Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ބޮލީވުޑް

އަޖޭ އާއި ކާޖޮލް ކައިވެނި ކުރަން އާއިލާއިން ބޭނުން ނުވި ސަބަބަކީ މިއީ

މި ދެތަރިން ކައިވެނި ކޮށްފައިވަނީ 1999 ވަނަ އަހަރު

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ, ރާއްޖެ އެމްވީ | 20 އޮކްޓޯބަރު 2018 | ހޮނިހިރު 08:36
އަޖޭ ދޭވްގަން އާއި އަންހެނުން ކާޖޮލް

އަޖޭ ދޭވްގަން އާއި އަންހެނުން ކާޖޮލް

ބޮލީވުޑްގެ މަޝްހޫރު ތަރި ކާޖޮލް، އަޖޭ ދޭވްގަން އާއި ކައިވެނިކުރަން އެދުމުން އާއިލާގެ އެއްވެސް ގަބޫލު ނުވި ސަބަބު ކާޖޮލް ހާމަ ކޮށްފިއެވެ.

ނެހާ ދޫޕިއާ ހޯސްޓްކުރާ ރެޑިއޯ ޝޯ "ނޯ ފިލްޓަރ ނިހާ" ގެ ސީޒަން 3 ގައި ކާޖޮލް ވަނީ އޭނާގެ މެރިޑް ލައިފް އާއި ގުޅޭ ގޮތުން ވަރަށް ތަފްސީލް ކޮށް ވާހަކަ ދައްކާފައެވެ.

ކާޖޮލް ބުނެފައިވަނީ އޭނާގެ އާއިލާ ވެސް އަދި އަޖޭގެ އާއިލާވެސް އެދެމީހުން ކައިވެނި ކުރަން ބޭނުން ނުވާ ކަމަށެވެ. ކައިވެނީގެ ވާހަކަ ދެއްކުމުން ކާޖޮލްގެ ބައްޕަ އޭނާ އެހާ އަވަހަށް ކައިވެނި ކުރަން ބޭނުން ވަނީ ކީއްވެތޯ ސުވާލު ކުރިކަމަށް ކާޖޮލް ބުންޏެވެ. އޭނާގެ ކެރިއަރ ވެސް ދަނީ ރަނގަޅަށް ކުރިއަށް ކަމަށާއި އަދި ކައިވެނިކުރާ ވަރަށް ވުރެން ޅަ ކަމަށް ބައްޕަ ބުނި ކަމަށް ކާޖޮލް ވަނީ ބުނެފައެވެ. އަދި ބައްޕަ އޭނާއާއި ވާހަކަ ނުދައްކާ ހަފްތާއެއް ހާދުވަސް ހުރި ކަމަށް ކާޖޮލް ވަނީ ބުނެފައެވެ. ނަމަވެސް އޭރު ބޭނުންވީ ކައިވެނި ކުރަން ކަމަށް ކާޖޮލް ވަނީ ބުނެފައެވެ.

"އަޖޭ އާއި އަހަރެންނަނީ ވަރަށް ތަފާތު ދެމީހުން. އެހެންވެ ވަރަށް ގިނަ މީހުންގެ ހުރި އުޒުރުތައް އަހަރުމެން ލޯބިވެރިންގެ ގޮތުގައި އުޅެން އަނެއްކާ އަހަރުމެން އެހާ ސޯޝަލްއެއް ނުވާނެ އޭރުވެސް މިހާރުވެސް. އަހަރެމެން ދެމީހުން އެއްކޮށް އެހާ ގިނަ ބަޔަކާ ބައްދަލެއްވެސް ނުވާނެ ނޫނީ އަހަރެމެން ދެ މީހުން ލައިކްވާ ކަމެއްވެސް ނޭނގޭނެ" ކާޖޮލް ބުންޏެވެ.

ނެހާގެ ޝޯގައި ކާޖޮލް ވަނީ 19 އަހަރު ވަންދެން ކައިވެނި ދެމެހެއްޓުނު ގޮތް ކިޔައިދީފައެވެ. ކާޖޮލް ބުނެފައިވަނީ އެ ދެމީހުންގެ ކައިވެނި ކާމިޔާބު ކައިވެންޏަކަށް ވެފައިވަނީ ދެމީހުން އެކުގައި މަސައްކަތް ކުރުމުން ކަމަށެވެ.

1999 ވަނަ އަހަރު ކައިވެނި ކުރި މި ދެތަރިން ވެފައިވަނީ ބޮލީވުޑްގައި އެންމެ ހަމަޖެހޭ އެއް ޖޯޑަށެވެ. އެކައިވެންޏަށް މި ދެތަރިންނަށް ވަނީ ދެ ކުދިން ލިބިފައެވެ. އަންހެން ދަރިފުޅުގެ ނަމަކީ ނީސާ އެވެ. އަދި ފިރިހެން ދަރިފުޅުގެ ނަމަކީ "ޔުގް" އެވެ.

ކާޖޮލް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ އެމީހުންގެ އަމިއްލަ އުފެއްދުމެއް ކަމަށްވާ ފިލްމް "ހެލިކަޕްޓަރ އީލާ" އިންނެވެ. އެ ފިލްމްގައި ކާޖޮލް ފެނިގެން ދަނީ ސިންގަލް މަންމަ އެއްގެ ރޯލުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޭޓީ ޕެރީ އާއި އޮލެންޑޯ ބްލޫމް ރުޅިވީ ދިރިއުޅުމާ މެދު "ހިޔާލު ތަފާތު ވުމުން"

ކޭޓީ ޕެރީ އާއި އޮލެންޑޯ ބްލޫމް ރުޅިވީ ދިރިއުޅުމާ މެދު "ހިޔާލު ތަފާތު ވުމުން"

06 މާރިޗު 2017
ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް

ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް

27 ފެބުރުއަރީ 2017
ކަންގަނާގެ ކައިވެނި ސިއްރު ނުކުރާނެ ކަމަށް އޭނާ ބުނެފި

ކަންގަނާގެ ކައިވެނި ސިއްރު ނުކުރާނެ ކަމަށް އޭނާ ބުނެފި

18 ފެބުރުއަރީ 2017
"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ

"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ

14 ފެބުރުއަރީ 2017
ވަރުން އާއި އާލިޔާއަށް މާދުރީ ނަށަން ދަސްކޮށްދީފި

ވަރުން އާއި އާލިޔާއަށް މާދުރީ ނަށަން ދަސްކޮށްދީފި

13 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު