Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވާރޭވެހި މާލޭގައި ފެންބޮޑުވުން

މިއީ އަމާ ބުނީތީ ފަރަށް ދާ އުސޫލުން ތަރައްގީ ގެނައިމަ ޖެހޭ ހާލު: މިނިސްޓަރު މާރިޔާ

6 ޑިސެމްބަރު 2018 | ބުރާސްފަތި 01:14

ރަނގަޅަށް ޕްލޭންނުކޮށް ތަރައްގީ ގެނެސްފައިވާ ކަމަށް ވިދާޅުވި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 6 ޑިސެމްބަރު 2018 | ބުރާސްފަތި 01:14
މާލެއަށް ކުރި ވިއްސާރައިގެ ހާލަތު މިނިސްޓަރު މާރިޔާ، ރައީސް ސޯލިހަށް ތަފްސީލުކޮށްދެއްވަނީ

މާލެއަށް ކުރި ވިއްސާރައިގެ ހާލަތު މިނިސްޓަރު މާރިޔާ، ރައީސް ސޯލިހަށް ތަފްސީލުކޮށްދެއްވަނީ

މާލޭގައި ފެންބޮޑުވެ، ގެތަކަށް ގެއްލުންވީ ނިމިދިޔަ ސަރުކާރުން "އަމާ ބުނީތީ ފަރަށް ދާ" އުސޫލުން ތަރައްގީ ގެނައުމުގެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ނެޝަނަލް ޑީޒާސްޓަރ މެނޭޖުމަންޓް ސެންޓަރ (އެންޑީއެމްސީ)އަށް ޒިޔާރަތް ކުރައްވައި، އެތަނުގެ މަސައްކަތްތައް ބުދަ ދުވަހު ކުރިއަށް ދިޔަ ގޮތް ބައްލަވާލެއްވުމަށްފަހު "ރާއްޖެއެމްވީ"އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު މާރިޔާ ވިދާޅުވީ ފެނިގެން ދަނީ ދެބައިކުޅަ އެއްބައި ތަރައްގީ ގެނައުމުން ދިމާވާ ދަތިތައް ކަމަށެވެ.

Advertisement - newsAdvertisement

ބޮޑުތަކުރުފާނު މަގު، ރިންގު ރޯޑު ޕްރޮޖެކްޓަށް އިޝާރާތް ކުރައްވައި މިނިސްޓަރު ވިދާޅުވީ މާލޭގެ ބޭރު މަގު ހަދާފައި ވަނީ އުސްކޮށް ކަމަށާއި ވާރޭ ވެހެން ފެށުމުން ފެން ޖަމާވަމުން ދަނީ ރަށު ތެރެއަށް ކަމަށެވެ. ބޯކޮށް ވާރޭ ވެހެން ފެށުމުން މެކޭނިކަލް ޕަންޕު ބޭނުންކޮށްގެން ވެސް ފެން ހިންދުމުގައި ދަތިތަކެއް ކުރިމަތިވީ އެކަމުގެ ސަބަބުން ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

"މިކަންތައް އެންމެ ބޮޑުވާ ގޮތަކީ އެ ހައްދަވާފައި ހުރިއިރު، އެތާގައި ހުރީ މެކޭނިކަލް ޕަންޕު ލައްވާފައި. އެކޮޅު އުސް [މާލޭގެ ބޭރު މަގު]. އެހެންވީމަ ހުރިހާ ފެނެއް ރަށު ތެރެއަށް މި ހިފަނީ. އެ ވާހަކަ އެމްއެންޑީއެފާއި ނެެޝަނަލް ޑިޒާސްޓަރ މެނޭޖުމަންޓް ސެންޓަރުގެ ބޭފުޅުން ވެސް ކުރިން ވެސް ހިއްސާ ކުރައްވައިފި. މިއަދު ފެނިގެން ދަނީ ދެބައިކުޅަ އެއްބައި ތަރައްގީ. ހަދަންޖެހޭ ގޮތަށް ނޫން ގޮތަށް ހެދުނީމަ ދެން އެ ދިމާވާ ދަތިތައް މި ފެނިގެން ދަނީ. މިއީ ވަރަށް ހިތާމަ ހުރި ކަމެއް،" ރާއްޖޭގެ ފުރަތަމަ އަންހެން ޑިފެންސް މިނިސްޓަރު ވިދާޅުވިއެވެ.

"އެއީ ޕްލޭނިންގެ މައްސަލައެއް. އަމާ ބުނާތީ ފަރަށް ދާހެން ތަރައްގީ ގެނައީމަ މިއަދު ރައްޔިތުންނަށް ޖެހިފައި އޮތް ހާލު."

މާލޭގައި ފެންބޮޑުވުމުން، ލިބުނު ގެއްލުންތައް މިނިސްޓަރު މާރިޔާ ބައްލަވާލައްވަނީ-- ފޮޓޯ/ ޓްވިޓާ

ބުދަ ދުވަހު މެންދުރުން ފެށިގެން މެދުކެނޑުމެއް ނެތި ފަސް ގަޑިއިރު ވަންދެން މާލެށް ކުރި ވިއްސާރައިގައި ރެކޯޑު އަދަދަކަށް މާލެަށް ވަނީ ވާރޭ ވެހިފައެވެ. މޯލްޑިވްސް މީޓްރޮލޮޖިކަލް ސަރވިސް އިން ލަފާކުރާ ގޮތުގައި ބުދަ ދުވަހު މާލެއަށް 223.5 މިލިމީޓަރަށް ވުރެ ގިނައިން ވާރޭ ވެހިފައިވެއެވެ. އެއީ ރެކޯޑު އަދަދެއް ކަމަށް މެޓް އޮފީހުން ބުންޏެވެ.

ވިއްސާރައިގައި މާލޭގެ 160 ގެެއަކަށް އެކި ވަރުގެ ގެއްލުންތައް ވަނީ ވެފައެވެ. އެގޮތުން ދިރިނޫޅެވޭ ވަރަށް ގެތަކަށް ފެންވަނުމުގެ ސަބަބުން ދެ ގެއަކުން ވަނީ މީހުން ހުސްކޮށްފައެވެ. އަދި ބައެއް ފިހާރަތަކަށާއި ގުދަންތަކަށާއި ކެފޭތަކަށް ވެސް ފެންވަދެ، އަގުބޮޑެތި މުދާތަކަށް ވަނީ ގެއްލުންވެފައެވެ.

އެންޑީއެމްސީ އިން ބުނީ މާލެއަށް ކުރި ވިއްސާރައިގައި ހާލުގައި ޖެހުނީ ދެ އާއިލާއެއް ކަމަށާއި ހާލުގައި ޖެހުނު 20 މީހުންނަށް ގެސްޓުހައުސްއަކުން ވަގުތީ ހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި އެ މީހުންގެ ކެއިންބުއިމާއި އެހެނިހެން ހަރަދުތައް ވެސް އެ ސެންޓަރުން ހަމަޖައްސައި ދީފައިވާނެ ކަމަށް އެންޑީއެމްސީން ބުންޏެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

މިއީ އޮޅުވާލާ ސަރުކާރެއް، ވަގު ސަރުކާރެއް: ޝާހިދު

14 ފެބުރުއަރީ 2017
މިއީ އޮޅުވާލާ ސަރުކާރެއް، ވަގު ސަރުކާރެއް: ޝާހިދު
13 ފެބުރުއަރީ 2017

ފުވައްމުލަކަށް ދަތުރު ކުރި "ނާރެސް ބޯޓް" ފަރަށް އަރާއިފި

13 ފެބުރުއަރީ 2017
ފުވައްމުލަކަށް ދަތުރު ކުރި "ނާރެސް ބޯޓް" ފަރަށް އަރާއިފި
02 ފެބުރުއަރީ 2017

ހިލަ ހިފައިގެން އިނގުރައިދުއަށް ދިޔަ ބާޖެއް ފަރަށް އަރައިފި

02 ފެބުރުއަރީ 2017
ހިލަ ހިފައިގެން އިނގުރައިދުއަށް ދިޔަ ބާޖެއް ފަރަށް އަރައިފި
01 ފެބުރުއަރީ 2017

އަމާނާތުގެ ޓިކެޓް ވިއްކަން ފަށައިފި

01 ފެބުރުއަރީ 2017
އަމާނާތުގެ ޓިކެޓް ވިއްކަން ފަށައިފި
26 ޖެނުއަރީ 2017

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ
23 ޖެނުއަރީ 2017

ގައުމު އަމާން ބަނދަރަކަށް ގެންދެވޭނީ ރައީސް ނަޝީދަށް:މުސްތަފާ

23 ޖެނުއަރީ 2017
ގައުމު އަމާން ބަނދަރަކަށް ގެންދެވޭނީ ރައީސް ނަޝީދަށް:މުސްތަފާ
16 ޖެނުއަރީ 2017

ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި

16 ޖެނުއަރީ 2017
ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ

06 ޖެނުއަރީ 2017
ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް