Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖަމާޅް ޚަޝޯގީ

ޚަޝޯގީ މަރާލާ އަޑު ރެކޯޑް ކުރެވިފައިވާ އޯޑިއޯ އަޑުއެއްސެވުމަށް ޓްރަމްޕް ދެކޮޅު ހައްދަވައިފި

ތުރުކީން ވަނީ މި އޯޑިއޯ ޓޭޕް އެމެރިކާއާއި ޔޫރަޕްގެ އިއްތިހާދުގެ ގައުމުތަކަށް ފޮނުވައިފަ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 20 ނޮވެމްބަރު 2018 | އަންގާރަ 01:50
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ސަޢޫދީ ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ ގަތުލާ ބެހޭ އޯޑިއޯ ޓޭޕެއް އޮތްކަން އެނގިވަޑައިގަންނަވާ ކަމަށާއި އެ ޓޭޕްގެ އަޑު ނާއްސަވާނޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

"އެއީ ވަރަށް ވަރުގަދަ ޓޭޕެއް. ވަރަށް ބިރުވެރި ޓޭޕެއް." އާދީއްތަ ދުވަހު ފޮކްސް ނިވްސްގެ ނޫސްވެރިއަކާއެކު ދެއްކެވި ވާހަކަފުޅެއްގައި ޓްރަމްޕް ވިދާޅުވިއެވެ.

ސީއައިއޭގެ އިސް ބޭފުޅުން ތުހުމަތު ކުރައްވާ ގޮތުގައި ޚަޝޯގީ ގަތުލު ކޮށްފައި ވަނީ ސަޢޫދީ ވަލީ ޢަހްދު މުޙައްމަދު ބިން ސަލްމާންގެ އަމުރުފުޅަކަށެވެ. އެކަމަކު ވައިޓް ހައުސްއިން މި ވާހަކަ ގަބޫލެއް ނުކުރެއެވެ.

ސަޢޫދީ ސަރުކާރުން ވަނީ ސީއައިއޭގެ ތުހުމަތު ދޮގުކޮށްފައެވެ. ސަރުކާރުން ބުނާ ގޮތުގައި އެ ޤަތުލުގައި މުޙައްމަދު ބިން ސަލްމާންގެ އެއްވެސް ދައުރެއް ނެތެވެ.

ޚަޝޯގީ ގަތުލު ކުރީ ސީދާ ކާކުކަމެއް އަދިވެސް ނޭނގޭ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެެެވެ.

ޓްރަމްޕް ވިދާޅުވާ ގޮތުގައި އޯޑިއޯ ޓޭޕާ ބެހޭ ހުރިހައި މައުލޫމާތެއް އޭނާއަށް ވަނީ ލިބިވަޑައިގެންފައެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި ޚަޝޯގީގެ ގަތުލުގައި ބައިވެވަޑައިގަތުމެއް ނެތް ކަމުގެ ޔަަގީންކަން މުޙައްމަދު ބިން ސަލްމާން ވަނީ ދެއްވައިފައެވެ.

ޚަޝޯގީ ގަތުލުކޮށްފައި ވަނީ މިދިޔަ މަހުގެ ތެރޭގައި ތުރުކީގައި ހުންނަ ސަޢޫދީ ކޮންސިއުލޭޓްގައެވެ. މި ގަތުލަކީ ރާވައިގެން ހިންގި ޖަރީމާއެއް ކަމަށް ވަނީ ބެލެވިފައެވެ. އޭނާ ގަތުލު ކުރުމަށްޓަކައި ސަޢޫދީ ޢަރަބިއްޔާއިން 15 މީހަކު ތުރުކީއަށް ދިޔަ ކަމަށް ވަނީ ހެކިތަކުން ފެނިފައެވެ.

ތުރުކީން ވަނީ މި އޯޑިއޯ ޓޭޕް އެމެރިކާއާއި ޔޫރަޕްގެ އިއްތިހާދުގެ ގައުމުތަކަށް ފޮނުވައިފައެވެ.

އިތުރަށް ކިޔާލަން

23 ޖުލައި 2017

ބަޑިޖަހާ މަރާލާ، ރަޙުމުކޮށްގެން ނުވާނެ: އިންޑޮނޭޝިއާގެ ރައީސް

23 ޖުލައި 2017
ބަޑިޖަހާ މަރާލާ، ރަޙުމުކޮށްގެން ނުވާނެ: އިންޑޮނޭޝިއާގެ ރައީސް
01 ޖުލައި 2017

ނިއު ޔޯކްގެ ހޮސްޕިޓަލެއްގައި ދިން ބަޑީގެ ހަމަލާއެއްގައި އެކަކު މަރާލާއި ހަ މީހުން ޒަޚަމްކޮށްލައިފި

01 ޖުލައި 2017
ނިއު ޔޯކްގެ ހޮސްޕިޓަލެއްގައި ދިން ބަޑީގެ ހަމަލާއެއްގައި އެކަކު މަރާލާއި ހަ މީހުން ޒަޚަމްކޮށްލައިފި
28 ޖޫން 2017

އަލްޖަޒީރާ ހުއްޓާލަން އެންގުމަކީ މިޑިޔާގެ އަޑު ކަނޑުވާލުން: އދ

28 ޖޫން 2017
އަލްޖަޒީރާ ހުއްޓާލަން އެންގުމަކީ މިޑިޔާގެ އަޑު ކަނޑުވާލުން: އދ
23 ޖޫން 2017

އެފްބީއައިގެ ކުރީގެ ވެރިޔާ ކޯމޭގެ ވާހަކަތައް ރެކޯޑް ނުކުރައްވާ ކަަމަށް ޓްރަމްޕް ވިދާޅުވެެއްޖެ

23 ޖޫން 2017
އެފްބީއައިގެ ކުރީގެ ވެރިޔާ ކޯމޭގެ ވާހަކަތައް ރެކޯޑް ނުކުރައްވާ ކަަމަށް ޓްރަމްޕް ވިދާޅުވެެއްޖެ
12 އެޕްރީލު 2017

ގާނޫނު ހަދާ މަޖިލިހުގެ އަޑަކަށް ވާން ވާނީ ރައްޔިތުންގެ އަޑު: ދެކުނު އެފްރިކާގެ ކުރީގެ ރައީސް ތާބޯ އެމްބެކީ

12 އެޕްރީލު 2017
ގާނޫނު ހަދާ މަޖިލިހުގެ އަޑަކަށް ވާން ވާނީ ރައްޔިތުންގެ އަޑު: ދެކުނު އެފްރިކާގެ ކުރީގެ ރައީސް ތާބޯ އެމްބެކީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު