Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޔާސީ އިންތިހާބު 2018

އަތް އިސްކުރި މީހުން، ހަޖަމް ކުރަން ދަސްކުރި ދުވަހެއް!

އެއްކޮޅު އަދި އިދިކޮޅު މީހުން ވެސް އަޑުއުފުލީ އެއްތަނެއްގައި

ޙުސައިން ޙަސަން
ޙުސައިން ޙަސަން, ރާއްޖެ އެމްވީ | 16 އޮކްޓޯބަރު 2018 | އަންގާރަ 12:17
އޮކްޓޫބަރު 16، 2018: ރިޔާސީ އިންތިހާބާ ގުޅޭ ފަހު އަޑުއެހުމަށް ވަންނަން ހަދާފައިވާ ކިއުއަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު އެރި ވަގުތު ހިނގި ހަމަނުޖެހުމުގެ ތެރެއިން---

އޮކްޓޫބަރު 16، 2018: ރިޔާސީ އިންތިހާބާ ގުޅޭ ފަހު އަޑުއެހުމަށް ވަންނަން ހަދާފައިވާ ކިއުއަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު އެރި ވަގުތު ހިނގި ހަމަނުޖެހުމުގެ ތެރެއިން---

އިދިކޮޅު ސަޕޯޓަރުން ގުޅިގެން މުޒާހަރާ ކުރާތާ ލައްކަ ދުވަސް ވެއްޖެއެވެ. ކަރުނަ ގޭހާއި ޕެޕާ ސްޕްރޭ އާއި ހަޅޭކުގެ އަޑަށް އެ މީހުން ތިބީ ފަރިތަވެފައެވެ. ވަކިން ހާއްސަކޮށް އެމްޑީޕީގެ ސަޕޯޓަރުންނެވެ. ވޭތުވެދިޔަ މުއްދަތުގައި ރަޔަޓް ފުލުހުން ނުކުމެ، ހާލަތާ ނުބައްދަލު ބާރު ބޭނުން ކުރި ގޮތުން، "ވަޅުކައްޓަފުޅި ދާންޏަކަށް ނުސިހޭނެއޭ" ބުނާ ވަރަށް އެ މީހުން ތިބީ މަގު މައްޗަށް ފައްކާވެފައެވެ.

އެ ދުވަސްތައް މާޒީވެ، ހާލަތު ބަދަލުވެ، ތަފާޒު މަންޒަރުތައް "ސިޔާސީ ދަނޑުން" އެބަފެނެއެވެ. ކަންދިމާކުރި ގޮތުން ސަރުކާރަށް ތާއިދު ކުރާ ބަޔަކު ވެސް މަގު މައްްޗަށް ނުކުމެއްޖެއެވެ. އެއްވެ އުޅުމަކީ އަސާސީ ހައްގެއް ކަމަށް ބުނާ ވާހަކަ ތަކުރާރު ކުރަމުން ޕާޓީތަކުގެ ސަޕޯޓަރުން ވެސް ނުކުމެއްޖެއެވެ. ދެބައި މީހުން އަޑުއުފުލަމުން ގޮސް، އެއްތަން ވީ ސުޕްރީމް ކޯޓު ދޮށަށެވެ.

އަންގާރަ ދުވަހު ބޭއްވި އަޑުއެހުމަށް ވަނުމަށް ކުރިއާލާ ކިއު ހެދީ ޕީޕީއެމުންނެވެ. ބާރަ ގަޑިއިރު ކުރިންނެވެ. ކިއު ހެދީ ޕީޕީއެމްގެ 30 ވަރަކަށް މީހުން ޑިއުޓީ ބަހާލައިގެންނެވެ. ބޭނުމަކަށް ވީ ގުޅިފައިވާ ޕާޓީތަކުގެ ސަޕޯޓަރުން އަޑުހުމަށް ވަނުމުގެ ފުރުސަތު ނުދިނުމެވެ. އެ މަގުސަދު އެ މީހުން ހާސިލު ވެސް ކުރިއެވެ. އަންގާރަ ދުވަހު ބޭއްވި އަޑުއެހުމަށް އެންމެ ގިނައިން ވަނީ ޕީޕީއެމްގެ އެކްޓިވިސްޓންނެވެ.

ޕީޕީއެމުން ދެން ފެށީ ސުޕްރީމް ކޯޓު ކައިރީގައި އަޑު އުފުލުން ކުރިއަށް ގެންދާށެވެ. ދެތިން އަންހެންވެރިން އެއްކޮށްލައިގެން ސަރުކާރުގެ ކޯޑިނޭޓަރަކު އެތަނުގެ ބޭރުގައި ނަގާ ކިޔަން ހުއްޓެވެ. އިންތިހާބު އޮޅުވާލި ކަމަށް ބުނެ، އިލެކްޝަންްސް ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފުގެ އިސްތިއުފާއަށް ގޮވިއެވެ. ވަގަށް ވެސް ގޮވިއެވެ. ނަމަވެސް އެކަން ކުރިއަށް ގެންދެވުނީ ކުޑަ ހިނދުކޮޅަކަށެވެ.

ގުޅިފައިވާ ޕާޓީތަކުގެ ސަޕޯޓަރުން އެތަނަށް ޖަމާވެ، އަޑުއުފުލަން ފެށިއެވެ. ސުޕްރީމް ކޯޓުގެ އަޑުއެހުމަށް ވަކި ބަޔަކަށް ފުރުސަތު ދީގެން ނުވާނެ ކަމަށް ބުނިއެވެ. ދިވެހިން ގޮތް ނިންމި އިންތިހާބަށް، ހަދަން އުޅޭ ގޮތް، ދިވެހިންނަށް އެނގެން ޖެހޭނެ ކަމަށް ބުނެ، އަޑު އުފުލިއެވެ. ޕީޕީއެމްގެ ސަޕޯޓަރުންނަށް ވެސް ބަހުގެ ހަމަލާތަކެއް އަމާޒު ކުރިއެވެ. ރައީސް ޔާމީން ހިންގެވި ކަމަށް ބުނާ ޖަރީމާތަތައް ފުލުފުލުން ގޮވަން ފެށިއެވެ. ކަދުރުގެ ވާހަކަ އާއި ހައްޖު ކޯޓާގެ ވާހަކަ އެކަންޏެއް ނޫނެވެ. ކޮރަޕްޝަނާއި ފަސާދައިން މުއްސަނދިވެފައިވާ މީހުންގެ ވާހަކަ ވެސް ގޮވަން ފެށިއެވެ. ރާގު ރާގަށެވެ.

ހާލަތު ބަދަލުވީ އެ ހިސާބުންނެވެ. ޕީޕީއެމްގެ ބައެއް ސަޕޯޓަރުންނަށް އެ ހަމަލާތައް ހަޖަމެއް ނުކުރެވުނެއެވެ. ނަފްސު ކޮންޓްރޯލު ނުކުރެވި، ރުޅި އިސްކޮށް އަތުން ފައިން ގޯސް ހަދަން ވެސް އުޅުނެވެ. ވަރު އަރުވާފައި އަތް އިސްކުރަން އުޅުނު މީހުން ހުއްޓުވީ ވެސް ހަމަ އެ މީހުންނެވެ. ރައީސް ޔާމީނަށް ނިސްބަތްކޮށް، ރައްދު ކުރި ބަހުގެ ހަމަލާތަކުގެ ދިފާއުގައި ދައްކާނެ ވާހަކަ ހުސްވެ، ޕީޕީއެމުން ވެސް ގޮވީ ވަގަށެވެ. ސުޕްރީމް ކޯޓު ކުރިމަތީގައި އެ ހުރިހާ ކަމެއް ތަމްސީލު ވެގެން ދިޔައީ މީޑިއާތަކުގެ ކުރިމަތީގައެވެ. ވަގުތުން ފޮނުވަމުން ދިޔަ އެ މަންޒަރުތައް ބަލަން ތިބި މީހުންނަށް "އާ ކުކުޅަކަށް ގާ ބިހެއް" އެޅިގެން އުޅެނީ ކޮން ބައެއްކަން އިނގޭނެއެވެ.

ސުޕްރީމް ކޯޓު ކައިރީގައި ހަދާފައި އޮތް ކިއުއަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު އެރި ވަގުތު ވެސް ކަން ވީ އެގޮތަށެވެ. ފެންނަ އިރަށް ތެޅިފޮޅިގަނެ، ހަލަބޮލި ކޮށްލި އެވެ. ކަންވީ ގޮތް ބެލިއިރު، މަހުލޫފުގެ ފަރާތުން މާ ކުރިން ކިއުގައި މީހަކު ހުއްޓެވެ. ޕީޕީއެމުން އެ ފުރުސަތު ނުދޭން ނިންމިއިރު، އެންމެ ފަހުން ސުޕްރީމް ކޯޓުން ވަނީ މަހުލޫފު އަޑުއެހުމަށް ވަންނަން ފުރުސަތު ދީފައެވެ.

އަންގާރަ ދުވަހުގެ ހެނދުނު 10:30ގައި ފެށި އަޑުއެހުން، ދެ ގަޑިއިރަށް ދިގު ދެމިގެންދިޔަ ވަގުތު އެތަނުން ލައްކަ މަންޒަރު ފެނުނެވެ. ޒަމާންތަކަކަށްފަހު ޕީޕީއެމުން މަގުމަތީ ހަރަކާތަށް ނުކުމެ، އިދިކޮޅު މީހުންނާ ހަތަރުކަޅި ހަމަކުރަން ޖެހުމުން، ވީ ގޮތް ތަމްސީލުވެގެން ދިޔައީ ސުޕްރީމް ކޯޓު ކުރިމަތީގައެވެ. އިދިކޮޅުން ދޭ ހަމަލާތަކާއެކު ރައްދުގައި ބަސް ބުނާނެ މީހަކު ނެތި، މަޑުމަޑުން ޕީޕީއެމްގެ ސަޕޯޓަރުން އެތަނުން ފެޔަށް ޖެހުނެވެ. ފަހަރަކު މީހަކުހެން ގެއްލުނެވެ. އެއް ބަޔަކު ޗުއްޕު ވެސް ނުބުނެ ތިއްބެވެ. ރައީސް ޔާމީނަށް ތާއިދުކުރާ އެ ސަޕޯޓަރުން ތިބީ ގޮތް ހުސްވެ، މޯޅިވެފައެވެ.

ނޫސްވެރިންނަށް އެންމެ ބޮޑަށް އަޅައިގަތީ، ފަހު ވަހުތު ޕީޕީއެމްގެ އެކްޓިވިސްޓުން އެތަނުން ގެއްލުމުންނެވެ. ޕީޕީއެމްގެ ހުރިހާ ސަޕޯޓަރުން އެތަން ދޫކޮށް ދިޔައީ ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ހެކި ބަލައި ނުގަންނަން ނިންމި ވާހަކަ އިއުލާންކުރުމާ އެކު، ގުޅިފައިވާ ޕާޓީތަކުގެ ސަޕޯޓަރުން އުފާފާޅު ކުރަން ފެށި ދަނޑިވަޅުގައެވެ.

ހެކި ބަލައި ނުގަތުމުން ދެން އެ މައްސަލާގައި ނިންމާނެ ގޮތް ވެސް ސާފެވެ. އޭގެ އިތުރުން ސާފު ވެގެންދިޔަ އަނެއް ކަމަކީ ޕީޕީއެމަށް ހަޖަމް ކުރަން ދަސްވުމެވެ. ރައްދު ދޭން ދަސް ކުރަންޖެހޭ ކަމަށެވެ. ރުޅި އިސްކުރަން ނުޖެހޭނެ ކަމެވެ. ސިޔާސީ ގޮތުން ކުރި ހޯދާނީ އަތުން ފައިން ނޫންކަން ހަމަ ރަނގަޅަށް ވެސް އެނގޭނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޑަ އާބާދީއެއްގެ މެޖޯރިޓީ ވެސް ސަރުކާރަށް ނުހޯދުނު، ދުވަހެއް ދުވަހަކަށް ތާއިދު ދަށަށް!

ކުޑަ އާބާދީއެއްގެ މެޖޯރިޓީ ވެސް ސަރުކާރަށް ނުހޯދުނު، ދުވަހެއް ދުވަހަކަށް ތާއިދު ދަށަށް!

20 އޯގަސްޓު 2017
ގަތަރުގެ މައްސަލަ ދުވަހެއް ދުވަހަކަށް ދަނީ ގޯސްވަމުން!

ގަތަރުގެ މައްސަލަ ދުވަހެއް ދުވަހަކަށް ދަނީ ގޯސްވަމުން!

09 ޖޫން 2017
ފަސް ފަނޑިޔާރުންގެ އަތްޕުޅަށް މުޅި ދައުލަތް، "ޖުޑިޝަލް ޑިކްޓޭޓާޝިޕް" އަކަށް؟!

ފަސް ފަނޑިޔާރުންގެ އަތްޕުޅަށް މުޅި ދައުލަތް، "ޖުޑިޝަލް ޑިކްޓޭޓާޝިޕް" އަކަށް؟!

24 މެއި 2017
ފުލުހުންގެ ތަސައްވަރު ދުވަހެއް ދުވަހަކަށް ގޯހުން ގޯހަށް!

ފުލުހުންގެ ތަސައްވަރު ދުވަހެއް ދުވަހަކަށް ގޯހުން ގޯހަށް!

21 މެއި 2017
ދެ ފަންތިއެއްގެ ރައްޔިތުން: ގާނޫނުގެ ލޯ އަނދިރިކޮށް، އަތް ބިންދާލާފައި!

ދެ ފަންތިއެއްގެ ރައްޔިތުން: ގާނޫނުގެ ލޯ އަނދިރިކޮށް، އަތް ބިންދާލާފައި!

15 މެއި 2017

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު