Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިލެކްޝަންސް ކޮމިޝަން

އިލެކްޝަންސް ކޮމިޝަނުގެ އެންމެ މެމްބަރަކު ފިޔަވައި އެހެން މެމްބަރުން ރާއްޖެ ވަޑައިގެންފި

ހަބީބުގެ ބޭސްފަރުވާގެ ކަންކަން އަދި ނުނިމޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 17 އޮކްޓޯބަރު 2018 | ބުދަ 07:00
ރިޔާސީ އިންތިހާބު ބޭއްވި ދުވަހުގެ ރޭ ނޫސްވެރިންނަށް އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން މައުލޫމާތު ދެއްވަނީ

ރިޔާސީ އިންތިހާބު ބޭއްވި ދުވަހުގެ ރޭ ނޫސްވެރިންނަށް އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން މައުލޫމާތު ދެއްވަނީ

ސަރުކާރުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް، އަވަށްޓެރި ސްރީލަންކާއަށް ވަޑައިގެންނެވި އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އިސްމާއީލް ހަބީބު ފިޔަވާ ހުރިހާ މެމްބަރުން ރާއްޖެ ވަޑައިގަންނަވައިފިއެވެ.

ބުދަ ދުވަހު "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަދި އެ ކޮމިޝަނުގެ ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި އޭނާ ރާއްޖެ ވަޑައިގަންނަވާފައިވާ ކަމަށެވެ. އަދި ލަންކާއަށް ވަޑައިގެންނެވި ކޮމިޝަނުގެ ނާއިބު ރައީސް އަމްޖަދު މުސްތަފާ އާއި ކޮމިޝަނުގެ މެމްބަރު އަލީ ނަޝާތު ވެސް މިހާރު ރާއްޖެވަޑައިގަންނަވާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އަކްރާމް ވިދާޅުވީ ކޮމިޝަނުގެ މެމްބަރު ހަބީބުގެ ބޭސްފަރުވާގެ ކަންކަން މި ހަފްތާގެ ނިޔަލަށް ނިމޭނެ ކަމަށާއި ނިމުނުހާ އަވަހަކަށް ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ.

އެ ހަތަރު ބޭފުޅުން ލަންކާއަށް ވަޑައިގެންނެވި ނަމަވެސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ރާއްޖެ އިން ބޭރަށް ވަޑައިގެންފައެއް ނުވެއެވެ.

ސަރުކާރު ހިންގާ ޕީޕީއެމްގެ އިސްވެރިން އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން ފިއްލެއްވި ކަމަށް ބުނަމުންދާތީ، އަކްރަމް ވިދާޅުވީ އެ ބޭފުޅުން ނުފިއްލަވާ ކަމަށެވެ. އަދި އެ ބޭފުޅުން ލަންކާއަށް ވަޑައިގެންނެވީ ރިޔާސީ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނު ކުރެވި، އެވަގުތަށް ހަވާލުވެފައި ހުރި މުހިއްމު މަސައްކަތްތައް ނިންމާލުމަށް ފަހު ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ އުސޫލުން، އާއިލީ އަދި ޒަރޫރީ ބޭނުމެއްގައި ކަމަށް އަކްރަމް ވިދާޅުވިއެވެ. އަކްރަމް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނާއި އެ ކޮމިޝަންގެ މެންބަރުންނަކީ މިނިވަން އިންސާފުވެރި ބައެއް ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މަސައްކަތް ކުރައްވާނީ އެގޮތަށް ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ބޮޑެތި އޮޅުވާލުންތަކާއި މަކަރުތައް ހަދާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ޕީޕީއެމުން ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާއިރު، ރިޔާސީ އިންތިހާބު ބާތިލު ކުރުމަށް ރައީސް ޔާމީން ވަނީ ސުޕްރީމް ކޯޓަށް މައްސަލަ ވެސް ހުށަހަޅުއްވާފައެވެ.

ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ބުނަމުންދަނީ އިންތިހާބު ނަތީޖާއަށް އަސަރުކުރާ ވަރުގެ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އަދި އެފަދަ މައްސަލައެއް އެއްވެސް ފަރާތަކުން އެކޮމިޝަނަށް ހުށަހަޅާފައި ވެސް ނުވާ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރީރަޖިސްޓްރޭޝަނަށް އެކަށީގެންވާ މުއްދަތެއް ދޭނަން: އިލެކްޝަންސް ކޮމިޝަން

ރީރަޖިސްޓްރޭޝަނަށް އެކަށީގެންވާ މުއްދަތެއް ދޭނަން: އިލެކްޝަންސް ކޮމިޝަން

11 ފެބުރުއަރީ 2017
އިލެކްޝަންސް ކޮމިޝަނަކީ މިނިވަން މުއައްސަސާއެއް ކަމަށް ޤަބޫލުކުރަން ދަތި: ރައީސް މައުމޫން

އިލެކްޝަންސް ކޮމިޝަނަކީ މިނިވަން މުއައްސަސާއެއް ކަމަށް ޤަބޫލުކުރަން ދަތި: ރައީސް މައުމޫން

06 ފެބުރުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި

ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި

06 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު