Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއީޔޫ ޕާލިމެންޓުގައި ރާއްޖެ

ރާއްޖެއާ ދެކޮޅަށް އީޔޫއިން ފިޔަވަޅެއް ނާޅާނެ: ރާއްޖޭގެ ސަފީރު

5 އޮކްޓޯބަރު 2017 | ބުރާސްފަތި 18:26

އެ ގަރާރަކީ ރާއްޖެ އިން ތަންފީޒު ކުރަން ޖެހޭ ގަރާރެއް ނޫން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 5 އޮކްޓޯބަރު 2017 | ބުރާސްފަތި 18:26
އީޔޫ ޕާލިމެންޓް: ރާއްޖެއާ ބެހޭ ވަރުގަދަ ގަރާރެއް ވަނީ ފާސްކޮށްފައި

އީޔޫ ޕާލިމެންޓް: ރާއްޖެއާ ބެހޭ ވަރުގަދަ ގަރާރެއް ވަނީ ފާސްކޮށްފައި

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖެއާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރާއްޖެ އިން އީޔޫ އާއި ބެލްޖިއަމަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ޝިއާން ވިދާޅުވެއްޖެ އެވެ. ބައެއް މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ޝިއާން ވިދާޅުވެފައި ވަނީ އީޔޫ ޕާލަމެންޓަށް ހުށަހެޅި ގަރާރަކީ ރާއްޖެ އިން ތަންފީޒު ކުރަން ޖެހޭ ގަރާރެއް ނޫން ކަމަށާއި ރާއްޖެއާ ދެކޮޅަށް އީޔޫ ޕާލަމެންޓުން މީގެ ކުރިން ފަސް ގަރާރެއް ފާސް ކުރި ކަމަށެވެ.

ޝިއާން ވިދާޅުވެފައި ވަނީ އީޔޫ ޕާލަމެންޓުން އެކި ގައުމުތަކާ ދެކޮޅަށް ކަންތައްތައް ނިންމާފައި ހުރި ނަމަވެސް، އެއީ ގައުމަކަށް މަޖުބޫރު ކުރެވޭނެ ނިންމުންތަކެއް ނޫން ކަމަށާއި ރާއްޖެ ނުވަތަ އެހެން ގައުމަކާ މެދު ފިޔަވަޅު އަޅާނީ އީޔޫގެ ކައުންސިލުން ކަމަށެވެ. ނަމަވެސް އެފަދަ ވާހަކައެއް ވެސް، އަދި އެ ކައުންސިލަށް މައްސަލަ ހުށަހެޅުމާ ގާތަށް ވެސް ނުދާ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

ޝިއާން މިހެން ވިދާޅުވި ނަމަވެސް އީޔޫގެ ގަރާރުގައި ސަރުކާރުގެ ވެރިންނަށް އަމާޒުކޮށް ފިޔަވަޅުތައް އެޅުމަށް ވަނީ ގޮވާލާފައެވެ. އަދި އެ ގަރާރު ވަނީ ފާސް ވެސް ކޮށްފައެވެ.

ޝިއާން ވިދާޅުވީ އީޔޫ ޕާލަމެންޓުން ދުނިޔޭގެ ބޮޑެތި ގައުމުތަކާ ދެކޮޅަށް ގަރާރުތައް ހުށަހަޅައިގެން ފާސްކޮށްފައި އެބަހުރި ކަމަށެވެ. އަދި އެފަދަ ގަރާރުތައް ހުށަހަޅައިގެން ފާސް ކުރަނީ ރާއްޖެއާ ދެކޮޅަށް އެކަނި ނޫން ކަމަށާއި ރާއްޖޭގައި ސީރިއަސް ބޮޑު މައްސަލައެއް ފާހަގަ ނުކުރެވޭ ކަމަށް ޝިއާން ވިދާޅުވި އެވެ.

ޝިއާން ވިދާޅުވީ އީޔޫ އާއި ރާއްޖެއާ ދެމެދު އޮތީ ގާތް ގުޅުމެއް ކަމަށާއި އެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި އީޔޫ އޮތީ ރާއްޖެ އަށް އެހީތެރިވެ ދިނުމަށް އަބަދުވެސް ތައްޔާރަށް ކަމަށާއި އެކަން ބަހުސްގެ ތެރެއިން އެނގިގެން ގޮސްފައިވާ ކަމަށް ޝިއާން ވިދާޅުވި އެވެ. އަދި އީޔޫ އޮތީ ރާއްޖެއާ ގުޅިގެން މަސައްކަތް ކުރަން ތައްޔާރަށެވެ. އީޔޫ އިން ރާއްޖޭގެ ޝަރުއީ ނިޒާމު ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ޝިއާން ވިދާޅުވެފައި ވަނީ އީޔޫ އިން ރާއްޖެއާ ދޭތެރޭގައި ހިތްހަމަނުޖެހޭ ކަންތައްތަކެއް ހުންނާނެ ކަމަށާއި ރާއްޖޭން ވެސް އީޔޫއާ ދެމެދު ހިތްހަމަނުޖެހޭ ކަންތައްތަކެއް ހުރި ކަމަށެވެ. އެކަމަކު އީޔޫ އިން ރާއްޖޭގައި ބޮޑެތި މައްސަލަތަކެއް ހުރި ކަން ގަބޫލު ނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފްރާންސްގެ ސްޓްރަސްބާގްގައި ބުރާސްފަތި ދުވަހު ބޭއްވި ޔޫރަޕިއަން ޕާލަމަންޓް ބައްދަލުވުމުގައި ހުށަހެޅި ގަރާރަށް ބަހުސް ކުރެއްވި ބައެއް މެމްބަރުން ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިންސާނީ ހައްގުތައް ނިގުޅައިގަންނަމުންދާ ކަމަށް ބުނެ، ރާއްޖެއާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅު އަޅަން ގޮވާލައްވައިފަ އެވެ.

ރާއްޖޭގެ ހާލަތާ މެދު އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށް، ސަރުކާރުގެ އަމަލުތައް ކުށްވެރިކޮށް ހުށަހެޅި ގަރާރާ ގުޅިގެން ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި ޓޫރިސްޓުން ރާއްޖެ ދިއުން މަނާކޮށް، ވެރިން ޔޫރަޕްގެ ގައުމުތަކަށް ދިއުން މަނާ ކުރުން ފަދަ ފިޔަވަޅުތައް އެޅުން ލަސްވެއްޖެ އެވެ. އެޤަރާރު ފާސްކޮށްފައިވާއިރު ދިވެހި ސަރުކާރުން ބުނެފައި ވަނީ އެޤަރާރު ބަލައި ނުގަންނަ ކަމަށެވެ.

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ

21 ފެބުރުއަރީ 2017
ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ
17 ފެބުރުއަރީ 2017

ކޮންވެންޝަން ސެންޓަރު ހަލާކުކޮށްލަން އެއުޅެނީ، ހޮސްޕިޓަލެއް ވެސް ނާޅާނެ: ޔަސްރިފް

17 ފެބުރުއަރީ 2017
ކޮންވެންޝަން ސެންޓަރު ހަލާކުކޮށްލަން އެއުޅެނީ، ހޮސްޕިޓަލެއް ވެސް ނާޅާނެ: ޔަސްރިފް
04 ފެބުރުއަރީ 2017

ގއ. ހިތާދޫ އަށް ގެއްލުންދިން ފަތުރުވެރިންނަށް އަދި ފިޔަވަޅެއް ނާޅަން: މިނިސްޓްރީ

04 ފެބުރުއަރީ 2017
ގއ. ހިތާދޫ އަށް ގެއްލުންދިން ފަތުރުވެރިންނަށް އަދި ފިޔަވަޅެއް ނާޅަން: މިނިސްޓްރީ
02 ފެބުރުއަރީ 2017

ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

02 ފެބުރުއަރީ 2017
ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި
30 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް