Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުމީކާ ސިންގް

މީކާ ސިންގް ހައްޔުރުކުރުމަށް ފަހު ދޫކޮށްލައިފި

ހައްޔަރު ކޮށްފައިވަނީ ބުރާސްފަތި ދުވަހުގެރޭ

އަލީ ސަމާޚް
އަލީ ސަމާޚް | 7 ޑިސެމްބަރު 2018 | ހުކުރު 14:14
މީކާ ސިންގް އޭނާގެ ބޭބޭ ދަލޭރް މެހެންދީ އާއި އެކު

މީކާ ސިންގް އޭނާގެ ބޭބޭ ދަލޭރް މެހެންދީ އާއި އެކު

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ މީކާ ސިންގް ދުބާއިން ހައްޔަރު ކުރުމަށްފަހު ދޫކޮށްލައިފިއެވެ.

އަންހެނަކަށް ފޮޓޯތަކެއް ފޮނުވި ކަމުގެ ތުހުމަތުގައި ދުބާއީގައި ހައްޔަރު ކުރުވެނު މިކާ ދޫކޮށްލާފައިވަނީ ބުރާސްފަތި ދުވަހުގެރޭ ދަންވަރުގެ ވަގުތެއްގައިއެވެ. މީކާ ދޫކޮށްލިޔަސް އޭނާ ކޯޓަށް ހާޒިރުވާން ދުބާއީ ފުލުހުން ވަނި އަންގާފައިއެވެ.

ދުބާއީގައި ޝޯއެއް ހުށައަޅަން ގޮސްހުރި މީކާ ހައްޔަރު ކޮށްފައިވަނީ ބުރު ދުބާއީގައި ހުއްޓާ ބުރާސްފައި ދުވަހުގެ ރޭގަޑުގެ ވަގުތެއްގައިއެވެ. އިންޑިއާގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި މީކާ ހައްޔަރު ކޮށްފައިވަނީ ދުބާއިގައި ދިރިއުޅޭ އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކަށް ބަރަހަނާ ފޮޓޯތަކެއް ފޮނުވި ކަމުގެ ތުހުމަތުގައި އެ އަންހެން ކުއްޖާ ދުބާއި ފުލުހުންނަށް ހުށައެޅި މައްސަލައަކާއި ގުޅިގެންނެވެ. އެ އަންހެން ކުއްޖާ އާއި ހަވަލާދީ ދުބާއީ ނޫސްތަކުން ރިޕޯޓް ކުރާ ގޮތުގައި މީކާ ވަނީ ފޮޓޯތައް ފޮނުވުމަށް ފަހު ބޮލީވުޑް ފިލްމަކުން ފުރުސަތު ދޭނެކަމަށް ވެސް ބުނެފައިއެވެ.

މީކާއަށް ވަނީ އެތަކެއް ފަހަރު މަތިން އަންހެނުނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުތަށް ކުރެވިފައިއެވެ. ނަމަވެސް މިހާތަނަށް އެއްވެސް ތުހުމަތެއް އޭނާއާއި ދެކޮޅަށް ސާބިތުވެފައިއެއް ނުވެއެވެ. އެގޮތުން 2016 ވަނަ އަހަރު އިންޑިއާގެ ފެޝަން ޑިޒައިނަރެއްގެ ގެއަށް ވަދެ ގަދަކަމުން ޖިންސީ ގުޅުން ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި އެ އަންހެން މީހާ ވަނީ މީކާއާ ދެކޮޅަށް ފުލުހުންނަށް މައްސަލަ ހުށައަޅާފައިއެވެ.

މީގެ އިތުރުން 2006 ވަނަ އަހަރު މީކާގެ އުފަންދުވަހު ބޮލީވުޑްގެ ތަރި ރާކީ ސާވަންތު އާއި ގަދަކަމުން ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ރާކީ ވަނީ މީކާއާއި ދެކޮޅަށް ކޯޓުގައި ދައުވާކޮށްފައި އެވެ.

މީކާ ސިންގް އެންމެ ފަހުން ފިލްމަކަށް ލަވައެއް ކިޔާފައިވަނީ ރޯހިތް ޝެޓީގެ ފިލްމު ސިމްބާއަށެވެ.

އިތުރަށް ކިޔާލަން

26 މާރިޗު 2017

"ޓައިގާ ޒިންދާހޭ" ގެ ޝޫޓިން ނިންމާލުމަށްފަހު ކެޓްރީނާ އެނބުރި މުމްބާއީއަށް!

26 މާރިޗު 2017
"ޓައިގާ ޒިންދާހޭ" ގެ ޝޫޓިން ނިންމާލުމަށްފަހު ކެޓްރީނާ އެނބުރި މުމްބާއީއަށް!
23 މާރިޗު 2017

ފަސް އަހަރަށް ފަހު ސަލްމާނާއި ކެޓްރީނާ ކުޅޭ ފިލްމުގެ ފުރަތަމަ މަންޒަރު

23 މާރިޗު 2017
ފަސް އަހަރަށް ފަހު ސަލްމާނާއި ކެޓްރީނާ ކުޅޭ ފިލްމުގެ ފުރަތަމަ މަންޒަރު
20 މާރިޗު 2017

ޑްރޭކަށް ފަހު ޖޭލޯ އެލެކްސް ރޮޑްރިގެޒްއާ އެކު؟

20 މާރިޗު 2017
ޑްރޭކަށް ފަހު ޖޭލޯ އެލެކްސް ރޮޑްރިގެޒްއާ އެކު؟
08 މާރިޗު 2017

ނޫރަށް ފަހު ނޫސްވެރިންނަށް ކުރާ އިޚުތިރާމް އިތުރުވެއްޖެ: ސޮނާކްޝީ

08 މާރިޗު 2017
ނޫރަށް ފަހު ނޫސްވެރިންނަށް ކުރާ އިޚުތިރާމް އިތުރުވެއްޖެ: ސޮނާކްޝީ
08 މާރިޗު 2017

ލަންޑަނުގައި އޮތް ފެޝަން ޝޯއެއްގެ ރޭމްޕަށް އެރުމަށް އެންމެ ފަހު ވަގުތު ބިޕާޝާ ދެކޮޅު ހަދައިފި

08 މާރިޗު 2017
ލަންޑަނުގައި އޮތް ފެޝަން ޝޯއެއްގެ ރޭމްޕަށް އެރުމަށް އެންމެ ފަހު ވަގުތު ބިޕާޝާ ދެކޮޅު ހަދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު