Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލިސް އިންތިޚާބު 2019

87 ދާއިރާއަށް ކުރިމަތިލައިގެން އެމްޑީޕީއަށް ގިނަ ގޮނޑިތަކެއް ނުލިބޭނެ: ނަޝީދު

2 ޑިސެމްބަރު 2018 | އާދީއްތަ 02:01

ހޯދޭނެ ގޮނޑިތަކެއް ދޫކޮށްލުމުގެ މާނައެއް ނެތް: ނަޝީދު

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 2 ޑިސެމްބަރު 2018 | އާދީއްތަ 02:01
ހޮނިހިރު ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ކުރީގެ ރައީސް ނަޝީދާއި ގައުމީ މަޖިލީހުގެ އެހެން މެމްބަރުން

ހޮނިހިރު ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ކުރީގެ ރައީސް ނަޝީދާއި ގައުމީ މަޖިލީހުގެ އެހެން މެމްބަރުން

ރައްޔިތުންގެ މަޖިލީހުގެ 87 ދާއިރާއަށް އެމްޑީޕީން ކުރިމަތިލައިގެން އެންމެ ގިނަ ގޮނޑި އެ ޕާޓީއަށް ނުލިބޭނެ ކަމަށް އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ ބޭއްވި އެމްޑީޕީ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ އެމްޑީޕީގެ ހަމައެކަނި އަމާޒަކީ މަޖިލީހުގެ ގިނަ ގޮނޑިތަކެއް ހޯދުން ނޫން ކަމަށާއި އެ ޕާޓީގެ އަމާޒަކީ ރައީސް ސޯލިހުގެ ސަރުކާރު ދެމެހެއްޓުން ކަަމަށެވެ. އެމްޑީޕީ ގައުމީ މަޖިލީހުގެ އިސް ވާޖިބަކީ ވެސް އެއީ ކަމަށާއި އެކަން ކުރުމަށްޓަކައި ގައުމީ މަޖިލީހުގެ އެންމެން އެކަމުގައި މަސްއޫލުވާންޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ނަމަވެސް، އެމްޑީޕީން އެކަނި ނުކުމެ އަޣުލަބިއްޔަތު ހޯދޭނެ ގޮނޑިތަކެއް އެހެން ޕާޓީތަކަށް ދޫކުރުމުގެ މާނައެއް ނެތް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި މިހާތަނަށް ކުރެވުނު މަޝްވަރާތަކުން ކޯލިޝަންގައި ހިމެނޭ ޕާޓީތަކަށް އެމްޑީޕީން ހުށަހެޅި ކަންތައްތަކަށް އެއްބަސްވެވިފައި ނުވާތީ، އެމަނިކުފާނަށް ވެސް ރަނގަޅީ 87 ދާއިރާއަށް އެމްޑީޕީން ވާދަކުރުން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެނަށް ފެނުނީ އެމްޑީޕީން 61 ގޮނޑިއަށް ކުރިމަތިލެވޭނެ ގޮތެއް ހޯދުމަށް. މި ދެންނެވި 61 ގޮނޑީގެ ތެރެއިން މާލޭގެ 10 ގޮނޑިއާއި އައްޑޫގެ ހަތް ގޮނޑިއާ، ނުވަތަ އެހެން ގޮތަކުން ދަންނަވަންޏާ 56 ޕަސެންޓަށް ވުރެ ދަށުން ލިބޭ ގޮނޑިތަކުގެ ތެރޭގައި މި ވަނީ 14 ވަރަކަށް ގޮނޑި. އަޅުގަނޑުމެން އެހެން ޕާޓީތަކުގެ ކިބައިން ދޫކޮށްލުމަށް މި އެދެނީ އަޅުގަނޑުމެން އެކަނި ނުކުމެ އަގުބަލިއްޔަތު ނުހޯދޭ ގޮނޑިތައް. އަޅުގަނޑުމެން އެކަނި ނުކުމެ އަޣުލަބިއްޔަތު ހޯދޭ ގޮނޑިތަކުގައި އެހެން ޕާޓީތަކަށް ދޫކުރުމުގެ މާނައެއް ނެތް،" ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑަށް ވެސް ފެންނަނީ 87 ގޮނޑިއަށް ތާއިދު ކުރަން. އަޅުގަނޑެއް ނުދެކެން އަޅުގަނޑުމެންނަށް އެންމެ ގިނަ ގޮނޑި ލިބޭނީ 87 ގޮނޑިއަށް ވާދަ ކުރީމާ ކަމަކަށް. އެހެން ނަމަވެސް މި ޕާޓީގެ އެންމެ ބޮޑު މަސްލަހަތު އޮތީ 87 ގޮނޑިއަށް ވާދަ ކުރަން ކަމަށް މި މަޖިލީހުން އަޅުގަނޑަށް ފެންނާތީ އަޅުގަނޑު ވެސް ތާއިދު ކުރަނީ 87 ގޮނޑިއަށް ތާއިދު ކުރަން."

ރައީސް ނަޝީދު ވިދާޅުވީ ކޯލިޝަނުން މަޖިލީހުގެ ގޮނޑިތަކަށް ވާދަކުރާނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާތައް ކުރިއަށް ދިޔައިރު، ކޮންމެ ދުވަހަކު ދެ ފަހަރު ރައީސް ސޯލިހަށް އެކަން ހިނގަމުންދާ ގޮތް ދެންނެވި ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ދާއިރާއަކަށް ކުރިމަތިލައިގެން 2014 ވަނަ އަހަރު އެމްޑީޕީއަށް ލިބުނީ މަޖިލީހުގެ 26 ގޮނޑިއެވެ. އެފަހަރު އެމްޑީޕީއާ ދެކޮޅަށް ކޯލިޝަން ހަދައިގެން ނުކުތް ޕީޕީއެމާއި ޖުމްހޫރީ ޕާޓީ އާއި އެމްޑީއޭ ކޯލިޝަނުން މަޖިލީހުގެ 53 ގޮނޑި ކާމިޔާބު ކުރިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު

10 ފެބުރުއަރީ 2017
މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު
05 ފެބުރުއަރީ 2017

ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

05 ފެބުރުއަރީ 2017
ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި
01 ފެބުރުއަރީ 2017

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް