Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާ-ޔޫކްރެއިން

ޔޫކްރެއިންގައި މާޝަލް ލޯ އިއުލާނުކޮށްފި

ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ ނިޔަލަށް މާޝަލް ލޯ ހިންގާނެ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 26 ނޮވެމްބަރު 2018 | ހޯމަ 20:36
ޔޫކްރެއިންގެ ކަނޑުގެ ސިފައިންގެ އުޅަނދުތަކާއި ރަޝިއާގެ އަސްކަރީ އުޅަނދުތަކާދެމެދު އާދީއްތަ ދުވަހުވަނީ ހަމަލާ ބަދަލުކޮށްފައި

ޔޫކްރެއިންގެ ކަނޑުގެ ސިފައިންގެ އުޅަނދުތަކާއި ރަޝިއާގެ އަސްކަރީ އުޅަނދުތަކާދެމެދު އާދީއްތަ ދުވަހުވަނީ ހަމަލާ ބަދަލުކޮށްފައި

ރަޝިއާއިން ޔޫކްރެއިންގެ ކަނޑުގެ ސިފައިންގެ ތިން އުޅަނދަކާއި އޭގެ 23 ފަޅުވެރިން އާދީއްތަ ދުވަހު ހައްޔަރުކުރުމުން އެ ގައުމުގައި މާޝަލް ލޯ އިއުލާނުކޮށްފިއެވެ.

ރައީސް ޕެޓްރޯ ޕްރުޝެންކޯ ހުށަހެޅުއްވި ހުށަހެޅުއްވުމަށް ހޫނު ބަހުސްތަކެއް ކުރުމަށްފަހު ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންވަނީ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ ނިޔަލަށް މާޝަލް ލޯ ހިންގުމަށް ރުހުން ދީފައެވެ.

މާޝަލް ލޯ އިއުލާނުކުރެވުމާއެކު މިހާރު އެ ގައުމުގައި އާއްމު އެއްވުންތައް ހުއްޓުވައި މީޑިއާގެ މިނިވަންކަން ހަނިކުރެވިދާނެއެވެ.

ޔޫކްރެއިންގެ ކަނޑުގެ ސިފައިންގެ އުޅަނދުތަކާއި ރަޝިއާގެ އަސްކަރީ އުޅަނދުތަކާ ދެމެދު އާދީއްތަ ދުވަހު ހަމަނުޖެހުން ހިނގީ 2014 ވަަނަ އަހަރު ރަޝިއާގެ ބައެއްގެ ގޮތުގައި ކަނޑައެޅި ކްރައިމިއާގެ ކަނޑުގެ ސަރަހައްދުގައެވެ.

ރަޝިއާގެ ކޯސްޓްގާޑުގެ ބޯޓުންވަނީ ޔޫކްރެއިންގެ ސްޕެޝަލް ފޯސަސްގެ ބޯޓުން ހަަމަލާ ދިނުމުގެ ކުރިން ބަޑިން ހަމަލާދީފައެވެ.

ހަމަލާ ތަކުގައި ޔޫކްރެއިންގެ ހައެއްކަ މީހުން ޒަޚަމްވިއެވެ.

ޔޫކްރެއިންއިން ބުނެފައިވަނީ ރަޝިއާގެ އަމަލަކީ ދެކޮޅުވެރިކަމުގެ އަމަލެއްކަމަށެވެ. ރަޝިއާއިން ބުނެފައިވަނީ ޔޫކްރެއިންގެ އުޅަނދުފަހަރު ރަޝިއާގެ ކަނޑުގެ ސަރަހަށްދަށް ގަވައިދާ ޚިލާފަށް ވަދެފައިވާކަމަށެވެ.

ޔޫކްރެއިންގައި ވަކިވެގަތުމަށް މަސައްކަތްކުރާ ހަނގުރާމަވެރިންނަށް 2014 ވަނަ އަހަރުންފެށިގެން ރަޝިއާއިން މަދަދު ދެމުންދިޔަ ނަމަވެސް ރަޝިއާގެ ކަނޑުގެ ސިފައިންގެ އުޅަނދުފަހަރާއި ޔޫކްރެއިންގެ ކަނޑުގެ ސިފައިންގެ އުޅަނދުފަހަރާ ދެމެދު މި ފަހުގެ ތާރީޚެއްގައި ބަޑީގެ ހަމަލާތައް ބަދަލުކުރެވުނު މިއީ ފުރަތަމަ ފަހަރެވެ.

އިތުރަށް ކިޔާލަން

06 މާރިޗު 2019

ޓިއުނީޝިއާގައި ރިޔާސީ އިންތިޚާބާއި ޢާއްމު އިންތިޚާބު ބާއްވަން އިއުލާނުކޮށްފި

06 މާރިޗު 2019
ޓިއުނީޝިއާގައި ރިޔާސީ އިންތިޚާބާއި ޢާއްމު އިންތިޚާބު ބާއްވަން އިއުލާނުކޮށްފި
23 ފެބުރުއަރީ 2019

ސޫދާނުގެ ސަރުކާރު އުވާލައި އަހަރުދުވަހަށް ކުއްލި ހާލަތު އިއުލާނުކޮށްފި

23 ފެބުރުއަރީ 2019
ސޫދާނުގެ ސަރުކާރު އުވާލައި އަހަރުދުވަހަށް ކުއްލި ހާލަތު އިއުލާނުކޮށްފި
28 އޮކްޓޯބަރު 2018

އިސްރާއިލާ ދެމެދު ހަމަލާ ބަދަލުކުރުން ހުއްޓާލިކަން އިސްލާމިކް ޖިހާދުން އިއުލާނުކޮށްފި

28 އޮކްޓޯބަރު 2018
އިސްރާއިލާ ދެމެދު ހަމަލާ ބަދަލުކުރުން ހުއްޓާލިކަން އިސްލާމިކް ޖިހާދުން އިއުލާނުކޮށްފި
31 ޖުލައި 2018

ޒިމްބާބުވޭގެ އިންތިޚާބު: އިދިކޮޅު ކޯލިޝަނުން އަމިއްލައަށް ކާމިޔާބީ އިއުލާނުކޮށްފި

31 ޖުލައި 2018
ޒިމްބާބުވޭގެ އިންތިޚާބު: އިދިކޮޅު ކޯލިޝަނުން އަމިއްލައަށް ކާމިޔާބީ އިއުލާނުކޮށްފި
24 ޖޫން 2018

އިރާގުގެ އިންތިޚާބު: ބޮޑުވަޒީރު އަބާދީއާއިއެކު ސަދްރުގެ ކޯލިޝަން އިއުލާނުކޮށްފި

24 ޖޫން 2018
އިރާގުގެ އިންތިޚާބު: ބޮޑުވަޒީރު އަބާދީއާއިއެކު ސަދްރުގެ ކޯލިޝަން އިއުލާނުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު