Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

އަޔުޝްމަންގެ އެންމެ ކާމިޔާބު ފިލްމަކަށް ބަދާއީ ހޯ

މި ފިލްމަށް ވަނީ ފުރަތަމަ ހަފްތާގައި 61.85 ކްރޯޑް ރުޕީސް ލިބިފައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 26 އޮކްޓޯބަރު 2018 | ހުކުރު 08:24
ބަދާއީ ހޯގެ ޕޯސްޓަރު

ބަދާއީ ހޯގެ ޕޯސްޓަރު

ބޮލީވުޑްގެ ތަރި އަޔުޝްމަން ކުރާނާގެ އެންމެ ފަހުން ރިލީޒްކުރި ދެ ފިލްމް ކަމަށްވާ "ބަދާއީ ހޯ" އަދި "އަންދާދުން" ވެގެން ގޮސްފައި ވަނީ ބޮކްސް އޮފީހުގައި ކާމިޔާބު ދެ ފިލްމަށެވެ.

މި މަހުގެ 18 ވަނަ ދުވަހު ރިލީޒް ކުރި "ބަދާއީ ހޯ" އަށް ވަނީ ފުރަތަމަ ހަފްތާގައި 61.85 ކްރޯޑް އިންޑިއަން ރުޕީސް ލިބިފައެވެ. އެހެންކަމުން މި ފިލްމް ވެގެން ގޮސްފައި ވަނީ އަޔުޝްމަން ކުޅެފައިވާ ފިލްމްތަކުގެ ތެރެއިން އެންމެ ބޮޑު ހިޓަކަށް ވެގެން ދިޔަ ފިލްމަށެވެ.

ސްރީ ރާމް ރަގަވަން ޑައިރެކްޓް ކޮށްފައިވާ "އަންދާދުން" އަށް ލިބުނު އާމްދަނީ ވެސް ވަނީ ބޮކްސް އޮފީހުގައި 60 ކްރޯޑަށް ވުރެ މައްޗަށް އަރާފައެވެ.

އަޔުޝްމަން ކުޅެފައިވާ ފިލްމްތަކުގެ ތެރެއިން ކުރިން އެންމެ ބޮދު ހިޓަކަށް ވެފައި ވަނީ "ސުބް މަންގަލް ސާވްދާން" އެވެ. އެފިލްމަށް ލިބިފައި ވަނީ 43 ކްރޯޑް ރުޕީސްއެވެ.

ފިލްމް "ބަދާއީ ހޯ" އަކީ އާއިލާއެއްގެ ތެރޭގައި ހިނގައިދާ މަޖާކަންތައްތަކެއް ދައްކުވައިދޭ ފިލްމެކެވެ. މިފިލްމުގައި އަޔުޝްމަންގެ އިތުރުން ދެން ފެނިގެން ދަނީ ސަނާޔާ މަލޯތްރާ، ނީނާ ގުޕްތާ އާއި ސުރޭޚާ ސިކްރީ، ގަޖްރާޖް ރާއޯ އަދި ޝީބާ ޗައްދާއެވެ. މި ފިލްމް ޑައިރެކްޓް ކޮށްފައި ވަނީ އަމިތް ޝަރްމާއެވެ.

އޮކްޓޫބަރު 5 ގައި ރިލީޒްކުރި "އަންދާދުން" ގައި އަޔުޝްމަންގެ އިތުރުން މުހިންމު ރޯލްތަކުން ފެނިގެންދަނީ ތައްބޫ އާއި ރާދިކާ އަޕްޓޭއެވެ. ގާތްގަތުގައި ރިލީޒްކުރި ދެ ފިލްމަށް ވެސް ބޮޑު ކާމިޔާބީއެއް ލިބިފައިވާ އިރު އަޔުޝްމަން ހުރީ ވަރަށް އުފަލުންނެވެ. މި ދެ ފިލްމްގައި ވެސް އަޔުޝްމަންގެ އަޑުން ކިޔާފައިވާ ލަވަ ވެސް ހިމެނެއެވެ.

އިތުރަށް ކިޔާލަން

03 އޮކްޓޯބަރު 2017

"ޖުޅްވާ2": ފާޑު ކިޔުންތަކާއި ހެދިވެސް ކާމިޔާބު

03 އޮކްޓޯބަރު 2017
"ޖުޅްވާ2": ފާޑު ކިޔުންތަކާއި ހެދިވެސް ކާމިޔާބު
21 ސެޕްޓެމްބަރު 2017

"އެމެރިކާސް ގޮޓް ޓެލެންޓް" ޑާސީ ލިން ކާމިޔާބުކޮށްފި

21 ސެޕްޓެމްބަރު 2017
"އެމެރިކާސް ގޮޓް ޓެލެންޓް" ޑާސީ ލިން ކާމިޔާބުކޮށްފި
20 ސެޕްޓެމްބަރު 2017

ޝޯޓް ފިލްމް ފެސްޓިވަލް 2017 ގެ އެންމެ މޮޅު ފިލްމަކަށް " ސްޓޭޓަސް"

20 ސެޕްޓެމްބަރު 2017
ޝޯޓް ފިލްމް ފެސްޓިވަލް 2017 ގެ އެންމެ މޮޅު ފިލްމަކަށް " ސްޓޭޓަސް"
12 ސެޕްޓެމްބަރު 2017

އަކްޝޭގެ އެންމެ ކާމިޔާބު ފިލްމަކީ "ޓޮއިލެޓް"

12 ސެޕްޓެމްބަރު 2017
އަކްޝޭގެ އެންމެ ކާމިޔާބު ފިލްމަކީ "ޓޮއިލެޓް"
21 އޯގަސްޓު 2017

ކާޖޮލްގެ 'ވީއައިޕީ 2'  ކާމިޔާބު!

21 އޯގަސްޓު 2017
ކާޖޮލްގެ 'ވީއައިޕީ 2'  ކާމިޔާބު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު