Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ބާރުތައް ބަދަލު ކުރުމުގެ މަރުހަލާ ހުއްޓާލުމަށް ޕީޕީއެމުން ގޮވާލައިފި

6 އޮކްޓޯބަރު 2018 | ހޮނިހިރު 05:39

އިންތިހާބާ ދެކޮޅަށް ޕީޕިއެމުން ވަނީ މުޒާހަރާއަށް ނުކުމެފައި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 6 އޮކްޓޯބަރު 2018 | ހޮނިހިރު 05:39
ޕީޕީއެމް އޮފީސް ކުރިމަތީގައި ކުރި މުޒާހަރާ: އިންތިހާބުގެ ނަތީޖާއާ ދެކޮޅަށް ސިލްސިލާ މުޒާހަރާތަކެއް ވަނީ ފަށާފައި

ޕީޕީއެމް އޮފީސް ކުރިމަތީގައި ކުރި މުޒާހަރާ: އިންތިހާބުގެ ނަތީޖާއާ ދެކޮޅަށް ސިލްސިލާ މުޒާހަރާތަކެއް ވަނީ ފަށާފައި

ވެރިކަމުގެ ބާރުތައް އާ ސަރުކާރާ ހަވާލު ކުރުމުގެ މަރުހަލާ ހުއްޓާލުމަށް ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމުން ގޮވާލައިފިއެވެ.

އެ ޕާޓީން އެގޮތަށް ގޮވާލާފައި ވަނީ ރިޔާސީ އިންތިހާބުގެ ނަތީޖާއާ ދެކޮޅަށް އެ ޕާޓީން ފަށާފައިވާ ސިލްސިލާ މުޒާހަރާތަކުގައި ހުކުރު ދުވަހުގެ ރޭ ބޭއްވި އެއްވުމުގައެވެ. އެއްވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒު އަލީ (މުއާ) ވިދާޅުވީ އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އަށް ވެރިކަމުގެ ބާރުތައް ހަވާލު ކުރުމަށް މިހާރު ފަށާފައިވާ މަސައްކަތްތައް ދައުލަތުގެ ވުޒާރާތަކުންނާއި މުއައްސަސާތަކުން ހުއްޓާލުމަށް ގޮވާލާ ކަމަށެވެ.

Advertisement - newsAdvertisement

އޭނާ އެގޮތަށް ވާހަކަ ދައްކަވާފައި ވަނީ ކޮންމެ ރެއަކު ހުށަހަޅަމުންދާ ކަމަށް ބުނާ ގަރާރުތަކުގެ ތެރެއިން، ހުކުރު ދުވަހުގެ ރޭ ހުށަހެޅުއްވި ގަރާރުގައެވެ.

"ސަރުކާރު ބަދަލުވުމުގެ މަރުހަލާ، މި ނަމުގައި މިހާރު ކުރިއަށް ގެންދާ އެންމެހާ މަސައްކަތްތައް، މިހާރުން މިހާރަށް ހުއްޓާލައި އެ މަސައްކަތަށް ދައުލަތުގެ އެއްވެސް މުއައްސާއަކުން އެއްބާރުލުން ނުދިނުމަށް އަޅުގަނޑުމެންގެ މި އިންސާފަށް ގޮވާލާ ގަރާރެއް ހުށަހެޅިން. ވަރަށް ބޮޑަށް ޝުކުރިއްޔާ ހުރިހާ ބޭފުޅުންގެ އިއްތިފާގުން މި ގަރާރު ފާސްވެއްޖެ،" ޕީޕީއެމްގެ ކައުންސިލްގެ މެމްބަރުކަން ވެސް ކުރައްވާ މުއާޒު ވިދާޅުވިއެވެ.

އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް ކޮންމެ ރެއަކު ޕީޕީއެމް އޮފީސް ކުރިމަތީގައި ކުރިއަށް ގެންދާ މުޒާހަރާތައް އަޑުގަދަ ކުރާ ބޭނުން ކޮށްގެން ރޭގަނޑު 11:00ގެ ފަހުން ވެސް ކުރިއަށް ގެންދެއެވެ. ނަމަވެސް ވޭތުވެދިޔަ މުއްދަތުގައި ގުޅިފައިވާ ޕާޓީތަކުން ކުރި ސިލްސިލާ މުޒާހަރާތައް ރޭގަނޑު 11:00 ޖެހުމާއެކު އިންޒާރަކާ ނުލައި ފުލުހުން ގެންދިޔައީ ރޫޅާލަމުންނެވެ. އަދި އަޑުގަދަ ކުރާގެ އަޑު ކަނޑާލަނީ ވެސް އިސްވެ، ފުލުހުންނެވެ.

ނަމަވެސް ޕީޕީއެމުން ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާއަށް ފުލުހުން ހުރަހެއް ނާޅާއެވެ. އަދި 11:00ގެ ފަހުން އަޑުގަދަ ކުރާގެ އަޑު ކަނޑާލަން ފުލުހުން ނާންގައެވެ.

މާލޭގައި މުޒާހަރާ ކުރުން މަނާ ކުރުމަށް ގާނޫނަށް އިސްލާހު ހުށަހެޅީ ވެސް ޕީޕީއެމުންނެވެ. އަދި ހިޔާލުފާޅު ކުރުމާއި އެއްވެ އުޅުން ހަނިކުރެވޭ ގޮތަށް ގާނޫނު ބަދަލުކޮށް، މާލޭގައި އެއްވެ އަޑުއުފުލޭނީ ކާނިވާ ސަރަހައްދުގައި އެކަނި ކަމަށް ވެސް ކަނޑައެޅީ ޕީޕީއެމްގެ ސަރުކާރުންނެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް