Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

އުދުހޭ ބަކަރި!

ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވަނީ ކަންބޮޑުވާ ދަރަޖައަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 19 ނޮވެމްބަރު 2018 | ހޯމަ 15:39
އުދުހޭ ބަކަރި ސިފަކޮށްދިނުމަށް ހަދާފައިވާ ފޮޓޯއެއް

އުދުހޭ ބަކަރި ސިފަކޮށްދިނުމަށް ހަދާފައިވާ ފޮޓޯއެއް

ފުރަތަމަ އުދުހޭ ބަކަރިއަކީ ކޮބައިކަން ބަލާލަމާ ހިނގާށެވެ.

އަދުރޭ އާއި މަނިކުއަކީ ވަރަށް ގާތް ދެ ރަހްމަތްތެރިންނެވެ. އެއް ދުވަހަކު އެ ދެ މީހުން ސަހަރެއްގައި ހިނގާފައި ދަނިކޮށް، ތަންކޮޅެއް ދުރުން ބޮޑު ދޫންޏެއް ކަހަލަ އެއްޗެއް ފެނުނެވެ. ކުއްލިއަކަށް މަނިކު ބުނެފި އެވެ. "އެއިނީ ބަކަރިއެއް" ކެވެ. އަދުރޭ އެދިމާލަން ބަލާލުމަށްފަހު ބުނެފި އެވެ. "ނޫން އެއީ ބޮޑު ދޫންޏެއް" ކަމަށެވެ.

ކޮންމެ އަކަސް އެ ދެ މީހުންގެ ހިޔާލުތަފާތުވެ، ބެޓް ކޮށްފި އެވެ. އަދުރޭ ވެސް މަނިކުވެސް ގޮތް ދޫކުރާކަން ބޭނުމެއް ނުވިއެވެ. ވަކި ހިސާބަކަށް ދެނުވުތަނާ އަދުރޭ އެ ސަރަހައްދުން ފެނުނު ގާގަނޑެއް އެ ދޫންޏާ ދިމާލަށް އެއްލާލައިފިއެވެ. ގާގަނޑު އެދޫނި ކައިރި ބިންމަތީ ޖެހުމާއެކު އުދުއްސާލައިފިއެވެ. އެއީ ބަކަރިއެއް ނޫނެވެ. ބޮޑު ދޫންޏެކެވެ.

އެއީ ދޫންޏެއްކަން އެނގުމާއެކު އަދުރޭ ވަރަށް ފޮނި ވެލާފައި ބުނެފިއެވެ. "ކޮބާ މަބުނީމެއްނު އެއީ ދޫންޏެކޭ"، އަދުރޭ އެހެން ބުނުމާއެކު މަނިކުވެސް ބުނެފިއެވެ. "އެއީ އުދުހޭ ބަކަރިއެކެވެ". އަސްލު މަނިކަށް ވެސް އެއީ ބަކަރިއެއް ނޫންކަން އެނގެއެވެ. ހަމަ ގޮތް ދޫކުރަން ބޭނުންނުވީއެވެ.

ގޮތް ދޫކުރަން ބޭނުން ނޫންނަމަ، މަނިކަށް ބަކަރި ވެސް އުދުހިދާނެތާއެވެ. ނަމަވެސް އެއީ އޭނާ ދެކޭ ގޮތެވެ. ހަގީގަތަކީ ބަކަރިއަކީ އޭގެ ޒާތުގައި އުދުހޭ އުޅޭ އެއްޗެއް ނޫންކަމެވެ.

ބުނަން މިއުޅޭނީ ނިމިދިޔަ ސަރުކާރަކީ ރާއްޖެ ދުއް އެންމެ ބޮޑެތި ޖަރީމާތައް ހިންގި ސަރުކާރުކަން ގިނަ ރައްޔިތުން ގަބޫލު ކުރެއެވެ. ގައުމު ތަރައްގީ ކުރަނީ ކަމަށްބުނެ، ބޮޑެތި އަދުތަކުން ދައުލަތުގެ ފައިސާއިން ވައްކަން ކޮށްފިއެވެ. ބޮޑެތި ކޮރަޕްޝަންގެ އެތައް އަމަލުތަކެއް ހިންގައިފިއެވެ. މާރާމާރީއާއި މީހުންމެރުމާއި ރައްޔިތުންގެ މެދުގައި މިހާވަރަށް ފިތުނަ ފަސާދަ އުފެދުނު ދުވަސްވަރެއް ނުދެކެވެ.

ނަމަވެސް މަނިކަށް އުދުހޭ ބަކަރިއެއް ފެނުނުގޮތަށް ރައީސް ޔާމީން ސަރުކާރުން ހިންގާފައިވާ ވައްކަމާއި ކޮރަޕްޝަނުގެ މައްސަލަތައް އެއީ ތަރައްގީގެ ބޮޑެތި ބިޔަ މަޝްރޫއުތަކުގެ ގޮތުގައި ރައީސް ޔާމީނަށް ވަފާތެރި މީހުންނަށް ފެނިދާނެތާއެވެ.

މީގައި އެންމެ ބޮޑު ނުރައްކަލަކީ މިބުނާ މަނިކުމެންފަދަ މީހުން ބޯވަގެ އުސޫލުވެސް ގެންގުޅޭތީއެވެ. ކުލަ ބަދަލުކުރުމާއި އިދިކޮޅު މީހުންގެ ތެރެއަށް އިދިކޮޅު މީހުންގެ ކުލައަށް ބަދަލުކޮށްލައިގެން ވަދެގަންނާތީއެވެ.

އެއަށްވުރެ ބޮޑު ނުރައްކަލަކީ، ކުލަ ބަދަލުކުރާ މީހުންގެ ނުފޫޒު ބޮޑުވެ، އިހުލާސްތެރިންނަކީ ކޮބައިކަން އޮޅޭ ހިސާބަށް ގައުމުގެ ކަންކަން ދިއުމެވެ. އާހިރުގައި ވައްކަން ކުރި މީހާއަށް ވައްކަމުގެ އެމައްސަލަ ބަލަން ހަވާލުކުރާ ހިސާބަށް ރާއްޖޭގެ ކަންކަން ގޮސްދާނެ ކަމާމެދު ކަންބޮޑު ވެއެވެ.

މިވަގުތު ގައުމުގައި ފަތުއަޑު ކިޔާފައި އިވޭއަޑަކީ ބައެއް މީހުން ބޯވަ ހެދިގެން އުޅޭ ވާހަކައެވެ. އަނެއް ބަޔަކު ކުލަ ބަދަލުކުރާ ބޮނޑެއް ގޮތަށް އުޅޭ ވާހަކައެވެ. ދެން ތިބި ބަޔަކު ގާހަކައަކަށް ވެގެން އިންނައިރު، އޭގެ މައްޗަށް އެރޭއިރު ރޭކާލާނީވެސް ހޭނެތޭވަރަށް ދިލަ ނަގަން ފެށުމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސެންޓްރަލް ޕާކުގައި އުދުހޭ ދޫނިތައް ބަލާލިންތަ؟

ސެންޓްރަލް ޕާކުގައި އުދުހޭ ދޫނިތައް ބަލާލިންތަ؟

09 އޯގަސްޓު 2019

އަހަރުތަކުން މިއަދު

15 އެޕްރީލު
އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"
20233 އަހަރު ކުރިން
ރިޕޯޓު

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް
20224 އަހަރު ކުރިން
ދުނިޔެ

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!
20215 އަހަރު ކުރިން
ރިޕޯޓު

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު