Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ޖޭއެސްސީގެ މެމްބަރަކު މައްސަލަ ހުށަހަޅައި، ސަލާމަތީ ހިދްމަތްތަކަށް ތަހުގީގު ކުރަން އެދުމަކީ ކަންބޮޑުވާ ކަމެއް: މާރިއާ

13 އޮކްޓޯބަރު 2018 | ހޮނިހިރު 10:24

މީގެ ކުރިން ދެ ފަހަރަކަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ސަލާމަތީ ހިދްމަތްތަކަށް ވަރަށް ބޮޑަށް ނުފޫޒު ފޯރުވާފައިވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 13 އޮކްޓޯބަރު 2018 | ހޮނިހިރު 10:24
އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު މާރިއާ އަހުމަދުދީދީ

އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު މާރިއާ އަހުމަދުދީދީ

ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އޮތް ގޮތުން ފުލުހުންނާއި ސިފައިންގެ އެންމެ މަތީ އިސްވެރިއަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށްވާއިރު، އެމަނިކުފާނު ވާދަކުރެއްވި ރިޔާސީ އިންތިހާބާ ގުޅުން ހުރި މައްސަލައެއް، ސަލާމަތީ ހިދްމަތްތަކުން ބެލުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު މާރިއާ އަހުމަދުދީދީ ވިދާޅުވެއްޖެއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީގައި އިންނަވާ މެމްބަރަކު ރިޔާސީ އިންތިޚާބާގުޅޭ މައްސަލައެއްގައި ސުޕްރީމް ކޯޓަށް ވަޑައިގަތުމަކީ ކަންބޮޑުވާކަމެއް ކަމަށް އިންތިޚާބީ ރައީސްގެ ތަރުޖަމާނު އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

Advertisement - newsAdvertisement

އިންތިހާބީ ރައީސް އޮފީހުގައި ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބަންދަލުވުމުގައި މާރިއާ ވިދާޅުވީ އިންތިހާބުގެ ނަތީޖާ ބާތިލް ކުރުމަށް އެދި ރައީސް އަބްދުﷲ ޔާމީން އިންތިހާބުގެ ނަތީޖާ ގަބޫލުކުރައްވާ ކަމަށް ވިދާޅުވުމަށް ފަހު، އަލުން އިންތިހާބު ބާތިލްކުރަން ސުޕްރީމްކޯޓަށް ހުށަހަޅުއްވައިގެން ކުރިއަށް ގެންދެވުމަކީ ކަންބޮޑުވާ ކަމެއްކަމަށެވެ. މާރިއާ ވިދާޅުވީ ފަނޑިޔާރު އައްޔަން ކުރުމާއި ވަކިކުރުން، އަދި ފަނޑިޔާރުންގެ ސްލޫކީ މައްސަލަތައް ބަލާ، ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ)ގަ ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން އައްޔަން ކުރައްވާފައިވާ މެމްބަރު، ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް އަދި ހާއްސަކޮށް ރިޔާސީ އިންތިހާބާ ގުޅޭ މައްސަލައެއްގައި ވަޑައިގަތުން އެއީ ހަގީގަތުގައި ވެސް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. މާރިޔާ ވިދާޅުވީ، ނަތީޖާ ފެންނަންއޮތް ކަމެއްގައި، ސުޕްރީމްކޯޓުން އެ މައްސަލަ ބަލައިގަތްނަމަވެސް ރައްޔިތުންގެ ނިންމުމާއި ދެކޮޅަށް އިންތިހާބު ބާތިލްކޮށްފާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. "މި ރާއްޖެ، ގައުމެއްހެން ހިނގަންޖެހޭ. މިރާއްޖޭގެ ރައްޔިތުންނަށް އެބަ އިހުތިރާމްކުރަންޖެހޭ ހުރިހާ އެންމެންވެސް. ރައްޔިތުންގެ މަޖިލިސްވިޔަސް، ރައީސުލްޖުމްހޫރިއްޔާ ވިޔަސް، ސުޕްރީމްކޯޓުވިޔަސް، ރައްޔިތުންނަށްވުރެ މައްޗަކަށް ނޭރޭނެ. މިނިވަން މުއައްސަސާތައްވެސް މިދަންނަވާހެން އިލެކްޝަންސް ކޮމިޝަން، އޭސީސީ އަދި މިނޫން މުއައްސަތާތައްވިއަސް،" މާރިޔާ ވިދާޅުވިއެވެ.

މާރިއާ ވަނީ ރައީސް ޔާމީންގެ ސަރުކާރުން މީގެ ކުރިން ކަންކަން ކޮށްފައިވާ ގޮތަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން ރައީސް ޔާމީންގެ ސަރުކާރުން ދެ ފަހަރެއްގެ މަތިން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ މައްސަލާގައި ސަރުކާރުން އަމަލުކޮށްފައިވާ ގޮތާއި އެކެއް ފެބްރުއަރީގައި ރައީސް ޔާމީން، ސަލާމަތީ ބާރުތަކަށް ބާރާއި ނުފޫޒު ފޯރުވާފައިވާ ކަމަށެވެ.

އެހެންކަމުން ރިޔާސީ އިންތިހާބާބެހޭ، ސީދާ އެމަނިކުފާނުގެ މަސްލަހަތާއި ގުޅުންހުރި މައްސަލައެއް ސަލާމަތީ ހިދްމަތަކުން ބެލުމަކީ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށްވެސް މާރިއާ ވިދާޅުވި އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް