Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުތެލުގެ އަގު

ޕެޓްރޯލްއާ، ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި

ޕެޓްރޯލު ލީޓަރެއް ވިއްކާނީ 11.39 ރުފިޔާއަށް

އަމްނާ އިމާދު
އަމްނާ އިމާދު | 19 އޮކްޓޯބަރު 2018 | ހުކުރު 13:03
ޕެޓްރޯލް ޝެޑް: ތެލުގެ އަގު ވަނީ ބޮޑުކޮށްފައި

ޕެޓްރޯލް ޝެޑް: ތެލުގެ އަގު ވަނީ ބޮޑުކޮށްފައި

އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު އެނެއްކާ ވެސް ބޮޑުކޮށްފިއެވެ.

މިއީ މި އަހަރުގެ ތެރޭގައި ތެލުގެ އަގަށް އެސްޓީއޯ އިން ބަދަލު ގެނައި ހަވަނަ ފަހަރެވެ.

އެސްޓީއޯ އިން ބުނީ އެކުންފުނިން ވިއްކާ ޕެޓްރޯލާ ޑީސަލްގެ އަގުން 42 ލާރި އާއި 46 ލާރި ބޮޑުކޮށްފައިވާކަމަށެވެ. މިއަދުން ފެށިގެން ޕެޓްރޯލު ލީޓަރެއް ވިއްކާނީ 11.39 ރުފިޔާއަށްށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކާނީ 12.09 ރުފިޔާ އަށެވެ.

އެސްޓީއޯ އިން ބުނި ގޮތުގައި ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކުރީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމުންނެވެ.

މިމަހުގެ ފުރަތަމަ ދުވަހުވެސް އެސްޓީއޯ އިން ވަނީ އެކުންފުނިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު 20 ލާރި ބޮޑުކޮށްފައެވެ.

މީގެ އިތުރުން މިދިޔަ މެއި މަހު ވެސް ޕެޓްރޯލުގެ އަގު ބޮޑުކޮށްފައެވެ. އެ ފަހަރު އަގު ބޮޑުކުރީ ލިޓަރަކުން 31 ލާރިއެވެ. އެހެންވެ، މޭ 7 އިން ފެށިގެން އާދީއްތަ ދުވަހުގެ ނިޔަލަށް ޕެޓްރޯލް ލިޓަރެއް ވިއްކީ 10.42 ރުފިޔާއަށެވެ.

ޑީސަލް ލިޓަރެއްގެ އަގު އެންމެ ފަހުން ބޮޑުކުރީ މިދިޔަ ޖޫން 7 ވަނަ ދުވަހުއެވެ. އޭރު ބޮޑުކުރީ ޑީސަލް ލިޓަރަކުން 10 ލާރިއެވެ. އެހެންވެ އާދީއްތަ ދުވަހުގެ ނިޔަލަށް ޑީސަލް ލިޓަރެއް ވިއްކަމުން އައީ 11.23 ލާރިއަށެވެ.

އިތުރަށް ކިޔާލަން

31 މެއި 2017

ދޮންކެޔޮ ތިޔާގި، އަގުތަށް އިންތިހާއަށް މަތީގައި

31 މެއި 2017
ދޮންކެޔޮ ތިޔާގި، އަގުތަށް އިންތިހާއަށް މަތީގައި
28 މެއި 2017

ކާބޯތަކެތީގެ އަގު ބޮޑުވާތީވެ ޓްރޭޑް ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށްފި

28 މެއި 2017
ކާބޯތަކެތީގެ އަގު ބޮޑުވާތީވެ ޓްރޭޑް ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށްފި
28 މެއި 2017

އާއްމުންނަށް ލުއިކޮށް ދިނުމަށް ރޯދަ މަހު 418 ބާވަތުގެ މުދާ ވިއްކޭނެ އެންމެ މަތީ އަގު ގަތަރު ސަރުކާރުން ކަނޑައަޅައިފި

28 މެއި 2017
އާއްމުންނަށް ލުއިކޮށް ދިނުމަށް ރޯދަ މަހު 418 ބާވަތުގެ މުދާ ވިއްކޭނެ އެންމެ މަތީ އަގު ގަތަރު ސަރުކާރުން ކަނޑައަޅައިފި
17 މެއި 2017

ވިލާ ގޭހުގެ އަގުހެޔޮކޮށްފި

17 މެއި 2017
ވިލާ ގޭހުގެ އަގުހެޔޮކޮށްފި
17 މެއި 2017

މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން

17 މެއި 2017
މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން
15 މެއި 2017

ރަޝިއާ އާއި ސައުދީން ތެޔޮ އުފެއްދުން އިތުރު ނުކުރުމުން ތެލުގެ އަގު %2 މައްޗަށް

15 މެއި 2017
ރަޝިއާ އާއި ސައުދީން ތެޔޮ އުފެއްދުން އިތުރު ނުކުރުމުން ތެލުގެ އަގު %2 މައްޗަށް
22 އެޕްރީލު 2017

ކާޑުގެ ބާވަތްތައް އަގު ހެޔޮ ކުރުން – ރައްޔިތުން ގުނބޯ ހެއްދުން؟

22 އެޕްރީލު 2017
ކާޑުގެ ބާވަތްތައް އަގު ހެޔޮ ކުރުން – ރައްޔިތުން ގުނބޯ ހެއްދުން؟
01 ފެބުރުއަރީ 2017

ވެލާނާ އެއާޕޯޓުގައި ކާގޯ ސްކްރީން ކުރުމަށް އަގު ނަގަން ފަށަނީ

01 ފެބުރުއަރީ 2017
ވެލާނާ އެއާޕޯޓުގައި ކާގޯ ސްކްރީން ކުރުމަށް އަގު ނަގަން ފަށަނީ
07 ޖެނުއަރީ 2017

އުރީދޫއަށް އަނެއްކާވެސް ޑީޑޮސް އެޓޭކުތަކެއް އަމާޒުވެއްޖެ

07 ޖެނުއަރީ 2017
އުރީދޫއަށް އަނެއްކާވެސް ޑީޑޮސް އެޓޭކުތަކެއް އަމާޒުވެއްޖެ
06 ޖެނުއަރީ 2017

އެސްޓީއޯ އިން ޕެޓްރޯލްގެ އަގު ބޮޑުކޮށްފި

06 ޖެނުއަރީ 2017
އެސްޓީއޯ އިން ޕެޓްރޯލްގެ އަގު ބޮޑުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު