Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގާސިމްގެ މައްސަލަ

ގާސިމްގެ ޖަލު ހުކުމުގެ އިސްތިއުނާފް މައްސަލަ މާދަމާ ނިންމަނީ!

21 އޮކްޓޯބަރު 2018 | އާދީއްތަ 17:46

އެމައްސަލަ ހައިކޯޓުގައި ތާވަލް ކޮށްފައިވަނީ ހޯމަ ދުވަހުގެ 14:00 އަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 21 އޮކްޓޯބަރު 2018 | އާދީއްތަ 17:46
ގާސިމް އިބްރާހީމް، ހައި ކޯޓުން ނިކުމެވަޑައިގެން ވަކީލުންނާއެކު ވަޑައިގަންނަވަނީ

ގާސިމް އިބްރާހީމް، ހައި ކޯޓުން ނިކުމެވަޑައިގެން ވަކީލުންނާއެކު ވަޑައިގަންނަވަނީ

ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހީމް، ރިޝްވަތު ހުށަހެޅި ކަމަށް ބުނާ މައްސަލާގައި ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމުގެ އިސްތިއުނާފު އަޑު އެހުމެއް ހޯމަ ދުވަހަށް ހައިކޯޓުގައި ތާވަލް ކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި ހޯމަ ދުވަހު ހައިކޯޓުގައި އެ މައްސަލާގައި ބާއްވާ އަޑުއެހުމަކީ އެމައްސަލާގައި ހުކުމް ކުރުމަށް ބޭއްވޭ ޝަރީއަތެވެ. އެމައްސަލަ ހައިކޯޓުގައި ތާވަލް ކޮށްފައިވަނީ ހޯމަ ދުވަހުގެ 14:00 އަށެވެ.

Advertisement - newsAdvertisement

މިމަހުގެ 11 ވަނަ ދުވަހު ހައިކޯޓުގައި ވަނީ އެ މައްސަލައިގެ އަޑުއެހުމެއް ބާއްވާފަ އެވެ. އެއަޑުއެހުމުގައި ގާސިމްގެ ޣައިރު ހާޒިރުގައި ކްރިމިނަލް ކޯޓުގައި ޝަރީއަތް ހިންގި ގޮތަކީ ގާނޫނުތަކަށް ބަލާއިރު އެކަން ކުރެވޭނެ ގޮތެއް ނޫން ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުގެ ގާނޫނީ ވަކީލާ ވަނީ ވިދާޅުވެފަ އެވެ.

ރިޝްވަތު ހުށައެޅުމުގެ ކުށުގައި ގާސިމްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ބާތިލް ކޮށްދޭން ހައިކޯޓަށް ހުށައެޅި މައްސަލައިގައި ގާސިމްގެ ވަކީލުން ވަނީ އެ ހުކުމް ބާތިލް ކޮށްދޭން އެދި 13 ނުކުތާއެއް ހުށައަޅާފައެވެ. އޭގެ ތެރެއިން އެއް ނުކުތާއަކީ ގާސިމްގެ ޣައިރު ހާޒިރުގައި ޝަރީއަތް ހިންގާ ހުކުމް ކޮށްފައިވުމެވެ.

އެ ނުކުތާއާ ގުޅޭ ގޮތުން ދައުލަތުގެ ވަކީލާ ނިއުމާ މުހައްމަދު ވަހީދު ވިދާޅުވީ ގާނޫނު އަސާސީ އާއި ޖިނާޢީ އިޖްރާއަތުގެ ގާނޫނަށް ބެލި ނަމަވެސް އެކަން އެ ގޮތަށް ކުރެވޭނެ ކަމަށް ފެންނަން ނެތް ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން ދައުލަތުން ފެންނަ ގޮތް ވިދާޅުވުމަށް މައްސަލަ ބައްލަވާ ބެންޗްގެ އިސް ގާޒީ ޝުޖާއު އުސްމާން އެކި ފަހަރު އެދިވަޑައިގަތުމުން ދައުލަތުގެ ވަކީލާ ވިދާޅުވީ އެގޮތަށް ކުރިއަށް ގެންދެވިދާނެ ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.

އެއާއެކު އެކަން ދަށު ކޯޓުގައި ދައުލަތުގެ ވަކީލުން ފާހަގަކުރިތޯ ފަނޑިޔާރު އެއްސެވުމުން ދައުލަތުގެ ވަކީލާ ވިދާޅުވީ އެރޭ ގާސިމްގެ ޣައިރު ހާޒިރުގައި ޝަރީއަތް ގެންދަން ނިންމައި ދައުލަތައް އެންގީ ހުލާސާ ބަޔާން އިއްވަން ކަމަށެވެ. ނަމަވެސް ދަށު ކޯޓުގައި ޣައިރު ހާޒިރުގައި ޝަރީއަތް ނުގެންދެވޭނެ ކަމަށް ވިދާޅުނުވީ ކީއްވެތޯ އެކި ފަހަރު ސުވާލު ކުރުމުން ސީދާ ޖަވާބެއް ދައުލަތުން ނުދެއްކުމުން ފަނޑިޔާރު ވަނީ ސުވާލަށް ޖަވާބު ނުދެއްވާ ކަމަށް ވެސް ފާހަގަ ކުރައްވާފައެވެ.

މި މައްސަލައިގައި ދައުލަތުން ބޭނުންވަނީ ކޮން ގޮތައްކަށް ނިންމަންތޯ ކުރި ސުވާލަށް ވެސް ނިއުމާ ސީދާ ޖަވާބެއް ނުދެއްވި އެވެ. ހަމަ އެކަނި ވިދާޅުވަމުން ގެންދެވީ "އަދުލުވެރި، އިންސާފުވެރި ހުކުމެއް އިއްވައި ދިނުމަށް" ކަމަށެވެ. އެގޮތަށް އޭނާ ވިދާޅުވުމުން އިސް ފަނޑިޔާރު ޝުޖާއު ވަނީ "އަދުލުވެރި، އިންސާފުވެރި ގޮތަކީ ކޮބައިތޯ" ސުވާލު ކުރައްވައިފަ އެވެ. މީގެ ކުރިން އެހެން މައްސަލަތަކުގައި ދައުލަތުން އެދެނީ ދަށު ކޯޓުގެ ނިންމުން ބާތިލް ކުރުމަށް ނުވަތަ ތާއީދު ކުރުމަށް ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.

ޖަވާބުގައި ވަކީލާ ނިއުމާ ވިދާޅުވީ ހައި ކޯޓުން މައްސަލަ ނިންމާނީ ގާނޫނާ އެއްގޮތަށް ކަމަށް ދައުލަތުން ގަބޫލު ކުރާ ކަމަށާއި އެގޮތަށް ދައުލަތުން އެދެނީ އެ ސަބަބާ ހެދި ކަމަށެވެ. ދައުލަތުގެ އެ ވާހަކަތަކާ ގުޅިގެން ގާސިމްގެ ވަކީލުންގެ ޓީމުގައި ހިމެނޭ ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ ގާސިމްގެ ފަރާތުން ފާހަގަކުރި އެންމެ މުހިންމު ނުކުތާއަށް ދައުލަތުން އެއްބަސްވީ ކަމަށާއި އެހެންވެ އިތުރަށް ދައްކަން ބޭނުންވާ ވާހަކައެއް ނެތް ކަމަށެވެ. އެހެންވެ، ދަށު ކޯޓުގެ ހުކުމް ބާތިލް ކޮށްދޭން އޭނާ އެދިވަޑައިގަތެވެ.

އިސް ފަނޑިޔާރު ޝުޖާއުގެ އިތުރުން މިމައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ދެން ތިއްބަވަނީ ފަނޑިޔާރު މުހައްމަދު ފައިސަލާއި ފަނޑިޔާރު ހަސަން އަލީ އެވެ. އެ މައްސަލަ ހައި ކޯޓުން ނިމެންދެން ކަފާލާތުގެ ދަށުން ގާސިމް ހުންނެވީ މިނިވަންކޮށްފަ އެވެ. ޖަރުމަނު ވިލާތުގައި ހުންނެވުމަށް ފަހު އޭނާ ދާދި ފަހުން ރާއްޖެ ވަޑައިގަތީ ވެސް ކަފާލާތުގެ ދަށުން މިނިވަން ކުރުމުންނެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް