Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕްރޮސިކިއުޓަ ޖެނެރަލް

ޕްރޮސިކިއުޓަ ޖެނެރަލް ވަކިކުރުމަށް ހުށަހެޅި މައްސަލަ އަނބުރާ ނަގައިފި

މައްސަލަ ނެންގެވީ ބައެއް ކަންކަން އިސްލާހު ކުރުމަށް

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު, ރާއްޖެ އެމްވީ | 23 ނޮވެމްބަރު 2018 | ހުކުރު 13:24
ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް

ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް

ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް މަގާމުން ވަކިކުރުމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދު (އަބުޅޯ) ހުށަހެޅުއްވި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފަހު އަނބުރާ ނައިފިއެވެ.

ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް މަގާމުން ވަކިކުރުމުގެ މައްސަލަ މަޖްލީހަށް ހުށަހެޅުއްވީ މިދިއަ ހޯމަ ދުވަހުއެވެ. ނަމަވެސް ހަމަ އެދުވަހު މެމްބަރު އަބްދުﷲ ވަނީ އެމައްސަލަ އަނބުރާ ގެންދަވާފައެވެ.

މަޖްލީހަށް ހުށަހެޅި މައްސަލައިގައި އަބްދުﷲ މެމްބަރު އަބްދުﷲ ތުހުމަތު ކުރައްވާފައި ވަނީ ޕީޖީ ބިސާމް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާމެދު އަމަލު ކުރައްވާފައިވަނީ ސިޔާސީ ވިސްނުމެއްގައި ކަމަށާއި މެމްބަރުންނަށް ދައުވާތައް އުފުލާފައި ވަނީ އެއްވެސް ބެލުމެއް ނެތި ސިޔާސީ ގޮތުން ކަމަށެވެ.

ހުކުރު ދުވަހު (މިއަދު) އޮންލައިން ނޫސް "މިހާރު" އަށް ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ މައުލޫމާތު ދެއްވަމުން ވިދާޅުވީ މިދިޔަ ހޯމަ ދުވަހު ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދު (އަބުޅޯ) ހުށަހެޅުއްވި މައްސަލަ ހަމަ އެ ދުވަހު އަނބުރާ ނަންގަވާފައިވާ ކަމަށެވެ.

ޕްރޮސިކިއުޓަ ޖެނެރަލް ބިޝާމްގެ މައްސަލަ އަނބުރާ ގެންދެވި ސަބަބު ހޯދުމަށް "ރާއްޖެއެމްވީ" އިން މެމްބަރު އަބްދުﷲ އަށް ގުޅާލުމުން ވިދާޅުވީ "މިވަގުތު މީނީ ބަޔަކާއެކު، ތިވާހަކަ ކިޔައިދޭން ފަހުން ގުޅާނަން" ކަމަށެވެ.

އޭގެ ވަގުތުކޮޅެއް ފަހުން އެމައްސަލަ އަނބުރާ ނެންގެވި ސަބަބެއް ކަމަށް ވިދާޅުވެ، އަބްދުﷲ ޓްވީޓް ކުރައްވާފައިވަނީ އިސްލާހު ކުރަންޖެހޭ ބައެއް ކަންކަން ހުރުމުން، އެކަންކަން އިސްލާހުކޮށްފައި އަލުން މަޖްލީހަށް ހުށަހެޅުމަށް ކަމަށް ވިދާޅުވެއެވެ.

އަބްދުﷲ ވިދާޅުވީ ބިޝާމް މަޤާމުން ދުރުކުރުމަށް ހުށަހެޅި މައްސަލައިގައި ފާހަގަކޮށްފައިވަނީ ޖުމްލަ ފަސް ކަމެއް ނަމަވެސް އިތުރަށް ފާހަގަ ކުރަންޖެހޭ ބައެއް ކަންކަން ހުރުމުން އެކަންތައްތައް އިސްލާހުކުރުމަށްފަހު އަލުން މަޖްލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.

"ޕީޖީ ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އަޅުގަނޑު ހުށަހެޅި ކަންކަމުގައި ހިމެނިފައިވާނީ ފަސް ކަމެއް، ނަމަވެސް އިތުރަށް އިތުރަށް ފާހަގަކުރަންޖެހޭ ބައެއް ކަންތައްތަކެއް ހުރުމާއެކު އެކަން އިސްލާހުކޮށްފައި މައްސަލަ މަޖްލީހަށް ވަށްދާނަން، އަދި ނުނިމޭ ޕީޖީ ބިޝާމް ބޭރުކުރެވޭނެ" އަބްދުﷲ ވިދާޅުވެފައިވެއެވެ.

ކުރިން އެޓާނީ ޖެނެރަލްގެ މަގާމު ވެސް ފުރުއްވި ބިޝާމް ޕީޖީގެ މަގާމަށް ނޮވެމްބަރު، 2015 ގައި އައްޔަން ކުރެއްވީ އޭރުގެ ޕީޖީ މުހުތާޒް މުހުސިންގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކޮށް، އޭނާ މަގާމުން ވަކި ކުރުމުންނެވެ. އޭރު ބިޝާމް ހުންނެވީ ރައީސް އަބްދުﷲ ޔާމީންގެ ލީގަލް އެޑްވައިޒަރަކަށް ރައީސް އޮފީހުގަ އެވެ.

ރައީސް ޔާމީންގެ ސަރުކާރުން ސިޔާސީ ލީޑަރުން ޖަލަށްލާފައިވާއިރު އެ ދައުވާތައް ކުރީ ރައީސް ޔާމީންގެ އެންގުމަށް ސިޔާސީ ބޭނުމުގައި ބިޝާމް ކަމަށް އިދިކޮޅު ފަރާތްތަކުން އޭރު ތުހުމަތު ކުރި އެވެ.

މިދިޔަ ރިޔާސީ އިންތިޚާބުގެ ނަތީޖާ އަށް ފަހު، ބައެއް ދައުވާތައް ޕީޖީން އަނބުރާ ގެނައުމާއި ބައެއް ތުހުމަތުތަކުގައި ބަންދުގައި ތިބި މީހުން މިނިވަން ކުރުމުގެ އިތުރުން ބައެއް ސިޔާސީ ލީޑަރުންގެ މައްޗަށްކޮށްފައިވާ ހުކުމްތައް ރިވިއުކޮށްދިނުމަށް ސުޕްރީމް ކޯޓުގައި އެދިފައިވެއެވެ.

ގާނޫނު އަސާސީގައި ޕީޖީ އައްޔަން ކުރުމާއި ވަކިކުރުމުގެ ބާރު ދީފައިވަނީ ރައްޔިތުންގެ މަޖިލީހަށެވެ.

ޤާނޫނު އަސާސީގައި އެހެން އޮތްނަމަވެސް ސުޕްރީމް ކޯޓުން މިދިޔަ އަހަރު ކުރި ހުކުމެއްގައިވާ ގޮތުން ޕްރޮސެކިއުޓާ ޖެނެރަލްގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސް ކުރިޔަސް، އެ ކަމުގައި ފަހު ބަސް ބުނާނީ ސުޕްރީމް ކޯޓުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު