގައި ދިވެހިންނަށް ހާއްސަކޮށްގެން ޕާކެއް ހަދަނީ

14 މާރިޗު 2017
ކޮލަންބޯގައި ދިވެހިންނަށް ހާއްސަކޮށްގެން ޕާކެއް ހަދަނީ
11 ފެބުރުއަރީ 2017

ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު

11 ފެބުރުއަރީ 2017
ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް