Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެޓީވީގެ ފަލަ ސުރުހީ

ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ މި ސަރުކާރުގެ ވެރިން ފޭރިގެންފައިވާ ފައިސާ އަނބުރާ ހޯދުން: ޑރ. ޖަމީލް

23 އޮކްޓޯބަރު 2018 | އަންގާރަ 02:10

ވަޒީފާއާއި އެކަށީގެންނުވާވަރުގެ މުއްސަނދިކަން ހޯދާ ގޮތް ބެލޭނެ ގާނޫނީ ނިޒާމެއް ރާއްޖޭގައި ގާއިމްކުރަން ޖެހޭ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 23 އޮކްޓޯބަރު 2018 | އަންގާރަ 02:10
ޑރ. މުހައްމަދު ޖަމީލު އަހުމަދު

ޑރ. މުހައްމަދު ޖަމީލު އަހުމަދު

އާ ސަރުކާރުން އެންމެ ފުރަތަމަ ކުރަންޖެހޭ އެންމެ ކަމަކީ މިހާރު ހިނގަމުންދާ ސަރުކާރުގެ ވެރިން ފޭރިގެންފައިވާ ފައިސާ ހޯދައި ބައިތުލްމާލަށް ވެއްދުން ކަމަށް ރައީސް އަބުދުﷲ ޔާމީންގެ ފުރަތަމަ ނައިބުރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޖަމީލު ވިދާޅުވީ، އާ ސަރުކާރަށް ކުރައްވާނެ އިލްތިމާސަކީވެސް އަދި ދޭނެ ނަސޭހަތަކީވެސް އެއީ ކަމަށާއި އެކަން ނުކުރާކަމަށް ވާނަމަ އިސްލާހުގެ ވާހަކަ ދެއްކުން ހުއްޓާލަންވީކަމަށެވެ.

Advertisement - newsAdvertisement

ރާއްޖޭގެ ފަޅުތަކާއި ބިންތަކާއި ހުޅުމާލޭގެ ފްލެޓްތައް ބެހިގެންދިޔަ ގޮތުގެ ހިސާބު ނުބެލޭކަމުގައި ވަނީނަމަ އެއީ މައްސަލައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ގެދޮރުވެރިކުރުމުގެ ނަމުގައި މެޑަމް ފަތުންގެ ވަށައިގެންތިބި ހުރިހާ މީހުން، އެއީ ރަހުމާ ކައުގައި ވިޔަސް ޚާލިދާ ކަމުގައިވިޔަސް އެއީ މާނު ކަމުގައި ވިޔަސް އިބުރާހިމަކަސް ހަސަނަކަސް އެމީސް މީހުނާއި ޕީޕީއެމްގެ މަޖިލިސް މެންބަރުން. ނިހާނާއި އަބުދުއްރަހީމާއި އެބޭބޭފުޅުން ދަރިންގެ ނަމުގައްޔާއި އަމިއްލަ ނަމުގައި ފައިސާއާއި އަގު ބޮޑެތި ފްލެޓްތައް ހޯދީ ކޮންތަނަކުންތޯ ބަލަން ޖެހޭ،" ޑރ. ޖަމީލް ވިދާޅުވިއެވެ.

އިނގިރޭސި ވިލާތުން ހިމާޔަތް ހޯދަވައިގެން ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވުމަށް ފަހު ދާދި ފަހުން ރާއްޖެ ވަޑައިގެންނެވި ޑރ.ޖަމީލް ވިދާޅުވީ މުސާރަ އާއި އާމްދަނީއާ އެކަށީގެން ނުވާވަރުގެ މުއްސަނދިކަން ހޯދާގޮތް ބެލޭނެ ގާނޫނީ ނިޒާމެއް ރާއްޖޭގައި ގާއިމްކުރަން ޖެހޭކަމަށެެެވެ. ރާއްޖޭގެ ބިންތައް ނުއަގުގައި ބަހާލެވިފައިވާ ގޮތް ހޯދާ އެކަމުގެ ހިސާބެއް ހައްދަވާ އެ ފައިސާ ދައުލަތަށް ހޯދުމަށް ޑރ. ޖަމީލު ގޮވާލެއްވިއެެވެ.

މި ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަންގެ ޖަރީމާތައް ހިސާބު ހަދާލުމުން ބިލިއަނުން ގުނާލެވޭނެ ކަމަށާއި އެ މައްސަލަތައް އާ ސަރުކާރުން ބަލަންޖެހޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ކޯލިޝަން ދެމެހެއްޓޭނެތޯ ދެންނެވި ސުވާލަށް ޖަވާބުދެއްވަމުން ޑރ. ޖަމީލު ވިދާޅުވީ، ކޯލިޝަން މިފަހަރު ވަރަށް ރަނގަޅަށް ކުރިއަށްދާނެކަމަށް ގަބޫލުފުޅު ކުރައްވާކަމަށެވެ. ސަބަބަކީ ހުރިހާ ބޭފުޅުންވެސް ކުރީ އެއް ތަޖުރިބާއެއް ކަމަށާއި، ކޯލިޝަން އެއްބަސްވީ ހަމައެކަނި ވެރިކަން ކުރަން ނޫންކަމަށެވެ. އެންމެން އެއްބަސްވެ އެކައްޗެއްކީ އެންމެނަށް ލިބުނު އަނިޔާގެ ސަބަބުންކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ދިވެހި ތާރީހުގައިވެސް މިހާ ބޮޑެތި ޖަރީމާ ހިންގައި މީހުންނަށް އަނިޔާވެރިވެފައެއް ނުވެއެވެ. އެ ތަޖުރިބާގެ އަލީގައި އެކުގައި ދަތުރުކުރެވޭނެކަމީ ޝައްކެއްވެސް ނެތްކަމެއްކަމަށް ޑރ. ޖަމީލު ވިދާޅުވިއެވެ. އަދި އާ ސަރުކާރަކީ ކާމިޔާބު ސަރުކަރަކަށް ހެދުމަށް މަސައްކަތްކޮށްދެއްވާނެކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
20 ޖެނުއަރީ 2017

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް