Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުބާޒާރުގެ އަގުތަށް

ބާޒާރުގައި ފަޅޯގެ އަގު އުފުލިއްޖެ

ފަޅޯކިލޯ އެއް މިހާރު އުޅެނީ 35 ރުފިޔާ އާއި 45 ރުފިޔާ އަށް.

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 21 ނޮވެމްބަރު 2018 | ބުދަ 14:20
ބާޒާރުގައި ފަޅޯތަކެއް - ފަޅޯކިލޯ އެއް މިހާރު އުޅެނީ 35 ރުފިޔާ އާއި 45 ރުފިޔާ

ބާޒާރުގައި ފަޅޯތަކެއް - ފަޅޯކިލޯ އެއް މިހާރު އުޅެނީ 35 ރުފިޔާ އާއި 45 ރުފިޔާ

ބާޒާރުގައި ފަޅޯގެ އަގު އުފުލިއްޖެ އެވެ.

ލޯކަލް މާރުކޭޓުގައި ފަޅޯ ކިލޯ އެއް މިހާރު ލިބެން ހުރީ 35 ރުފިޔާ އާއި 45 ރުފިޔާ އާއި ދެމެދުގެ އަގެއްގައެވެ.

ލޯކަލް މާރުކޭޓުގައި ފަޅޯ ވިއްކަމުންދާ ފަރާތްތަކުން ބުނީ ފަޅޯގެ އަގު މިހާރު އުފުލިފައި ވަނީ ފަޅޯ މާރުކޭޓަށް ލިބުން މަދުވުމުން ކަމަށާއި، ފަޅޯ ލިބުން މަދުވެފައި ވަނީ ރާއްޖެ އަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައިގެ ސަބަބުން ކަމަށެވެ.

އެ ފަރާތްތަކުން ބުނީ ލޯކަލް މާރުކޭޓަށް އެންމެ ގިނަ އިން ފަޅޯ ގެންނަނީ ތޮއްޑޫ އިން ކަމަށާއި، ފަޅޯ ލިބުން މަދުވެފައި ވަނީ ތޮއްޑޫގެ ފަޅޯދަނޑު ހަލާކުވުމުން ކަމަށެވެ.

މީގެ އިތުރުން ވެސް ބާޒާރުގެ ބައެއް ތަކެތީގެ އަގުތައް ވަނީ އުފުލިފައެވެ. އެގޮތުން ލުނބޯ ކިލޯ އެއް 20 ރުފިޔާ އާއި 25 ރުފިޔާ އާއި ދެމެދުގެ އަގަކަށް އުފުލިގެން ގޮސްފައިވާ އިރު، ދިވެހި މޮޅު ގިތެޔޮ މިރުސް ކިލޯ އެއް ލިބެނީ 200 ރުފިޔާއަށެވެ.

މިރިހުގެ އަގު ވެސް އުފުލިގެން ގޮސްފައި ވަނީ މިރުސް ލިބުން ދަތިވުމުގެ ސަބަބުން ކަމަށް ލޯކަލް މާރުކޭޓްގައި މިރުސް ވިއްކާ ފަރާތްތަކުން ވަނީ ބުނެފައެވެ.

މާރުކޭޓްގައި މިރުސް ވިއްކާ މީހަކު ބުނެފައި ވަނީ މިރުސް ލިބުން ވެސް ދަތިވެފައި ވަނީ ވިއްސާރަވުމުގެ ސަބަބުން ކަމަށެވެ. މިހާރު އޭނާ އަށް އާންމު ގޮތެއްގައި ލިބެނީ ދެ ބަސްތާ އާއި ތިން ބަސްތާގެ މިރުސް ކަމަށެވެ. އަންގާރަ ދުވަހު ލޯކަލް މާރުކޭޓްގެ ތަކެތީގެ އަގު ހުރި ގޮތަށް ބަލާއިރު:

  • ބަށި ކިލޯ އެއް 40 ރުފިޔާ
  • ކޯލީފްލާވަރ ކިލޯ އެއް 45 ރުފިޔާ
  • ހުދު ކެބެޖް 30 ރުފިޔާ
  • ޗިޗަންޑާ 35 ރުފިޔާ
  • ބީޓްރޫޓް 45 ރުފިޔާ
  • ކައްޓަލަ 40 ރުފިޔާ
  • އިނގުރު ކިލޯ އެއް 45 ރުފިޔާ
  • ލޮނުމެދު ކިލޯ އެއް 25 ރުފިޔާ އާއި 30 ރުފިޔާ އާއި ދެމެދުގެ
  • ޓޮމާޓޯ ކިލޯ އެއް 20 އަދި 25 ރުފިޔާ
  • ކަރާ ކިލޯ އެއް 30 ރުފިޔާ
  • ކާއްޓެއް ފަސްރުފިޔާ އާއި 10 ރުފިޔާ އާއި ދެމެދުގެ އަގެއްގައި
  • ކަންކުން ބޮނޑި އެއް 5 ރުފިޔާ އަށް
  • ކުރުނބާ ހުރީ 15 ރުފިޔާ އަށް
  • ދޮންކެޔޮ ހުރީ ކިލޯ އެއް 10 ރުފިޔާ އަށް
  • ވަކިން ދޮންކެޔޮ ވަކެއް ލިބެން ހުރީ 3 ރުފިޔާ އިން ފެށިގެން 7 ރުފިޔާ އާއި ދެމެދުގެ އަގެއްގައި އެވެ.

އިތުރަށް ކިޔާލަން

01 ޖޫން 2017

ފަތެއް ނެތް، ލިބެން ހުރި ފަތުގެ ބާވަތްތަކުގެ އަގުތައް އެހާ މަތީގަ!

01 ޖޫން 2017
ފަތެއް ނެތް، ލިބެން ހުރި ފަތުގެ ބާވަތްތަކުގެ އަގުތައް އެހާ މަތީގަ!
31 މެއި 2017

ދޮންކެޔޮ ތިޔާގި، އަގުތަށް އިންތިހާއަށް މަތީގައި

31 މެއި 2017
ދޮންކެޔޮ ތިޔާގި، އަގުތަށް އިންތިހާއަށް މަތީގައި
28 މެއި 2017

ކާބޯތަކެތީގެ އަގު ބޮޑުވާތީވެ ޓްރޭޑް ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށްފި

28 މެއި 2017
ކާބޯތަކެތީގެ އަގު ބޮޑުވާތީވެ ޓްރޭޑް ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށްފި
28 މެއި 2017

އާއްމުންނަށް ލުއިކޮށް ދިނުމަށް ރޯދަ މަހު 418 ބާވަތުގެ މުދާ ވިއްކޭނެ އެންމެ މަތީ އަގު ގަތަރު ސަރުކާރުން ކަނޑައަޅައިފި

28 މެއި 2017
އާއްމުންނަށް ލުއިކޮށް ދިނުމަށް ރޯދަ މަހު 418 ބާވަތުގެ މުދާ ވިއްކޭނެ އެންމެ މަތީ އަގު ގަތަރު ސަރުކާރުން ކަނޑައަޅައިފި
17 މެއި 2017

ވިލާ ގޭހުގެ އަގުހެޔޮކޮށްފި

17 މެއި 2017
ވިލާ ގޭހުގެ އަގުހެޔޮކޮށްފި
17 މެއި 2017

މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން

17 މެއި 2017
މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން
15 މެއި 2017

ރަޝިއާ އާއި ސައުދީން ތެޔޮ އުފެއްދުން އިތުރު ނުކުރުމުން ތެލުގެ އަގު %2 މައްޗަށް

15 މެއި 2017
ރަޝިއާ އާއި ސައުދީން ތެޔޮ އުފެއްދުން އިތުރު ނުކުރުމުން ތެލުގެ އަގު %2 މައްޗަށް
22 އެޕްރީލު 2017

ކާޑުގެ ބާވަތްތައް އަގު ހެޔޮ ކުރުން – ރައްޔިތުން ގުނބޯ ހެއްދުން؟

22 އެޕްރީލު 2017
ކާޑުގެ ބާވަތްތައް އަގު ހެޔޮ ކުރުން – ރައްޔިތުން ގުނބޯ ހެއްދުން؟
01 ފެބުރުއަރީ 2017

ވެލާނާ އެއާޕޯޓުގައި ކާގޯ ސްކްރީން ކުރުމަށް އަގު ނަގަން ފަށަނީ

01 ފެބުރުއަރީ 2017
ވެލާނާ އެއާޕޯޓުގައި ކާގޯ ސްކްރީން ކުރުމަށް އަގު ނަގަން ފަށަނީ
06 ޖެނުއަރީ 2017

އެސްޓީއޯ އިން ޕެޓްރޯލްގެ އަގު ބޮޑުކޮށްފި

06 ޖެނުއަރީ 2017
އެސްޓީއޯ އިން ޕެޓްރޯލްގެ އަގު ބޮޑުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު