Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޕީޖީ ބިޝާމް

ޕީޖީ ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނެއްކާވެސް ހުށަހަޅައިފި

ޕީޖީގެ މަގާމަށް އައްޔަންކުރީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 28 ނޮވެމްބަރު 2018 | ބުދަ 11:51
ޕީޖީ ބިޝާމަށް މަޤާމުގެ ފަތްކޮޅު ކުރީގެ ރައީސް ޔާމީން އަބްދުﷲ އަރުވަނީ

ޕީޖީ ބިޝާމަށް މަޤާމުގެ ފަތްކޮޅު ކުރީގެ ރައީސް ޔާމީން އަބްދުﷲ އަރުވަނީ

ޕްރޮސިކިއުޓަރ ޖެނަރަލް އާއިޝަތު ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް އަނެއްކާވެސް ހުށަހަޅައިފިއެވެ.

ޕީޖީ ބިޝާމްގެ އިތުބާރުނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް މިފަހަރު ވެސް ހުށަހަޅުއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) އެވެ.

Advertisement - newsAdvertisement

މެމްބަރު އަބުޅޯ ވިދާޅުވީ ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ މަޖިލީހަށް ލާފައިވަނީ ފާހަގަ ކުރަންޖެހޭ ކަންކަން ފާހަގަ ކުރުމަށްފަހު ކަމަށެވެ. މިއީ ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ އޭނާ ހުށައެޅުއްވި ދެވަނަ ފަހަރެވެ. ފުރަތަމަ ފަހަރަށް އެ މައްސަލަ ހުށައެޅުއްވުމަށްފަހު ގެންދެވީ އިތުރަށް ފުރިހަމަ ކުރުމަށް ކަމަށް ވިދާޅުވެއެވެ.

ކުރީގެ މައްސަލައާއި ޚިލާފަށް މިފަހަރު ޕީޖީގެ އިތުބާރު ނެތްކަމުގެ މައްސަލަ އަބުޅޯ ހުށަހަޅުއްވާފައި ވަނީ ފަސް ސަބަބެއް ބަޔާންކޮށްފައި ނަމަވެސް ފަހުން މައްސަލަ ހުށައެޅީ އިތުރު ތިން ސަބަބަކާއެކުއެވެ.

އޭގެ ތެރޭގައި ހިމެނެނީ:

  • . ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އެދިވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހައްޔަރުކުރިއިރު މެންބަރުންނަށް ތުހުމަތުކުރެވޭ ކަންކަން ބުނެދީފައި ނުވުމާއި ފުލުހުންގެ އިދާރާއިން އެދޭ ކޮންމެ ކަމެއް ކޮށްދެއްވަމުން ގެންދަވާ އުސޫލުން ޕީޖީ ބިޝާމު އަމަލުކުރައްވާފައިވާ ކަން،
  • . މަޖިލީހުގެ މެންބަރަކު ޖިނާއީ ކުށެއްގެ ތުހުމަތުގައި ޕީޖީގެ އެދިވަޑައިގަތުމަކާ ނުލައި ބަންދުކޮށްފައި ބެހެއްޓިއިރު އެމައްސަލަ ބައްލަވާ އިޖުރައާތުތަކާ އެއްގޮތަށް އަމަލުކުރުމަށް އެންގުމުގެ ގޮތުން ގާނޫނީ މަގުން ޕީޖީ ބިޝާމު އެއްވެސް ކަމެއް ކުރައްވާފައި ނުވާ ކަން،
  • .ޖިނާއީ އިޖުރައާތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ހިލާފަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ބަންދުގެ މުއްދަތު އިތުރުކުރިއިރު އެކަން ހުއްޓުވާ އެކަމުން މަނާވެގެންފައި ނުވުން،
  • ޖިނާއީ އިޖުރައާތުގެ ގާނޫނާއި ޚިލާފަށް މަޖިލީހުގެ ބައެއް މެމްބަރުންގެ މބަންދުގެ މުއްދަތު އިތުރުކޮށްފައިވާއިރު އެކަން ހުއްޓުވާފައި ނުވުމާއި އެކަމުން މަނާވެގެންފައިވުން،
  • ޖިނާއީ އިޖުރައާތުގެ ގާނޫނުގައި ބަޔާންކުރާ އިޖުރައާތުތައް ފުރިހަމަ ނުވެ މަޖިލީހުގެ ބައެއް މެންބަރުންގެ މައްޗަށް ޝަރީއަތް ކުރަމުންދިޔައިރު އެކަން ހުއްޓުވާފައި ނުވުމާއި ގާނޫނާ އެއްގޮތަށް އެކަން ކުުރުމަށް ބާރުއަޅާފައި ނުވާ މައްސަލައިގައި،
  • . ޝަރީއަތުން ހުކުމެއް ކުރުމުގެ ކުރިން އެތަށް އާންމު ރައްޔިތުންގެ މިނިވަންކަން ނިގުޅައިގަނެވޭނެގޮތަށް ބަންދުކުރެވިފައިވާއިރު، އެކަމުގައި ޕީޖީ އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައި ނުވުން،
  • . ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ފުލުސް އޮފީހަށް ހާޒިރުވާން ޝަރުތުކޮށް އޭނާގެ އަނބިމީހާ ފުލުސްތެރޭގައި ރަހީނުކުރެވުނު މައްސަލާގައި ޕީޖީގެ އެއްވެސް ބަހެއް ވިދާޅު ނުވުމާއި އެކަމާއި ގުޅިގެން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވުން،
  • . ސިޔާސީ އެކި ސަބަބުތަކައްޓަކައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވި ބަންދުގައި ބޭތިއްބުނު ފަރާޓްތަކަށް ބަންދުގައި ތިބޭއިރު ލިބެންޖެހޭ އިނާޔަތްތައް ނުލިބުމާއި، ބަންދުކޮށްފައި ތިބޭ ތަނުގެ ހާޅަތާއިމެދު ހުށައެޅުނު ޝަކުވާތައް ބައްލަވައި ފިޔަވަޅު އަޅާފައި ނުވުން.

ބިޝާމް ޕީޖީގެ މަގާމަށް އައްޔަންކުރީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު