Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

ޕްރިޔަންކާ އާއި ދިޕިކާގެ ކައިވެނި ކުރާ ދުވަސް ދިމައެއް ނުވާނެ

މި ދެ ޖޯޑުގެ ކައިވެނީގެ ދެމެދުގައި މަދުވެގެން ތިން ދުވަހުގެ ގެޕެއް ލިބިގެން ދާނެ

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 29 އޮކްޓޯބަރު 2018 | ހޯމަ 19:41
ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޯނަސް

ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޯނަސް

ބޮލީވުޑް ގެ ދެތަރިން ކަމަށްވާ ރަންވީރު ސިންގް އާއި ދިޕިކާ ޕަދުކޯންގެ ކައިވެނި ކުރާ ދުވަހާއި ޕްރިޔަންކާ ޗޯޕްރާ އާއި އެމެރިކާގެ ލަވަކިޔުންތެރިޔާ ނިކް ޖޯނަސް ކައިވެނި ކުރާ ދުވަސް ދިމާ ނުވާނެ ކަމަށް ޚަބަރުތައް ބުނެފިއެވެ.

މި ދެ ޖޯޑުގެ ފޭނުންނަށް މި ޚަބަރު ވެގެން ދާނީ އެދެކައިވެނި ކްލޭޝް ވެދާނެ ކަމަށް ހިތް ނުތަނަވަސް ވެފައި ތިބި ފޭނުން ލިބޭނެ އުފާވެރި ޚަބަރަކަށެވެ.

ޑީއެންއޭއިން ރިޕޯޓްކޮށްފައިވާ ގޮތުން މި ދެ ޖޯޑުގެ ކައިވެނީގެ ދެމެދުގައި މަދުވެގެން ތިން ދުވަހުގެ ގެޕެއް ލިބިގެން ދާނެއެވެ.

ދީޕިކާ އާއި ރަންވީރު ވަނީ އެދެތަރިން ކައިވެނި ކުރާ ދުވަހަކީ ނޮވެމްބަރު މަހުގެ 14 އަދި 15 ކަމަށް އިއުލާން ކޮށްފައެވެ. އަދި މި ދެތަރިންގެ ކައިވެނި ކުރުމަށް ހަމަޖެހިފައިވަނީ އިޓަލީގެ ލޭކް ކޯމޯގައި ކަމަށް ޚަބަރުތައް ބުނެއެވެ. ކައިވެނީގެ ހަފްލާއަށް ދައުވަތު ދީފައިވަނީ ދެފަރާތުގެ އާއިލާ އާއި ގާތް އެކުވެރިންނަށް ކަމަށް ޚަބަރުތައް ބުނެއެވެ. އެއަށްފަހު ނޮވެމްބަރު 21 ގައި ބެންގަލޫރުގައި އިންޑިއާގައި ކައިވެނީގެ ހަފްލާ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ނޮވެމްބަރު 28 ގައި މުމްބައީގައި ވެސް ކައިވެނީގެ ދެވަނަ ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

ޚަބަރުތައް ބުނާ ގޮތުން ޕްރިޔަންކާ އާއި ނިކް ގެ ކައިވެނި ކުރުމަށް ހަމަޖެހިފައިވާ ތާރީޚަކީ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހެވެ.

"ޕްރިޔަންކާގެ މަންމަ މަދޫ ޗޯޕްރާ ބޭނުންވަނީ އޭނާގެ އަންހެން ދަރިފުޅުގެ ކައިވެނި އިންޑިއާގެ ސަގާފަތާއި އެއްގޮތަށް ކުރަން. ނޮވެމްބަރު 30 އަދި ޑިސެމްބަރު 1 ގައި މެހެނދީ އަދި ސަންގީތް އޮންނާނެ. ތިން ދުވަހަށް ކުރިއަށްދާ މި ދެ ފަންކްޝަނަށް ޖޯދްޕޫރުގެ ދެ ތަނެއް ވަނީ ހަމަޖައްސާފަ" އާއިލާ އާއި ގާތްމީހަކު ޑީއެންއޭއަށް ވަނީ ބުނެފައެވެ.

މި ދެމިހުންގެ ކައިވެނި ކުރުމަށް ހަމަޖެހިފައިވަނީ ޖޯދްޕޫރުގެ މެހްރަންގަރަ ފޯޓްގައި ކަމަށް ޚަބަރުތައް ބުނެއެވެ.

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

"ޕަދްމާވަތީ" ގައި ދިޕިކާ އާއި ރަންވީރު އެކުގައި ނުފެންނާނެ

13 ފެބުރުއަރީ 2017
"ޕަދްމާވަތީ" ގައި ދިޕިކާ އާއި ރަންވީރު އެކުގައި ނުފެންނާނެ
12 ފެބުރުއަރީ 2017

ދެ ދުވަސް ތެރޭގައި ޖޯލީ އެލްއެލްބީ 2 އަށް 30 ކަރޯޑަށް ވުރެ ގިނަ ރުޕީސް ލިބިއްޖެ

12 ފެބުރުއަރީ 2017
ދެ ދުވަސް ތެރޭގައި ޖޯލީ އެލްއެލްބީ 2 އަށް 30 ކަރޯޑަށް ވުރެ ގިނަ ރުޕީސް ލިބިއްޖެ
12 ފެބުރުއަރީ 2017

ޒޯޔާ އަކްތަރްގެ "ގަލީ ބޯއީ " ގައި އާލިއާ އާއި ރަންވީރް

12 ފެބުރުއަރީ 2017
ޒޯޔާ އަކްތަރްގެ "ގަލީ ބޯއީ " ގައި އާލިއާ އާއި ރަންވީރް
02 ފެބުރުއަރީ 2017

ރިލީޒްކުރިތާ ހަތް ދުވަސް، ލިބުނީ 79.60 ކްރޯޑް ރުޕީސް

02 ފެބުރުއަރީ 2017
ރިލީޒްކުރިތާ ހަތް ދުވަސް، ލިބުނީ 79.60 ކްރޯޑް ރުޕީސް
31 ޖެނުއަރީ 2017

"އިއްތިފާގު" ގެ ރީމޭކިންގައި ސިދާތް އާއި ސޯނާކްޝީ

31 ޖެނުއަރީ 2017
"އިއްތިފާގު" ގެ ރީމޭކިންގައި ސިދާތް އާއި ސޯނާކްޝީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު