Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރާއްޖޭގެ ގައުމީ ޓީމު

ފަޚުރުވެރިކަމާ އެކު އައި ގައުމީ ޓީމަށް މާޔޫސްކަން!

ބޯނަސް ފައިސާ ވެސް ޙަވާލު ނުކުރޭ

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު | 11 އޮކްޓޯބަރު 2018 | ބުރާސްފަތި 08:05
ސާފު ފައިނަލް މެޗުގައި ލަނޑު ޖެހުމަށް ފަހު ކުޅުންތެރިން އުފާ ފާޅުކުރަނީ

ސާފު ފައިނަލް މެޗުގައި ލަނޑު ޖެހުމަށް ފަހު ކުޅުންތެރިން އުފާ ފާޅުކުރަނީ

ސަރަހައްދުގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމުގައިވާ ސާފް ސުޒުކީ ކަޕާ އެކު އައި ގައުމީ ޓީމަށް އެފްއޭއެމާ ސަރުކާރުގެ ފަރާތުން އެއްވެސް އަޅާލުމެއް ނެތުމުން ކުޅުންތެރިން މާޔޫސްވެއްޖެއެވެ.

އެފްއޭއެމާއި ސަރުކާރުގެ ފަރާތުން އަޅާލުމެއް ލިބިފައި ނުވާއިރު މުސާރަ އާއި ބޯނަސް ވެސް ހަމަނުޖެހޭ ކަމަށް ބައެއް ކުޅުންތެރިން ބުނެއެވެ. ނަމަވެސް އެފްއޭމުން ބުނަނީ ފިނޭންސް މިނިސްޓްރީއަށް ފޮނުވާ ކަމަށާއި ބުރާސްފަތި ދުވަހު މުސާރަ ދެވޭނެ ކަމަށެވެ.

މުސާރަ އާއި ބޯނަސް ވެސް ހަމަނުޖެހޭ އިރު ގައުމީ ޓީމުގެ ކުޅުންތެރިންނަށް މިދިޔަ ތިން މަސް ދުވަހުގެ މުސާރަ އަދި ނުލިބެއެވެ. އަދި އެފްއޭއެމުން ވެސް ފައިނަލަށް ދިއުމުންނާއި ތަށި ހޯދުމުން ވަކިވަކި ބޯނަސްތަކެއް ދޭން ވައުދުވި ނަމަވެސް އެކަން ވެސް ކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން ޗެމްޕިއަންކަން ހޯދުމުގެ ލިބުނު އިނާމް ފައިސާ ކަމަށްވާ 50،000 ޑޮލަރު (771،000ރ.) ގެ ތެރެއިން ވެސް ބައެއް، ކުޅުންތެރިންނަށް ދޭނެ ކަމަށް އެފްއޭއެމުން ކުޅުންތެރިންގެ ގާތުގައި ބުނި ނަމަވެސް މުބާރާތަށް ފަހު އެވާހަކައެއް ނުދައްކައެވެ.

ރާއްޖެ ފުޓުބޯޅަ ކުލަބުތަކަށް ދިމާވެފައިވާ މާލީ މައްސަލަތަކުގެ ސަބަބުން ގައުމީޓީމަށް ކުޅެމުން އަންނަ ކުޅުންތެރިން އެފްއޭއެމަށް ވަނީ ވަރަށް ބޮޑަށް ބަރޯސާވެފައެވެ.

ރާއްޖެއިން 2008 ވަނަ އަހަރު މި މުބާރާތް ކާމިޔާބުކުރުމުން، އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ކޮންމެ ކުޅުންތެރިޔަކަށް 200،000ރ. ބޯނަހެއް ސަރުކާރުގެ ފަރާތުން ދެއްވަން ނިންމެވިއެވެ. އެ ފައިސާގެ ޗެކް ކުޅުންތެރިންނާއި ޙަވާލުކުރީ އެއާޕޯޓުންނެވެ. މީގެ އިތުރުން ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުން ދިން އެހީއާ އެކު ކޮންމެ ކުޅުންތެރިޔަކަށް ޖުމްލަ ތިންލައްކަ ރުފިޔާއަށް ވުރެ ބޮޑު އަދަދެއްގެ ބޯނަހެއް ލިބުނެވެ.

ސަރަހައްދުގެ މުބާރާތުގެ ފަޚުރުވެރި ރަންވަނައާ އެކު ގައުމީ އެނބުރި ގައުމަށް އައުމާއެކު މަރުޚަބާ ކިޔާފައި ވަނީ ވަރަށް ވަދުކޮށެވެ. ސަރުކާރުގެ ސިޔާސީ ހަރަކާތެއް ކުރިއަށް ގެންދިޔުމަށް ބޭއްވި ރަސްމިއްޔާތަކާ ދިމާކޮށް ގައުމީ ޓީމު ރާއްޖެ ގަނައުމުގެ ސަބަބުން އެކަށީގެންވާ ވަރުގެ މަރުޚަބާއެއް ކިޔާފައެއް ނުވެއެވެ.

ވެލާނާ އެއާޕޯޓުގެ އާ ރަންވޭ ހުޅުވަން ގެނައި އިއްތިހާދު އެއާވޭޒްގެ އޭ 380 ގެ ބޯޓުން ޓީމު ގެނެސް، އެއާޕޯޓުން މަރުހާބާ ކީ ރަންވޭ ހުޅުވަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ.

ޓީމަށް މަރުހަބާ ކިޔަން މެންދުރުފަހުން ފެށިގެން އާއްމުން ބްރިޖް ދޮށަށް އެއްވި ނަމަވެސް، އެ ރަސްމިއްޔާތަށް ފަހު ޓީމު މާލެއާ ހަމައަށް ފޯރީ އިރުއޮއްސުނު ފަހުންނެވެ. އެހެންވެ ވަރަށް ގިނަ ބަޔަކު އެތަނުން ވަނީ ގޮސްފައެވެ.

ރާއްޖެ އެންމެ ފުރަތަމަ ފަހަރު ސަރަހައްދުގެ ތައްޓާ އެކު އައުމުން ވަނީ އާދަޔާހިލާފު މަރުހަބާއެއް ވެސް ކިޔައިފައެވެ. ވީއައިޕީން ރައީސް މައުމޫން މަރުހަބާ ދެންނެވިއިރު އެއާޕޯޓުން މާލެ ގެނައީ ހާއްސަ އުޅަނދެއްގައެވެ. އަދި މާލޭ ރަސްމީ ފާލަމުން ކޮންމެ ކުޅުންތެރިޔަކަށް ވަކިވަކިން މަރުހަބާކީ އިރު މާލޭގެ ބޮޑުމަގުތަކުގައި ލޮރީ ބުރެއް ބޭއްވިއެވެ.

އެ ރަސްމިއްޔާތުތަށް ފަހު 2008 ގައި ޓީމަށް މަރުހަބާ ކިޔަން ސަރުކާރުން ހާއްސަ ރަސްމީ ޖަލްސާއެއް ދަރުބާރުގޭގައި ބޭއްވި އެވެ. މި ފަހަރު އަދި އެފަދަ ރަސްމީ އެއްވެސް ކަމެއް ނެތެވެ.

ގައުމީ ޓީމުގެ ކުޅުންތެރިން ބުނީ މާލެ އައި ދަތުރަށް ފަހު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި ކުޅިވަރާ ބެހޭ ވަޒީރު އިރުތިޝާމް އާދަމްއާ ވެސް ރަސްމީކޮށް ބައްދަލުނުވާ ކަމަށެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
15 ޖެނުއަރީ 2017

ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި
11 ޖެނުއަރީ 2017

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް
10 ޖެނުއަރީ 2017

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
06 ޖެނުއަރީ 2017

ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި

06 ޖެނުއަރީ 2017
ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
04 ޖެނުއަރީ 2017

ޓީމަށް ދިމާވީ ޓެކްނިކަލް ގޯސްތަކެއް، ދެން ފަހަރަކުން ގޯލްޑް ހޯދާނަން: ކޯޗު

04 ޖެނުއަރީ 2017
ޓީމަށް ދިމާވީ ޓެކްނިކަލް ގޯސްތަކެއް، ދެން ފަހަރަކުން ގޯލްޑް ހޯދާނަން: ކޯޗު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު