Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

އަސްލަމާއި އީވާގެ ފާޑުވިދާޅުވުން ގާސިމަށް

27 ނޮވެމްބަރު 2018 | އަންގާރަ 06:57

ފާޑުކިޔުން އަމާޒުވީ ބިލުގެ މަރުހަލާތައް ފުރިހަމަ ނުކުރުމުން

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 27 ނޮވެމްބަރު 2018 | އަންގާރަ 06:57
ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް

ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް

ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމާއި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމަށް ފާޑުވިދާޅުވެއްޖެއެވެ.

އަސްލަމާއި އީވާގެ ފާޑުކިޔުން ގާސިމަށް އަމާޒުވީ، 65 އަހަރުން މަތީގެ މީހުންނަށް ވެރިކަމަށް ކުރިމަތި ނުލެވޭ ގޮތަށް ޤާނޫން އަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރުމަށް ޕީޕީއެމުން މަޖިލީހަށް ހުށަހެޅުމާ އެކު، ބަހުސް ފަށައި ކުރިއަށް ގެންދިއުމުންނެވެ. އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވީ ބިލެއް މަޖިލީހަށް ހުށަހެޅުމުން ފުރިހަމަ ކުރަންޖެހޭ މަރުހަލާތައް ފުރިހަމަނުކޮށް، އުސޫލުތަކުގެ ބޭރުން ބިލުގެ ބަހުސް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

Advertisement - newsAdvertisement

ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ އަސްލަމް ވިދާޅުވީ 65 އަހަރުވުމުން ވެރިކަމަށް ކުރިމަތިނުލެވޭ އިސްލާހު ބާތިލު ކުރުމަށް ސަރުކާރުގެ އިސްލާހީ އެޖެންޑާގައި ހިމެނިފައިވާ ކަމަށާއި ނަމަވެސް ޕީޕީއެމުން ހުށަހެޅި ބިލު އަވަސް އަރުވާލައިގެން މަޖިލީހުގައި ކުރިއަށް ގެންދާތީ އަސްލަމް ވަނީ ކަންބޮޑުވުންފާޅު ކުރައްވާފައެވެ.

"އިއްޒަތްތެރި ރައީސަށް އެނގިވަޑައިގަންނަވާނެ ސަރުކާރުގެ އިސްލާހީ އެޖެންޑާގައި ހިމެނިފައިވާ ކަމެއް، މި އިސްލާހު ގާނޫނުއަސާސީއަށް ގެނައުމަކީ. އެހެންނަމަވެސް މިއަދު އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ މިފަދަ އިސްލާހެއް މި މަޖިލީހަށް ހުށަހެޅިފަ، އެ އިސްލާހު އަނބުރާ ގެންދެވީމަ އަލުން އަނބުރާ އިއްޔެ މި އިސްލާހު ހުށަހެޅިގެން، މިއަދުން މިއަދަށް ބަހުސް ވެސް މިތާގައިކޮށް ފާަސްކުރަން އަމާޒު ހިފާފައިވާތަން. މިއީ މިކަން ކުރެވިގެންވާނެ ގޮތެއް ނޫން،" އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރަކަށް އަލަށް ހޮއްވެވި އަސްލަމް ވިދާޅުވިއެވެ.

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވި ގޮތުގައި ގާސިމް މަޖިލިސް ކުރިއަށް ގެންދަން މަސައްކަތްޕުޅު ކުރައްވަނީ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު މަޖިލިސް ކުރިއަށް ގެންދެވި ގޮތަށެވެ. މަޖިލީހަށް ހުށަހަޅާ ބިލެއްގެ މަރުހަލާތައް ފުރިހަމަނުކޮށް، ބަހުސެއް ކުރިއަށް ގެންދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، އީވާ ވަނީ ގާސިމަށް ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވާފައެވެ.

"ކުއްލިއަކަށް މިތަނަށް އިދިކޮޅު ޕާޓީގެ މެމްބަރުން ލައްވައި ބިލުތަކެއް ގެނެސްގެން އެއްވެސް ކަހަލަ މަޝްވަރާއެއް ނެތި ގާނޫނުއަސާސީ އިސްލާހު ކުރަންވެގެން މި މަސައްކަތް މި ކުރަނީ. މިއަދު މި އޮތް އިސްލާހަކީ ރައްޔިތުންނާ ސީދާ ގުޅުން އޮތް އިސްލާހެއް ނޫން،" އީވާ ވިދާޅުވިއެވެ.

"މިހެން ބަދަލުތައް އަންނައިރު އަޅުގަނޑުމެން ވެސް ބޭނުންވަނީ އަޅުގަނޑުމެންނާ ވެސް މަޝްވަރާ ކުރެވިގެން، ސިޔާސީ ޕާޓީތަކުގެ ތެރޭގައި މަޝްވަރާ ކުރެވިގެން ރަނގަޅު ލެޖިސްލޭޓިވް އެޖެންޑާއެއް އަޅުގަނޑުމެންގެ ކުރިމައްޗަށް އައިސްގެން ކޮންމެ ވެސް ކަހަލަ ތަރުތީބަކުން ރަނގަޅު އުސޫލަކުން ރައްޔިތުންގެ މަޖިލީހުގެ ހަގީގީ އަސްލު ގަވާއިދާ އެއްގޮތަށް ކަންކަން ކުރުން. މަސީހުގެ ގަވާއިދަށް ކަންކަން ދިއުމެއް ނޫން،" އީވާ ވިދާޅުވިއެވެ.

އަސްލަމާއި އީވާ ރައްދު ކުރެއްވި ފާޑުކިޔުންތަކާ ގުޅިގެން ރިޔާސަތުގައި އިންނެވި ގާސިމް ވިދާޅުވީ އެމަނިކުފާނު މަޖިލިސް ކުރިއަށް ގެންދަނީ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް ކަމަށެވެ. އަދި މަޖިލީހަށް ހުށަހެޅިފައިވާ ހުރިހާ ބިލެއް މަޖިލީހަށް ހުށަހަޅައި ކުރިއަށް ގެންދިއުމަށް ފުރުސަތު ދެއްވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

އުމުރުން 65 އަހަރުވުމުން ވެރިކަމަށް ކުރިމަތި ނުލެވޭގޮތަށް ޤާނޫން އަސާސީއަށް ގެނައި އިސްލާހް ބާތިލް ކުރުމަށް ރައްޔިތުންގެ މަޖިލީހަށް އެންމެ ފުރަތަމަ ހުށަހެޅީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އިބްރާހިމް ފަލާހެވެ. އޭނާ ހުށަހެޅުއްވި ބިލު އަނބުރާ ގެންދިއުމުން، އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އަލީ އާރިފު ވަނީ ހަމަ އެ އިސްލާހު އަންގާރަ ދުވަހު މަޖިލީހަށް ހުށަހަޅުއްވާފައެވެ. އޭނާ އެ ބިލު ހުށަހެޅި ދުވަހު، ބިލުގެ ބަހުސް ފަށައި ގަޑިއެއްހާއިރަށް ބަހުސް ކުރިއަށް ގެންދިޔައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

02 ސެޕްޓެމްބަރު 2017

ގާސިމަށް ކުރި ހުކުމް އޭޖީ އަކަށް އިސްތިއުނާފެއް ނުކުރެވޭނެ: ޝަމީމް

02 ސެޕްޓެމްބަރު 2017
ގާސިމަށް ކުރި ހުކުމް އޭޖީ އަކަށް އިސްތިއުނާފެއް ނުކުރެވޭނެ: ޝަމީމް
28 އޯގަސްޓު 2017

އަމިއްލަ އަށް ޑޮކްޓަރުން ގެނެސްގެން ފަރުވާ ހޯދަން ސަރުކާރުން ގާސިމަށް ނޭންގޭނެ:ހިސާން

28 އޯގަސްޓު 2017
އަމިއްލަ އަށް ޑޮކްޓަރުން ގެނެސްގެން ފަރުވާ ހޯދަން ސަރުކާރުން ގާސިމަށް ނޭންގޭނެ:ހިސާން
28 އޯގަސްޓު 2017

ބޭސްފަރުވާ ލަސްވާނަމަ ރާއްޖެއިން ބޭރުން ޑޮކްޓަރުން ގެނައުމުގެ ފުރުސަތު ގާސިމަށް އެބައޮތް: ހޯމް މިނިސްޓަރު

28 އޯގަސްޓު 2017
ބޭސްފަރުވާ ލަސްވާނަމަ ރާއްޖެއިން ބޭރުން ޑޮކްޓަރުން ގެނައުމުގެ ފުރުސަތު ގާސިމަށް އެބައޮތް: ހޯމް މިނިސްޓަރު
27 އޯގަސްޓު 2017

މަރުގެ ތުންފަތްމަތީގައި ހޮސްޕިޓަލުގައި އޮންނެވި ގާސިމަށް ޖަލު ކޮއްތު!

27 އޯގަސްޓު 2017
މަރުގެ ތުންފަތްމަތީގައި ހޮސްޕިޓަލުގައި އޮންނެވި ގާސިމަށް ޖަލު ކޮއްތު!
26 އޯގަސްޓު 2017

ކަރެކްޝަނުން ތަންފީޒް ކުރަމުންދަނީ ގާސިމަށް ކުރި ހުކުމުގެ އެއްބައި: ޖޭޕީ

26 އޯގަސްޓު 2017
ކަރެކްޝަނުން ތަންފީޒް ކުރަމުންދަނީ ގާސިމަށް ކުރި ހުކުމުގެ އެއްބައި: ޖޭޕީ
25 އޯގަސްޓު 2017

ގާސިމަށްކުރި ހުކުމުގައި އަދުލުވެރިކަމުގެ ތަންފުކެއްވެސް ނެތް: އަދާލަތު ޕާޓީ

25 އޯގަސްޓު 2017
ގާސިމަށްކުރި ހުކުމުގައި އަދުލުވެރިކަމުގެ ތަންފުކެއްވެސް ނެތް: އަދާލަތު ޕާޓީ
25 އޯގަސްޓު 2017

ގާސިމަށް އިއްވީ ސިޔާސީ ހުކުމެއް: ނަޝީދު

25 އޯގަސްޓު 2017
ގާސިމަށް އިއްވީ ސިޔާސީ ހުކުމެއް: ނަޝީދު
12 މެއި 2017

ގާސިމަށް ލިބިދޭ އަސާސީ ހައްގުތަކުން މަހުރޫމް ކުރުން ގާނޫނުއަސާސީއާ ހިލާފް: އެމްޑީޕީ

12 މެއި 2017
ގާސިމަށް ލިބިދޭ އަސާސީ ހައްގުތަކުން މަހުރޫމް ކުރުން ގާނޫނުއަސާސީއާ ހިލާފް: އެމްޑީޕީ
12 އެޕްރީލު 2017

ގާސިމަށް ކޮށްފައިވަނީ ބާތިލް ދައުވާއެއް، ދައުވާ އަނބުރާ ގެންދަންޖެހޭ: ވަކީލުން

12 އެޕްރީލު 2017
ގާސިމަށް ކޮށްފައިވަނީ ބާތިލް ދައުވާއެއް، ދައުވާ އަނބުރާ ގެންދަންޖެހޭ: ވަކީލުން
05 އެޕްރީލު 2017

ގާސިމަށް ފުރުން މަނާކުރާ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފި

05 އެޕްރީލު 2017
ގާސިމަށް ފުރުން މަނާކުރާ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް